ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގު ކުރަން ފަށައިފި އެވެ.
11 ފެބުރުއަރީ 2024
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގު ކުރަން ފަށައިފި އެވެ.
ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓުގެ މައްސަލަ އަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށް ފަހު 60 ޕަސެންޓު ފްލެޓުތައް ދޫކޮށްފައި ހުރީ ގޯސްކޮށް ކަމަށް އެ ކޮމިޝަނުން ނިންމި އެވެ.
ބައެއް ފަރާތްތަކުން އޭސީސީގެ ނިންމުމާ މެދު ހިތްހަމަ ނުޖެހި ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލާގައި ގިނަ ބައެއްގެ ހައްގުތައް ގެއްލިގެންދާ ކަމަށް ބުނާ މައްސަލައެއް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.
އެ މައްސަލަ ބަލާނީ އިންސާނީ ހައްގުތަކުގެ ނަޒަރުން ކަން ހިނގާފައިވާ ގޮތަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން މިހާތަނަށް ހައުސިން މިނިސްޓްރީ އާ ބައްދަލު ކޮށްފައިވާ ކަމަށާއި ފްލެޓު ލިސްޓު ބާތިލުކޮށް އަލުން އިއުލާން ކުރުމުގެ ވިސްނުމެއް އެ މިނިސްޓްރީން ނުގެންގުޅޭ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.
އޭސީސީގެ ނިންމުންތަކާ ބެހޭ ގޮތުން އެޓާނީ ޖެނަރަލް އޮފީހުގެ ލަފަޔަކަށް ހައުސިން މިނިސްޓްރީން އެދިފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދިން ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.
ފްލެޓު މައްސަލައަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމަކަށް ވާތީ ވީހާ ވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ފްލެޓް މައްސަލާގައި އެޗްއާރުސީއެމުން ހައިދަރު އަަރިހަށް
ފްލެޓު ޕެޓިޝަނަށް ހަފުތާއެއް ވީއިރު ވެސް ޖަވާބެއް ނެތް
ތުޅާދޫ ހައުސިން ޔުނިޓު ދޫކުރަން މިނިސްޓްރީ ހަވާލުވެއްޖެ
ވަކި މަސައްކަތެއް ކުރާތީ ފްލެޓް ދިނުން އިންސާފުވެރި؟
ޝަރުތު ހަމަވި މީހުން ފްލެޓަށް އަލުން ކުރިމަތިލާން ޖެހޭ
ފްލެޓު ލިބޭނީ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވުމުން
އާ ފްލެޓާއި ގޯއްޗަށް ހުޅުވާލާނީ ޖެނުއަރީ 4 ގައި
މުއައްސަސާތަކާއި ސިފައިން އަދި ފުލުހުންނަށް ފްލެޓް ލިބޭ
ސިޔާސަތު ހާއްސަކުރީ ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް
ފްލެޓް ދޭން ގެދޮރުނެތް މީހުންނަށް އިސްކަންދެވޭނެ ގޮތެއް