ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން އާންމު ތަންތަނުގައި އެއްވެ އުޅުން މަނާކުރާ މާއްދާ އެއްކޮށް ދޫކޮށްލުމުގެ ވިސްނުމެއް ސަރުކާރުން މިހާރު ނުގެންގުޅޭ ކަމަށް ހޯމް އެންޑް ލޭންޑް ސެކިއުރިޓީ މިނިސްޓްރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
12 ފެބުރުއަރީ 2024
ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން އާންމު ތަންތަނުގައި އެއްވެ އުޅުން މަނާކުރާ މާއްދާ އެއްކޮށް ދޫކޮށްލުމުގެ ވިސްނުމެއް ސަރުކާރުން މިހާރު ނުގެންގުޅޭ ކަމަށް ހޯމް އެންޑް ލޭންޑް ސެކިއުރިޓީ މިނިސްޓްރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ އެއްވެ އުޅުމުގެ ގާނޫނު އެއްކޮށް ދޫކޮށްނުލާނެ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދަކީ އެ ގާނޫނުގެ ދަށުން ލުއިތަކެއް ދިނުން ކަމަށެވެ.
"ހަފުތާ14ގެ ތެރޭގައި ވަރަށް އަވަހަށް އިއުލާން ކުރާނަން އޭގެ ތެރެއިން ދޫކުރާނެ ލުއިތައް. އަޅުގަނޑުމެން މިހާރު ބަލަމުން މިދަނީ މިސާލަކަށް ހުއްދައެއް ނުނަގާ މާލެ ތެރޭގައި އެއްވާން މި އޮންނަނީ އެންމެ ތަނެއް، އޭގެ ބަދަލުގައި ފުލުހުންގެ ހުއްދަ ކުރިއާލައި ނުނަގާ އުޅެވޭނެ އިތުރު ތަންތަން އައިޑެންޓިފައި ކުރެވޭތޯ މި ދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު މިހެން ވިދާޅުވިއިރު މި މަހުގެ ފަސް ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައި ސުލަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އިސްލާހުކުރުމުގެ ބިލު އަވަހަށް ފާސްކޮށްދެއްވުމަށް މަޖިލީހުގައި އެދިވަޑައިގެންފައިވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެއްވެ އުޅުމުގެ ގާނޫނަށް 2016 ވަނަ އަހަރު މަޖިލީހުން ގެނައި އިސްލާހުގައިވާ ގޮތުން މާލޭގައި ފުލުހުންގެ ހުއްދަ ހޯދުމެއް ނެތި އެއްވެވޭނީ ސަރުކާރުން ކަނޑައަޅާ ތަންތަނުގައި އެކަންޏެވެ. ސަރުކާރުން ކަނޑައަޅާފައި ވަނީ ހުއްދަ ހޯދުމެއް ނެތި އެއްވެވޭނީ މާލޭގެ ކާނިވާ ސަރަހައްދަށް އެކަނި ކަމަށެވެ.
އެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އެއްވެ އުޅުމުގެ މިނިވަން ކަމަށް ވަރަށް ބޮޑަށް ހުރަސްއެޅޭތީ، އެ ގާނޫނު އުވާލުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް، އޮގަސްޓް 8، 2019 ގައި މަޖިލީހަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެ މާއްދާ އުވާލަން ހުށަހެޅުއްވި އިސްލާހުގެ މަސައްކަތް އަދިވެސް މަޖިލީހުން ނިންމާފައެއް ނުވެ އެވެ.
"ނަޒާހަތްތެރިކަން ވިއްކާ ނުލައި ކަރާމާތް ދަމަހައްޓާ"
ޔުމްނުގެ މައްސަލާގައި މިނިސްޓަރާ ސުވާލުކުރަން މަޖިލީހަށް
ޑްރަގް އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު
ސީޕީގެ މަގާމުގެ އިންޓަވިއު ނިންމައި މިނިސްޓަރަށް
ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ކުރީގެ ޕޮލިސް ކޮމިޝަނަރު ޝުޖާއު ރިޓަޔާކުރައްވައިފި
ނުފޫޒު އޮތްނަމަ ކުރީގެ ވެރިން ތިބޭނީ ޖަލުގައި:އިހުސާން
މިނިސްޓަރު އިހުސާން ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި
ގޭންގްތައް ކަނޑައެޅުން ކޮމިޓީއަށް ދޭ މާއްދާ އުނިކޮށްފި
ދޮގު ތުހުމަތުނުކޮށް މައްސަލަ ބަލަން ފައްޔާޒު އެދިއްޖެ