ހަށިގަނޑުގައި ދަގަނޑު ބެހިފައިވާ މިންވަރު ބެލޭނެ އެމްއާރުއައި ޓީ2 ސްޓާގެ ހިދުމަތް، ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ފަށައިފި އެވެ.
22 ފެބުރުއަރީ 2024
ހަށިގަނޑުގައި ދަގަނޑު ބެހިފައިވާ މިންވަރު ބެލޭނެ އެމްއާރުއައި ޓީ2 ސްޓާގެ ހިދުމަތް، ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ފަށައިފި އެވެ.
މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ އެ ހިދުމަތް ފައްޓަވައިދެއްވީ، ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ ޕްރިންސިޕަލް ސެކްރެޓަރީ އަބްދުﷲ ނާޒިމެވެ.
އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި އަލަށް ބެހެއްޓި އެ މެޝިނުގެ ސަބަބުން ތެލެސީމިއާ އަދި އެއާ ގުޅުންހުރި ބަލިތައް ރަނގަޅަށް ދެނެގަނެ، ފުރިހަމައަށް ފަރުވާދިނުމުގެ ގާބިލްކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް އެ ހިދުމަތް ލިބެން ނެތުމުން އެ ފަރުވާ ލިބޭނެ ހަމަޖެއްސުމަށް ސަރުކާރުން ބޮޑު ހަރަދެއް ކުރަންޖެހެ އެވެ. ނަމަވެސް، މި ހިދުމަތާއެކު، ސަރުކާރުން ކުރަންޖެހޭ ހަރަދު ކުޑަކުރެވިގެންދާނެ ކަމަށް ބުންޏެވެ.
MRI T2 Star service for Thalassemia patients has been officially launched at Hulhumale’ Hospital today. The service was inaugurated by Principal Secretary to the President on Public Policy Abdullah Nazim Ibrahim@HMH_mv @MBS_mv #Hafthaa14 pic.twitter.com/CuElYmQ8Jz
— Ministry of Health (@MoHmv) February 22, 2024
އެ ހިދުމަތާއެކު ތެލެސީމިއާ މީހުންނަށް ކޮންމެހެން ބޭނުންވާ ޑައިގްނޯސްޓިކް ޓެސްޓުތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރަން ނުޖެހި، ވަގުތުން އިންޓަވެންޝަންތައް ކަށަވަރުކޮށް، ސިއްހީ ނަތީޖާތައް ރަނގަޅުކުރެވިގެންދާނެ އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ ފުރިހަމަ ރިޕޯޓުތައް ފޯރުކޮށްދިނުމަށް މުވައްޒަފުން ތަމްރީންކުރުމާއި ގާބިލްކަން އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަން ފަށާނެ ކަމަށެވެ.
އެ މެޝިނުގެ ސަބަބުން ދަގަނޑު އޯވަލޯޑް ދެނެގަތުމުގެ އިތުރުން މޮނީޓާކުރުމުގެ ގާބިލްކަން ލިބިފައިވާ ޒަމާނީ އިމޭޖިން ޓެކްނޮލޮޖީގެ ހިދުމަތް ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ފަރުވާގެ ޕްލޭންތައް އެންމެ ފުރިހަމައަށް ހަދަން އެހީތެރިކަން ލިބޭނެ ކަމަށެވެ.
ތެލެސީމިއާ ދަފްތަރުގައި 659 މީހުން ރަޖިސްޓްރީވެފައިވެ އެވެ. ސަރުކާރުން ވަނީ ތެލެސީމިއާ ފަރުވާ ރަނގަޅުކުރުމަށް އެކަމަށް ހާއްސަ ހޮސްޕިޓަލެއް ވެސް ހުޅުމާލޭގައި ގާއިމްކުރަން ނިންމައިފަ އެވެ.
ތެލެސީމިއާއިން ސަަލާމަތްވެފައި އޮތީ އެންމެ އަތޮޅެއް
ހޮސްޕިޓަލުން ޒާތީ މައުލޫމާތު އާއްމުކުރި މައްސަލަ ބަލަނީ
ބޭހުގެ ބިލަށް އެސްޓީއޯއަށް 1 ބިލިއަން ނުލިބި އެބަހުރި
ހުޅުމާލޭ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކޮށްފި
ލޭ ހަދިޔާކުރުމަކީ އުފަލަކަށް ވާން ޖެހޭ: ނައިބު ރައީސް
ތެލެސީމިއާ ހޮސްޕިޓަލު އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި
3ޕަސެންޓް މީހުން ލޭ ދޭ ނަމަ ބޭނުންވާ ވަރަށް ހުންނާނެ
ރާއްޖޭގައި ކްރޮސްމެޗު ޓެސްޓު ސާމްޕަލް ނެގޭގޮތް ހަދައިފި
އަހަރަކު 10 ކުދިންގެ ބޯންމެރޯ ހަދައިދޭން ސޮއިކޮށްފި
ތެލެސީމިއާގެ ފަރުވާއަށް ހާއްސަ ބޮޑު ހޮސްޕިޓަލެއް