ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ މަސްނޫއީ އަތާއި ފައި ހަދައިދޭ ލެބްގައި އެ ހިދުމަތް ހުއްޓިއްޖެ އެވެ.
26 ނޮވެމްބަރ 2025
ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ މަސްނޫއީ އަތާއި ފައި ހަދައިދޭ ލެބްގައި އެ ހިދުމަތް ހުއްޓިއްޖެ އެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ގާއިމްކުރި ޕްރޮސްތެޓިކް ލެބް ހުޅުވީ އޮގަސްޓް 9، 2023 ގަ އެވެ. ނަމަވެސް، އެ ހިދުމަތް ދިނުމަށް އެންމެ މުހިއްމު ޓެކްނީޝަން އަނބުރާ ގައުމަށް ދިއުމުން އެކަން ވަނީ ހުއްޓިފަ އެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޕްރޮސްތެޓިކް ޓެކްނީޝަންގެ މަގާމު ހުސްވެ، ހިދުމަތް ހުއްޓުނުތާ އަށް މަސް ދުވަސްވެއްޖެ ކަމަށެވެ. އަދި އެ ވަޒީފާއަށް މީހަކު ހޯދަން މަސައްކަތްކުރި ނަމަވެސް އެކި ގޮންޖެހުންތައް ދިމާވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޕްރޮސްތެޓިކްސްއަކީ އަތާއި ފައިގެ އުނިކަމެއް ދިމާވެފައިވާ މީހުންނަށް ހަދައިދޭ އަތާއި ފަޔެވެ.
އެ ހިދުމަތް ނުލިބުނަސް، އެ ލެބްގައި ތެރަޕީގެ ފަރުވާތައް ލިބޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ހިދުމަތްތައް އެއްކޮށެއް ނުހުއްޓޭ. ތެރަޕީގެ ހިދުމަތްތައް އެބަދޭ. އެކަމަކު މައިގަނޑު ކަމަކީ ޕްރޮސްތެޓިކްގެ ހިދުމަތަށް ވިޔަސް، އެކަމެއް މިވަގުތު ނުވޭ،" ހުޅުމާލޭ ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސްނޫއީ އަތާއި ފައި ހެދުމަށް މިހާރު ފޮނުވަން ޖެހެނީ ރާއްޖެއިން ބޭރަށް ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލުން މީގެކުރިން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުން ހިދުމަތް ހޯދާ 18 އަހަރުން ދަށުގެ 480 އަށް ވުރެ ގިނަ ކުދިންގެ ތެރޭގައި ވެސް މަސްނޫއީ އަތާއި ފައި އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ހާއްސަ ބޫޓު ބޭނުންވާ ކުދިން އެބަ ތިއްބެވެ.
ހުޅުމާލޭ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކޮށްފި
ހުޅުމާލޭ ހޮސްޕިޓަލުން އައިސީޔޫއާއެކު ހިދުމަތް ފުޅާކުރަނީ
ހުޅުމާލޭ ހޮސްޕިޓަލުގައި ވެންޓިލޭޓަރެއް ނެތް!
އާ ސެންޓަރުން އަންނަ ހޮނިހިރު ދުވަހު ހިދުމަތް ފަށަނީ
ތެލެސީމިއާ ސެންޓަރަށް ހަފުތާއަކު 220ޕެކް ލޭ ބޭނުންވޭ
ހެލްތު ސެންޓަރުތަކަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސަނީ
އައްޑޫ ހޮސްޕިޓަލްގެ ކެތުލެބު ހިންގަން 7 ފަރާތެއް
ބ.އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް އެޅުން އާރުޑީސީއަށް
ހުޅުމާލެ ހޮސްޕިޓަލްގެ ޑައިލިސިސް އާ ސެންޓަރު ހުޅުވައިފި
ނަފްސާނީ ބަލީގެ ހޮސްޕިޓަލް ގަމުގައި އަޅަން ފަށަނީ