Roadha Mihaaru
ޑީޓީޓީބީއަށް ޖަޕާނުން އިތުރު 3.5 މިލިއަން ޑޮލަރު

ޑިޖިޓަލް ބްރޯޑްކާސްޓިން ނެޓްވާކަށް ޖަޕާނުން އިތުރު 3.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ

22 ފެބުރުއަރީ 2024

ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޒަން ބްރޯޑްކާސްޓިން ނެޓްވާކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ޖަޕާނު ސަރުކާރުން އިތުރު 3.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފި އެވެ.

ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޒަން ބްރޯޑްކާސްޓިން ނެޓްވާކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ޖަޕާނު ސަރުކާރުން އިތުރު 3.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ އެހީ ދިނުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަކޭޗީ މިޑޯރީ އެވެ.

ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި 2022 ވަނަ އަހަރު އަމަލީ މަސައްކަތް ފެށުނު ގާތްގަނޑަކަށް 25 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން ރާއްޖޭގައި ޑިޓިޓަލް ޓީވީ ނެޓްވާކެއް ގާއިމްކުރެވޭނެ އެވެ.

މިއަހަރުގެ ތެރޭގައި ނިންމުމަށް މަސައްކަތްކުރަމުންދާ މި މަޝްރޫއު ނިމޭ އިރު ހައި ޑެފިނިޝަން ކޮލިޓީގައި ލޯކަލް އަށް ޗެނަލް މުޅިން ހިލޭ، ރާއްޖޭގެ އާބާދީގެ 90 ޕަސަންޓު ސަރަހައްދަށް ފޯރުކޮށްދެވޭނެ އެވެ.

ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިން ނެޓްވާކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ޖަޕާނު ސަރުކާރުން އިތުރު 3.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއި ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވާހަކަ ދައްކަވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ

މި ބްރޯޑްކާސްޓިން ނެޓްވާކަކީ ވަރަށް ގިނަ، ތަފާތު ހިދުމަތްތަކެއް ފޯރުކޮށްދޭ ވިއުގައެކެވެ. މީގެ އެންމެ މުހިންމު ކަމަކީ މި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ގުދުރަތީ ކާރިސާއެއް ދިމާވާ ހާލަތެއްގައި ދުރާލާ އިންޒާރުދޭ ނިޒާމެއް ގާއިމްކުރެވިގެން ދިޔުމެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޒަމީރު ވަނީ ރާއްޖޭގެ އިޖުތިމާއި އަދި އިގުތިސޯދީ ތަރައްގީގައި މި މަޝްރޫއުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ.

އަދި ރާއްޖޭގެ ތަރައްގީގައި ޒަމާނުއްސުރެ ޖަޕާނު ސަރުކާރުން ދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، އެ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ޔަގީންކަން ދެއްވައިފަ އެވެ.