Roadha Mihaaru
މާލޭ ބޭރުތޮށި މަރާމާތުކުރަން ޖަޕާނުން 140000ޑޮލަރު

މާލޭގެ ބޭރު ތޮށި މަރާމާތުކުރަން ޖަޕާނުން 140،000 ޑޮލަރު ހަދިޔާކޮށްފި

17 ސެޕްޓެމްބަރ 2024

މީގެ އެތައް އަހަރެއް ކުރިން ޖަޕާނުން މާލެ ވަށައިގެންލާފައިވާ އެއްގަމު ތޮށި ވަރަށް ބޮޑަށް ހަލާކުވެ، އެތަން މަރާމާތުކުރުމަށް އެ ގައުމުން 140،000 ޑޮލަރު (2.1 މިލިއަން ރުފިޔާ) ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މީގެ އެތައް އަހަރެއް ކުރިން ޖަޕާނުން މާލެ ވަށައިގެންލާފައިވާ އެއްގަމު ތޮށި ވަރަށް ބޮޑަށް ހަލާކުވެ، އެތަން މަރާމާތުކުރުމަށް އެ ގައުމުން 140،000 ޑޮލަރު (2.1 މިލިއަން ރުފިޔާ) ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި "ޑިޒާސްޓާ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" ކިޔާ މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓަރު މޫސާ ޒަމީރު ސޮއިކުރައްވާފައިވާ ކަމަށެވެ. އެ އެއްބަސްވުމުގައި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި އެވެ.

މިނިސްޓްރީން ބުނިގޮތުގައި ޖަޕާން ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާނު ސަރުކާރުން ވަނީ 20 މިލިއަން ޖަޕަނިސް ޔެން (140،000 އެމެރިކާ ޑޮލަރު) ދޭން ނިންމައިފަ އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުއަކީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމާ ގުޅުންހުރި ކާރިސާތަކުގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރުމަށް މުހިއްމު މަޝްރޫއުއެއް ކަމަށެވެ. އަދި އެއީ އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ރައްކާތެރިކަން ފޯރުކޮށްދެވޭނެ މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ ބޭރު ތޮށި މަރާމާތުކުރަން ޖަޕާނުން އެހީވިއިރު، އެ ތޮއްޓަކީ މީގެ 37 އަހަރު ކުރިން މާލެއަށް ބޮޑު ރާޅު އަރައި، ބޮޑެތި ގެއްލުންތަކެއްވެފައި ވަނިކޮށް 1990 ވަނަ އަހަރު ޖަޕާނުގެ ސަރުކާރުގެ އެހީގައި ލާފައިވާ ތޮއްޓެކެވެ. އެ ތޮށި ލާފައިވަނީ 1990 ވަނަ

މިނިސްޓަރު ޒަމީރު ވެސް ވަނީ 2004 ވަނަ އަހަރު ކުރިމަތިވި ބޮޑު ސުނާމީ ކާރިސާއިން މާލެ އާއި މާލޭގައި އުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް މި ތޮށީގެ މުހިންމު ކަން ފާހަގަ ކުރައްވައިފަ އެވެ. އެހެންވެ، މިނިސްޓަރު ވަނީ ޖަޕާނުގެ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ދޭ އެހީތަކަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

އެއްގަމު ތޮށީގެ މަރާމާތަށް ޖަޕާނުން އެހީ ދޭން ނިންމިއިރު، އެއްގަމު ތޮށި އަޕްގްރޭޑްކުރުމަށް ސާވޭތަކެއް ކުރަން ޕްލޭނިން މިނިސްޓްރީން 2022 ވަނަ އަހަރު ޖަޕާނާ އެކު އެއްބަސްވުމެއްގައި ސޮއި ވެސް ކުރި އެވެ. ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާ އެކު ސޮއިކުރި އެ އެއްބަސްވުމުގެ ބޭނުމަކީ މާލޭގެ އެއްގަމު ތޮއްޓާއި މާލޭގެ ފެން ހިންދާ ނިޒާމު އަޕްގްރޭޑްކުރަން ސާވޭތަކެއް ކުރުން ކަމަށް އޭރު މިނިސްޓްރީން ބުނެފައިވެ އެވެ.

ބޭރު ތޮއްޓަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވަނިކޮށް އެތަން މަރާމާތު ކުރަން ތައްޔާރުވެފައި ވާއިރު، މީގެ ކުރިން ސަރުކާރުގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް މާލޭގެ ކަނޑު ތޮއްޓަށް ބޮޑެތި ބަދަލުތައް ގެނަ އެވެ. ރަސްފަންނު ހެދިއިރު އެ ސަރަހައްދުގެ ކަނޑު ތޮށީގައިވާ ގެރިގާތައް ނަގައި، އޭގެ ބަދަލުގައި ބޮޑު ހިލަ ޖަހައިގެން ކުރިއަށް ވުރެ ބޭރަށް ތޮށި ބަދަލުކުރި އެވެ. އަދި އިންޑަސްޓްރިއަލް ވިލެޖް ހެދުމަށް ވެސް އެ ސަރަހައްދު ހިއްކުމަށްފަހު، ކަނޑު ތޮށި ބޭރަށް ޖެއްސި އެވެ.

އޭރު ބޭރު ތޮށީގެ ގާތައް ނަގާފައި ވަނީ ލިބޭނެ ގެއްލުމުގެ ދިރާސާއެއް ނުހަދާ ކަމަށް ވާތީ ތިމާވެށްޓަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބުނެ ތިމާވެށްޓާބެހޭ ތަޖުރިބާކާރުން އޭރު ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.