ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ޖުމްލަ އަދަދުގެ 33 ޕަސެންޓު ގޮނޑި އަންހެނުންނަށް ހާއްސަކުރުމަށްޓަކައި ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ހުށަހަޅައގި އެވެ.
01 މާޗް 2024
ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ޖުމްލަ އަދަދުގެ 33 ޕަސެންޓު ގޮނޑި އަންހެނުންނަށް ހާއްސަކުރުމަށްޓަކައި ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ހުށަހަޅައގި އެވެ.
އެ އިސްލާހު ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ އަަންހެނުންގެ ރޫހުގެ ރައީސާ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.
ބިލްގައި ވަނީ، އެ 33 ޕަސެންޓު ގޮނޑި އަންހެނުންނަށް ހާއްސަކުރާ ދާއިރާތައް ކަނޑައަޅާނީ ގުރުއަތު ލައިގެން ކަމަށާއި އެކަން ކުރަން ޖެހޭނީ ހަމަހަމަ އުސޫލަކުން ކަމަށެވެ.
އެ ތަރުތީބުން ހުރިހާ ދާއިރާއެއްގައި އަންހެނުން ތަމްސީލްކޮށް ނިމުމުން، އިތުރު ގޮތެއް މަޖިލީހުން ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް ބިލްގައި ބަޔާންކޮށްފައި ވެ އެވެ.
ބިލްގެ މަގުސަދަކީ ރައްޔިތުންގެ މަސްލަހަތާއި ގައުމުގެ މަސްލަހަތު ހުރި ކަންކަން ނިންމުމުގައި އަންހެނުންގެ ބަސް އިތުރުކުރުމާއި ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތު ހޯދައިދީ ނިސްބަތް އިތުރުކުރުން ކަމަށް ބުންޏެވެ.
32 އަންހެނުން: ކާމިޔާބުވީ އެންމެ ކެންޑިޑޭޓަކަށް!
ޖީހާން ދެއްވި ހިތްވަރު: ބިރުދައްކާނެ، ފަސްނުޖެހޭތި!
މިއީ ފިސާރި އަންހެންވެރިން އުފައްދަންވީ ދުވަސް:ރޮޒައިނާ
މަޖިލިހުގެ ރައީސް ކަމަށް ރަނގަޅު ވާނީ ކޮން ބޭފުޅެއް؟
ދިވެހި އަންހެނުންނާއި ފިރިހެނުންގެ މަޖިލީސް
އަންހެނުން ހިމޭނުން ތިބުން ނިންމާލަން ވެއްޖެ: ޖަމީލް
އަންހެނުންނަށް ކޯޓާ ނުދޭން ތާއަބަދު ބަހަނާ
މަޖިލީހުގެ އިދާރާއަށް އަންހެން ސެކިއުރިޓީން ހޯދަނީ
އަންހެނުންގެ ދައުރު މަޖިލީހުގައި ބޮޑުކުރަންޖެހޭ: ގާސިމް
ޕެޑުން ޓެކްސް ނެގުން އުވާލަން މަޖިލީހުން ފާސްކޮށްފި