މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބުރްކިނާ ފާސޯގެ އުތުރުގެ ތިން ރަށެއްގައި ހިންގި ހަމަނުޖެހުންތަކުގައި ގާތްގަނޑަކަށް 170 މީހުން ގަތުލްކޮށްފައިވާ ކަމަށް އެތަނުގެ ޕަބްލިކް ޕްރޮސެކިއުޓަރަކު އާދީއްތަ ދުވަހު ބުނެފި އެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބުރްކިނާ ފާސޯގެ އުތުރުގެ ތިން ރަށެއްގައި ހިންގި ހަމަނުޖެހުންތަކުގައި ގާތްގަނޑަކަށް 170 މީހުން ގަތުލްކޮށްފައިވާ ކަމަށް އެތަނުގެ ޕަބްލިކް ޕްރޮސެކިއުޓަރަކު އާދީއްތަ ދުވަހު ބުނެފި އެވެ.
އަލީ ބެންޖަމިން ކުލިބަލީ ވިދާޅުވީ މިދިޔަ މަހު 25 ވަނަ ދުވަހު ޔަޓެންގާ ޕްރޮވިންސްގެ ކޮމްސިލްގާ، ނޮޑިން އަދި ސޮރޯއީގެ އަވަށްތަކުގައި ދިން ހަމަލާތަކުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށާއި، މި ހަމަލާތަކުގައި 170 މީހުން މަރާލާފައިވާ ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި ހަމަލާތަކުގައި ބައެއް މީހުން ޒަޚަމްވެ މާއްދީ ގެއްލުންތަކެއް ލިބިފައިވާ ކަމަށް މިކަމާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެ ހަމަލާތަކުން ސަލާމަތްވި މީހުން އޭއެފްޕީއަށް ބުނި ގޮތުގައި މަރާލި މީހުންގެ ތެރޭގައި ދިހަވަރަކަށް އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ.
މިއީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބުރްކިނާ ފާސޯގެ އުތުރުގެ މިސްކިތަކާއި ފައްޅިއެއްގައި ހިނގި މަރުގެ ހާދިސާތަކާ ގުޅުމެއް ނެތް ހަމަލާތަކެއް ކަމަށް ސަލާމަތީ ބާރުތަކުން ބުނެފައިވެ އެވެ. އެ ހަމަލާތަކުގައި މަރުވި މީހުންގެ ރަސްމީ އަދަދެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެ އެވެ.
ބުރްކިނާ ފާސޯގައި ދަނީ 2015 ވަނަ އަހަރު، އަވަށްޓެރި މާލީން އެތަނަށް ދިޔަ އަލްގައިދާ އާއި އިސްލާމިކް ސްޓޭޓާ ގުޅުން ހުރި ހަނގުރާމަވެރިންގެ ހަމަލާތަކާ ހެދި ބޮޑެތި ލޭއޮހޮރުވުންތައް ހިނގަމުންނެވެ. މި އަނިޔާވެރި އަމަލުތަކުގެ ސަބަބުން ގާތްގަނޑަކަށް 20،000 މީހުން މަރުވެ، ދެ މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވާ ކަމަށްވެ އެވެ.
ގައުމުގައި އަމާންކަން ގާއިމު ނުކުރެވުމުގެ ސަބަބުން ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކާ އެކު 2022 ވަނަ އަހަރު އަސްކަރީ ދެ ބަޣާވާތެއްގައި ވެސް ގެނެސްފައިވެ އެވެ. މިހާރުގެ ރައީސް އިބްރާހިމް ޓްރައޯރޭ ވަނީ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ކުރާ ހަނގުރާމައަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. -- އޭއެފްޕީ
އުދައްޔުގެ މަރު:ސަލާމަތްވި މީހާގެ މައްސަލަ ހައި ކޯޓަށް
އަސީލް މަރާލި މައްސަލަ އަލުން ބަލަން އަންގައިފި
އަބްދުއްރަހްމާން މަރާލި ކަމަށް ތިން މީހަކަށް ދައުވާ
އަދުހަމް މަރަން ކުރި ހުކުމް ކަށަވަރުކުރަން ހައި ކޯޓަށް
ގާޒީ ފާއިޒްގެ ނިންމުން ބަދަލުކޮށް، ލަމްހާ ބަންދަށް
ޝެފަކު މަރާލި މައްސަލާގައި ދައުލަތުން ހައި ކޯޓަށް
ލަންކާގެ އެންމެ ނުރައްކާ އަންހެން މީހާ ހައްޔަރުކޮށްފި
މާޅޮހު މަރުގެ މައްސަލަ ޕީޖީއަށް ފޮނުވަން ތައްޔާރުވަނީ
އާޝިދުގެ ބަންދަށް އަނެއްކާ ވެސް 30 ދުވަސް
އުދައްޔުގެ މަރު: ދެ މީހުން މެރުމަށް ހުކުމްކޮށްފި