މިދިޔަ ޖުލައި 12 ވަނަ ދުވަހުގެ ރޭ އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގެ ތުހުމަތަށް ހައްޔަރު ކޮށްފައިވާ މީހުންނަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
07 އޮކްޓޯބަރ 2025
މިދިޔަ ޖުލައި 12 ވަނަ ދުވަހުގެ ރޭ އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގެ ތުހުމަތަށް ހައްޔަރު ކޮށްފައިވާ މީހުންނަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން މަރާލި މައްސަލައިގެ ތުހުމަތަށް މިދިޔަ އޮގަސްޓު މަހުން ޒުވާނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ:
1- މުހައްމަދު ވިޝާމް، 22 އަހަރު (ލިލީފެހި، މާޅޮސް)
2- އަހުމަދު ފާރިސް، 27 އަހަރު (ފިނިވާގެ، މާޅޮސް)
3- އަހުމަދު އާޝިދު، 27 އަހަރު (ފިޔަ، މާޅޮސް)
އޭގެ ތެރެއިން އާޝިދު ހައްޔަރުކުރީ މާލެއިންނެވެ. ވިޝާމާއި ފާރިސް ހައްޔަރުކުރީ މާޅޮހުންނެވެ.
މިދިޔަ އޮގަސްޓް މަހު 21 ގައި އެ ތިން މީހުން ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ވަނީ އޭގެ ތެރެއިން ވިޝާމާއި ފާރިޝް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކޮށްފަ އެވެ. އަދި އާޝިދުގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން އިތުރުކޮށް، މި ފަހުން ވަނީ 30 ދުވަސް ޖަހައިފަ އެވެ.
އެ މައްސަލައާ ގުޅިގެން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް މިއަދު ވިދާޅުވީ އަބްދުއްރަހުމާންގެ މަރުގެ މައްސަލާގައި ޕީޖީއާ މަޝްވަރާ ކޮށްފައިވާ ކަމަށާއި މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
އަބްދުއްރަހުމާން މަރުވީ، އޭނާގެ އަންހެނުން ނާޒިމާ އިބްރާހީމްގެ ގެ މާހިޔައިގައި ނިދާފައި އޮއްވައި ދިން ހަމަލަތަކާ ގުޅިގެން މާޅޮހުގެ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެނިކޮށް ޖުލައި 12 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި ފެނިގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އެ ދުވަހުގެ ރޭ ދަންވަރު 1:50 ހާއިރު އެވެ.
އަބްދުއްރަހްމާނުގެ މަރުގެ ތަހުގީގަށް ބައެއް ސާމާނު ފުލުހުން ގެންދަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މާޅޮހު، އޯކިޑްމާގޭ އަބްދުއްރަހުމާނަށް ދިން ހަމަލައިގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ގެ ފާސްކޮށް، އެކެއްގެ އަންނައުނު ވަނީ މިދިޔަ މަހުގެ ކުރީކޮޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ
ވަޒީފާތަކުގައި އުޅޭ އެ ތިން މީހުން، އަބްދުއްރަހުމާނަށް ހަމަލަދިން ރޭ ދަންވަރު ރަށުތެރޭގައި ހޭލާ އުޅުނު ކަމަށް ވެ އެވެ. ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެކަކު، އަބްދުއްރަހުމާނަށް ހަމަލަދިން ކަން މާޅޮހުގެ މީހުންނަށް ނޭނގެނީސް ނުވަތަ ރަށުތެރެ އަށް ނުފެތުރެނީސް އާއިލާގެ މީހަކަށް ގުޅައިގެން އެ ވާހަކަ ދެއްކި ކަމަށް އެނގިފައި ވެ އެވެ.
އއ. މާޅޮހުގައި ނިދާފައި އޮއްވައި ހަމަލާ ދިނުމުން މަރުވި އަބްދުއްރަހްމާން އާދަމް.
އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާ އިބްރާހިމްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެއް ކަމަކު ފަހުން އެ ވެސް އޭނާއާ ހަވާލުކުރި އެވެ.
އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާ "މިހާރު" އަށް ބުނެފައިވާ ގޮތުގައި ފިރިމީހާ އަށް ހަމަލަދީފައި އޮއްވައި ފެނުނީ ފިރިމީހާ ނިދާފައި އޮތް ކޮޓަރިއަށް ފާހާނާއަކަށް ދިޔަ ވަގުތު އެވެ. އެއީ އެ ރޭގެ ދަންވަރު އެކެއް ޖަހާކަން ހާއިރެވެ. ހަމަލާ އަމާޒުކުރި ވަގުތު އެ ގޭގައި އުޅުނީ އަބްދުއްރަހުމާންގެ ދެމަފިރިން އެކަންޏެވެ. އެ މީހުންގެ ތިން ކުދިން ވެސް ތިބީ އޭރު މާލެގަ އެވެ.
އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި އެ ގެ އަށް ދިޔަ ބައެއް މީހުން ކިޔައިދިން ގޮތުގައި ކޮޓަރީގެ ސީލިންއާ ހަމައަށް ލޭތައް ބުރައިގެން ގޮސްފައި ހުއްޓެވެ.
އަބްދުއްރަހުމާންގެ މަރަށް އެއް މަސް، ކުރިއެރުންތަކެއް
އަބްދުއްރަހުމާންގެ މަރު: އޮޓޮޕްސީ ހަދަން އިންޑިއާއަށް
އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް
އަބްދުއްރަހުމާނަށް ހަމަލާދިންކަން ނޭނގެނީސް ކޯލެއް!
އަބްދުއްރަހުމާންގެ މަރު: ތިން މީހަކު ހައްޔަރުކޮށްފި
އަބްދުއްރަހުމާންގެ އަންހެނުންގެ ފޯނު ހިފަހައްޓައިފި
ރަށަށް ބަޔަކު އަރައި މަރާލީ ކަމުގެ ޝައްކު ބޮޑުވެއްޖެ!
މިރަށުން ކުރާ ޒާތުގެ ކަމެއް ނޫން، ސަބަބެއް ވެސް ނެތް
އަންހެނުންނަށް ފެނުނީ އަބްދުއްރަހްމާން މަރަށް ތެޅެނިކޮށް
ވިޝާމް، ފާރިސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި