Roadha Mihaaru
ދޮންއަދަރާދަ ހިނގުން ރޯދައިގެ ކުރިން ހުޅުވާލަނީ

ދޮންއަދަރާދަ ހިނގުން ރޯދައިގެ ކުރިން ހުޅުވާލަނީ

04 މާޗް 2024

ސްޓެލްކޯއާ ޖެހިގެން އޮންނަ ދޮންއަދަރާދަ ހިނގުމުގެ ބޮޑުބައި އެއްކޮށް ނިންމައި، ރޯދައިގެ ކުރިން ހުޅުވާލަން ތައްޔާރުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސްޓެލްކޯއާ ޖެހިގެން އޮންނަ ދޮންއަދަރާދަ ހިނގުމުގެ ބޮޑުބައި އެއްކޮށް ނިންމައި، ރޯދައިގެ ކުރިން ހުޅުވާލަން ތައްޔާރުވެއްޖެ އެވެ.

ސްޓެލްކޯގެ ބިމާ އިންވެގެން އޮންނަ ދޮންއަދަރާދަ ހިނގުން ބަންދުކޮށް އެ މަގަށްވާ ގޮތަށް އިންޖީނުގެއެއް ހެދީ 2010 ވަނަ އަަހަރު ގަ އެވެ. އެ މަގުގައި އޭރު ހުރީ މާލޭގެ ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ބަހައްޓާފައި ހުރި އިތުރު ޖެނަރޭޓަރެކެވެ.

އެ މަގުގެ މަސައްކަތް ގޮސްފައިވާ ހިސާބު މިއަދު ވަނީ ނޫސްވެރިންނަށް ދައްކާލައިފަ އެވެ. މަގުގެ އެއް ފަރާތުގައި ބޯގަންވިލާ ގަސް އިންދާފައި ހުރިއިރު ލައިޓު ޖަހައި ގާ ވެސް ހުރީ އަތުރައިފަ އެވެ.

ދޮންއަދަރާދަ ހިނގުމުގެ މަސައްކަތް ނިންމައި ރޯދައިގެ ކުރިން ހުޅުވާލާނެ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ދޮންއަދަރާދަ ހިނގުމުގެ މަސައްކަތް ނިންމައި ރޯދައިގެ ކުރިން ހުޅުވާލާނެ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ މަގު ހެދުމުން ފަޔާ އިންޖީނު ފަދަ ބޮޑެތި އުޅަނދުތަކަށް ވެސް ދަތިކަމެއް ނެތި އެ މަގުން ދަތުރުކުރެވޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.