Roadha Mihaaru
މަގުކޮނުމުގެ ފީ ބޮޑުކުރި މައްސަލަ ހައިކޯޓުން ބޭރުކޮށްފި

މަގު ކޮނުމުގެ ފީ ބޮޑުކުރި މައްސަލައަކީ ދުސްތޫރީ މައްސަލައަކަށް ނުވާތީ ހައި ކޯޓުން ބޭރުކޮށްލައިފި

21 އޯގަސްޓް 2023

މާލޭ މަގު ކޮނުމުގެ ފީ ބޮޑުކުރަން މާލޭ ސިޓީ ކައުންސިލުން ހެދި އުސޫލުތަކުގެ މައްސަލައަކީ ދުސްތޫރީ މައްސަލައަކަށް ނުވާތީ އެ މައްސަލަ ހައި ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭ މަގު ކޮނުމުގެ ފީ ބޮޑުކުރަން މާލޭ ސިޓީ ކައުންސިލުން ހެދި އުސޫލުތަކުގެ މައްސަލައަކީ ދުސްތޫރީ މައްސަލައަކަށް ނުވާތީ އެ މައްސަލަ ހައި ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

މަގު ކޮނުމުގެ ފީ 150 ޕަސެންޓް ބޮޑުކުރަން ސިޓީ ކައުންސިލުން ނިންމައި، އެކަމަށްޓަކައި ހެދި އުސޫލު ބާތިލްކުރަން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައި ކޯޓަށް މައްސަލަ ހުށަހެޅީ ސްޓެލްކޯއިންނެވެ.

ހައި ކޯޓުން މިއަދު ކުރި ނިންމި އިޖްރާއީ ނިންމުމުގައިވަނީ ހުކުމުގައިވަނީ އެ މައްސަލާގައި ހިމެނެނީ އުސޫލެއްގެ މައްސަލަ ކަމަށް ވާއިރު، އުސޫލުތައް ބާތިލްކުރުމުގެ މައްސަލަތަކަކީ ދުސްތޫރީ މައްސަލަތަކުގެ މާނައިގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް އެ ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. އަދި އެ ކޯޓުގެ ކުރީގެ ނިންމުންތައް ހުރިގޮތުން، ދުސްތޫރީ މައްސަލައަކަށް ވާނީ ގާނޫނެއް ނުވަތަ ގާނޫނީ ބާރު ލިބިފައިވާ ގަވާއިދެއް ދަށުން ހަދާފައިވާ އުސޫލެއްގެ މައްސަލައެއް ނަމަ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ސިޓީ ކައުންސިލުން ހެދި އުސޫލަކީ ލާ މަރުކަޒީ ގާނޫނުގެ ދަށުން ހެދި އުސޫލުތަކެއް އެ އުސޫލުތަކުގައި ކަމަށް ބުނެފައި ވިޔަސް، އެއީ އެ ގާނޫނުގެ ދަށުން ނުވަތަ އެހެން ގަވާއިދެއްގެ ދަށުން ބާރު ލިބިގެން ހަދާފައިވާ އުސޫލުތަކެއް ނޫން ކަމަށެވެ.

އެހެންވެ، އެއީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައި ކޯޓުން ބެލޭނެ ބާވަތުގެ މައްސަލައެއް ނޫން ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

ފަނޑިޔާރު މުހައްމަދު ސަލީމް ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހުސައިން މަޒީދުގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އެވެ.