ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހުޅުމާލެއިން ނުހައްގުން ދޫކުރި ވަގުތީ 50 ބިން އަތުލާނެ ކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
07 މާޗް 2024
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހުޅުމާލެއިން ނުހައްގުން ދޫކުރި ވަގުތީ 50 ބިން އަތުލާނެ ކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރައްވަން ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި، ވ. ފުލިދޫގައި ބޭއްވި ޖަލްސާގައި ފަޒުލް ރޭ ވިދާޅުވީ ހުޅުމާލެއިން ދޫކުރި ބިންތަކާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް ހުރުމުން، އެކަން ބެއްލެވި ކަމަށެވެ
އެޗްޑީސީން ހޯދި މައުލޫމާތުން، ނުހައްގުން 50 ބިން ކުންފުނިތަކަށް ދޫކޮށްފައިވާ ކަން އެނގެން އޮތް ކަމަށް ވިދާޅުވި އެވެ.
"ފަންސާހަކަށް ބިން ހުޅުމާލޭގެ ފޭސް އެކަކުން، ފޭސް ދެއަކުން، ފޭސް ތިނަކުން ދިނީ ނުހައްގުންކަން އަޅުގަނޑު ތަކުރާރުކޮށް ދަންނަވާލަން. މި ކުރެވޭ މަަސައްކަތުގައި ރައްޔިތުންގެ މުދާ ރައްޔިތުންނަށް އަނބުރާ ނަގައިދޭނަން އަޅުގަނޑުމެން،" ފަޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނުގަވައިދުން ދޫކުރި ބިންތައް ނަގާނީ ގަވައިދުގެ ތެރެއިން އެކަން ކުރަން އޮންނަ އުސޫލުންނެވެ.
"އެކި އެކި ފަރާތްތަކަށް ދީފައި ހުރި ބިންތައް އަޅުގަނޑުމެން އަތުލުމުގެ މަސައްކަތްކުރާނަން. އެ މީހުންގެ ހައްގުތައް ކަށަވަރުކުރާނަން. ނަމަވެސް ގަވާއިދާ ހިލާފަށް ދެވިފައި ހުރި ބިމެއް ވިއްޔާ އެކަންކަން އަޅުގަނޑުމެން ތަރުތީބުކުރާނީ ގަވައިދުގެ ތެރެއިން،" ފަޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނުހައްގުން ބިން ދޫކުރި ވާހަކަ މީގެ ކުރިން އޭނާ ދައްކަވާފައިވާތީ އެކަމާ ގުޅިގެން ޕްރެޝަރު އަ އެވެ. އެކަމަކު ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމުކޮށް، ޕްރެޝަރު ކުރިމަތިކުރިޔަސް އެ ވާހަކަ ދައްކަވާނެ އެވެ.
ފަޒުލް ވަނީ ބިންވެރިޔާ ސްކީމުން ގޯތި ދޫކުރި ގޮތާ ގުޅިގެން ވެސް ނުރުހުން ފާޅުކުރައްވައިފަ އެވެ. ބިންވެރިޔާ ސްކީމުން ބިން ލިބުނު މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުން ލަސްވެ، އެކަމުގެ ކަންބޮޑުވުން އޮތްއިރު، ފަޒުލް ވިދާޅުވީ އެކަން ދިމާވީ ވެއްޔާއި ހިލަ ފުނިތަކުން ބިން ދޫކުރުމުން ކަމަށެވެ.
އެކަމަކު އެތަންތަން ހުސްކޮށް ބިން ހަވާލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރައްވާނެ ކަމަށް އޭނާ ކުރިން ވިދާޅުވި އެވެ.
- ސީލައިފުން ހައުސިން ޔުނިޓު ލިބުނު 203 މީހަކަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުން ތަންފީޒުކުރުމަށް އެޗްޑީސީގެ މައްޗަށް ހުކުމެއް އޮތް. ހިޔާ ފްލެޓުން ބާކީވެފައިވާ 60 އެއްހާ ފްލެޓާއި ވިނަރެސްގެ ފްލެޓްތަކުން އެ މީހުންނަށް ބޯހިޔާވަހިކަން ދޭން އެޗްޑީސީގެ ބޯޑުން ވަނީ ފާސްކޮށްފައި.
- ސީލައިފް، ޖައުސާ އާއި ޖާހު، އަދި ކޭޕާކުން ފްލެޓް ގަތް މީހުން އެބަ ތިބި. އެ މަސައްކަތް ނުކުރެވުމުގެ ސަބަބުން ވެސް އެޗްޑީސީގެ ފައިސާ، ޖާހަށް ދީގެން މައްސަލަ ހައްލުކުރަން ކުރީ ސަރުކާރުން އުޅުނު.
- ތިލަފުށީގެ 35 ބިން ވަގުތީ ގޮތުން ބޭނުންކުރަން ކަމަށް ބުނެ ނުހައްގުން ދޫކޮށްފައިވޭ.
- ބިންވެރިޔާ ސްކީމުން ބިން ދޫކުރި މީހުންނަށް ބިން ދޫކުރުމުގެ މަސައްކަތް އެބަ ކުރޭ. އެކަމަކު ފެނާއި ނަރުދަމާ އަޅާފައި އޮތް ތަނުން އިން ކަނޑައަޅަން އެދޭ އެބަ. އެ މައްސަލަ ހައްލުކޮށް ބިން ދޫކުރުމުގެ މަސައްކަތް ކުރާނަން.
ފަޒުލް ވިދާޅުވި ގޮތުގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި އެޗްޑީސީއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. މިހާރު ވެސް 10 ބިލިއަން ރުފިޔާގެ ދަރަނި ކުންފުނީގައި އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްޑީސީއަށް ލިބެންޖެހޭ، އެކަމަކު ނުލިބި 800 މިލިއަން ރުފިޔާ އެބަ އޮތް ކަމަށާއި މިދިޔަ ފަސް އަހަރުގެ ތެރޭގައި އެ ފައިސާ ހޯދަން ވެސް ކުންފުނިން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ނުހައްގު ގޯތިތަކުގެ މައްސަލަ އޭސީސީން ވެސް ބަލަނީ
އެމްޑަބްލިއުއެސްސީން ފަޒީލް ސަސްޕެންޑްކޮށްފި
ފަޒީލް އަށް ގޯތި ހައްގު ނޫނަސް ވަށާފާރު ހުރީ ރާނާފައި
ފަޒުލް ބެލީ ހައުސިންގެ ތެރެއިން މައްސަލަ ހައްލުކުރަން
ވެރިފައި ނުކޮށް އެއްވެސް ގޯއްޗެއް ނުދޭ: ފަޒުލް
ހުޅުމާލެ 3 އިން ޖެނުއަރީގެ ނިޔަލަށް ގޯތި ދެނީ
2،100 ފްލެޓާ އެކު އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް
ނުހައްގުން ފަންސާހަކަށް ބިން ދީފައި އެބަހުރި: ފަޒުލް
އެޗްޑީސީގެ ސީއެފްއޯ އާއި ބިޒްނަސް ހެޑް ވަކިކޮށްފި