ހައުސިން ޑިވެލޮމްޕެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުމާލެ ފޭސް 2 ގައި ވަގުތީ މިސްކިތެއް ހުޅުވައިފި އެވެ.
08 މާޗް 2024
ހައުސިން ޑިވެލޮމްޕެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުމާލެ ފޭސް 2 ގައި ވަގުތީ މިސްކިތެއް ހުޅުވައިފި އެވެ.
ރޯދަ މަހަށް ހާއްސަކޮށް އިމާރާތް ކުރި އެ މިސްކިތް ހުޅުވީ އިއްޔެ އެވެ.
ހިޔާ ފްލެޓްތައް ކައިރީ ހުންނަ ޕާކް ސަރަހައްދުގައި އެޅި އެ މިސްކިތުގެ ނަމަކީ މަސްޖިދުލް ޝާކިރީން އެވެ.
އެޗްޑީސީން ބުނީ އެއީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އިސްރަށްވެހިންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް މިސްކިތަށް ދިއުމަށް ދުރު ސަރަހައްދަކަށް ދާންޖެހުމުން ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމުގެ ބޭނުމުގައި ހުޅުވިފައިވާ މިސްކިތެއް ކަމަށެވެ.
އެޗްޑީސީއިން ހުޅުމާލެ ފޭސް2ގައި އަޅާފައިވާ ވަގުތީ މިސްކިތުގައި ބަޔަކު ނަމާދު ކުރަނީ.-- ފޮޓޯ: އެޗްޑީސީ
ޖާގައިގައި 100 މީހުންނަށް ނަމާދުކުރެވޭ އެ މިސްކިތުގައި ފިރިހެނުންނާއި އަންހެނުންނަށް ވެސް ނަމާދު ކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ބޮޑު އާބާދީއެއްގެ މީހުން ދިރިއުޅެމުންދާ އެ ސަރަހައްދުގައި މިއަދު ހުކުރު ނަމާދަށްފަހު ވަނީ، މުނިހޯމް ކެއާއިން ހުޅުމާލޭގައި ބިނާކުރި "މަސްޖިދް ހަސަން އާދަމް" މިސްކިތް ވެސް ހުޅުވާފަ އެވެ.
ދެ ބުރިއަށް އިމާރާތް ކޮށްފައިވާ އެ މިސްކިތަކީ 1،500 މީހުންގެ ޖާގައިގެ ތަނެކެވެ. މިއަދު ހުކުރު ނަމާދަށް އެ މިސްކިތުގެ ދެ ފްލޯ އާއި ގޯތިތެރެ ވެސް އޮތީ ފުރިފަ އެވެ.
ހުޅުމާލޭގެ އާ މާސްޓަޕްލޭނަށް އާންމުންގެ ހިޔާލު ހޯދަނީ
ހިޔާ 2 ގެ އާ ލިފްޓުތައް ބޭނުންކުރަން ފަށައިފި
ހުޅުމާލެ ރަމްޒުކޮށްދޭ 100 މީޓަރު އުސް ޓަވަރެއް
މާސްޓަޕްލޭނަށް ބަދަލު ގެނައީ ބަނދަރުގެ ޖާގަ ކުޑަވާތީ
ހުޅުމާލޭގެ މާސްޓަޕްލޭނަށް ބަދަލު ގެެނެސް އާންމުކޮށްފި
ހިޔާގެ 4 ޓަވަރެއްގެ ލިފްޓުތައް ނިންމައި ޓެސްޓުކުރަނީ
"4ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ"
ހުޅުމާލެ 2ގެ ބަންދު ސަރަހައްދަށް ނުވަންނަން އަންގައިފި
ހުޅުމާލޭގައި ހެދި އިސްރަށްވެހިންގެ ނާދީ ހުޅުވައިފި
އެސްޖޭއިން 15 މިލިއަނަށް ބިމެއް ގަނެފި