Roadha Mihaaru
ޕިއްޒާ ބޯނާއިން ތިން ފޫޓުގެ "ޕާޓީ ބޮކްސް" ޕިއްޒާ

ޕިއްޒާ ބޯނާއިން ތިން ފޫޓުގެ ބޮޑު "ޕާޓީ ބޮކްސް" ޕިއްޒާ

10 މާޗް 2024

ޕިއްޒާ ބޯނާ އިން މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށް "ޕާޓީ ބޮކްސް"ގެ ނަމުގައި ތިން ފޫޓު/އެއް ފޫޓުގެ ބޮޑު ޕިއްޒާއެއް ތައާރަފްކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޕިއްޒާ ބޯނާ އިން މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށް "ޕާޓީ ބޮކްސް"ގެ ނަމުގައި ތިން ފޫޓު/އެއް ފޫޓުގެ ބޮޑު ޕިއްޒާއެއް ތައާރަފްކޮށްފި އެވެ.

މިއީ އެއް ފްލޭވާ ނުވަތަ ޕިއްޒާ ބޯނާއިން ވިއްކާ ވައްތަރުތަކުގެ ތެރެއިން ގިނަ ވެގެން ތިން ފްލޭވާ ހިމަނައިގެން ކަސްޓަމައިޒްކުރެވޭނެ ޕިއްޒާއެކެވެ.

ޕިއްޒާ ބޯނާއިން ބުނީ ރޯދަ މަހަށް ހާއްސަކޮށް މިކަހަލަ ޕިއްޒާއެއް ތައާރަފްކުރީ އެ ތަނުން ވިއްކާ ޕިއްޒާއަށް ރޯދަ މަހު ޑިމާންޑު ބޮޑުވެ އަދި ބޮޑެތި ރޯދަ ވީއްލުންތަކަށް ވެސް ޕިއްޒާއަށް ލިބޭ އޯޑަރު ގިނައިން ލިބޭތީ ކަމަށެވެ. އަދި މިއީ އަނެއްކާވެސް ޕިއްޒާގެ ތަފާތު ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ތައާރަފްކުރި ޕިއްޒާއެއް ކަމަށް ބުންޏެވެ.

މިއީ ތިން ޕިއްޒާގެ ސައިޒުގައި އެއް ފުއްގަނޑަކުން ހަދާފައިވާ ބޮޑު ޕިއްޒާއެއް ކަމަށާއި ޕިއްޒާ ލިބޭނީ ތިން ޕިއްޒާގެ އަގުގައި ކަމަށް ވެސް ބުންޏެވެ.

ޕިއްޒާ ބޯނާގެ ފޭސްބުކް ޕޯސްޓެއް.

ޕިއްޒާ ބޯނާއިން ބުނީ އަލަށް ތައާރަފް ކުރި "ޕާޓީ ބޮކްސް" ޕިއްޒާގައި ވެސް އެ ތަނުގެ ސްޓޭންޑަޑްތައް ހިފަހައްޓައި، ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ރަހަތަކަށް ބަދަލެއް ނައިސް ތަޖުރިބާކުރަން ލިބޭނެ ކަމަށެވެ.

ޕިއްޒާ ބޯނާއިން ބުނީ ރޯދަ މަހަކީ އެ ތަނަށް ޑިމާންޑު ބޮޑު މަހަކަށްވުމުން ރޯދަ ވިއްލާ ވަގުތަށް ޕިއްޒާ ބޭނުންވާ ނަމަ އެންމެ ރަނގަޅީ ވީހާ ވެސް އަވަސް ގަޑިއެއްގައި އޯޑަރު ދިނުން ކަމަށެވެ. އަދި ޕިއްޒާ ޑެލިވަރީކުރާ އިރު، ރޯދަ މަހުގެ ޓްރެފިކް ބޮޑުވުމުގެ ސަބަބުން އާއްމުކޮށް ދާ ވަގުތަށްވުރެ ގިނަ ވަގުތު ޑެލިވަރީއަށް ހޭދަވެދާނެ ކަމަށާއި ރޯދަ މަހު މަގުމަތީގައި ޕާކު ކުރުމުން ޓްރެފިކަށް އިތުރަށް ބާރު ބޮޑުވާނެތީ ޕިއްޒާ ބަލައި ދޮރު މައްޗަށް ނުކުމެވޭނެ ކަސްޓަމަރުން އެކަން ކޮށްދީ ޑެލިވަރީ ޓީމަށް އެއްބާރުލުން ދިނުމަށް ވަނީ އެދިފަ އެވެ.

ރޯދަ މަހު ޕިއްޒާ ބޯނާއިން އޯޑަރު ނަގަން ފަށާނީ މެންދުރު 2 ޖަހާއިރު އެވެ. ޑެލިވަރީގެ ހިދުމަތް ފަށާނީ ހަވީރު 4 ޖަހާއިރު އެވެ. ރޯދަ މަހު ދަންވަރު 1 ޖެހުމާ ހަމައަށް ޕިއްޒާ ބޯނާއިން އޯޑަރު ނަގާނެ އެވެ.