ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމު ދިމާކޮށްގެން އެއް އަހަރު ދުވަހުގެ ހިލޭ ޕިއްޒާ ލިބޭ ފުރުސަތެއް ޕިއްޒާ ބޯނާއިން އިއުލާނުކޮށްފި އެވެ.
07 ޑިސެމްބަރ 2022
ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމު ދިމާކޮށްގެން އެއް އަހަރު ދުވަހުގެ ހިލޭ ޕިއްޒާ ލިބޭ ފުރުސަތެއް ޕިއްޒާ ބޯނާއިން އިއުލާނުކޮށްފި އެވެ.
ވޯލްޑް ކަޕާ ގުޅުވައިގެން ޕިއްޒާ ބޯނާއިން ފޭސްބުކްގައި ކުރިއަށް ގެންދާ އެކި ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު އިނާމު ހުށަހަޅާ، ޗެމްޕިއަން ޓީމު ދިމާކުރުމުގެ ފުރުސަތު ފޭސްބުކްގައި ހުޅުވާލީ މިއަދު އެވެ.
ފޭސްބުކްގައި ޗެމްޕިއަން ޓީމު ދިމާކޮށް، ޕިއްޒާ ހޯދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޝަރުތުތަކަކާ އެއްކޮށެވެ. އެ އިނާމު ކާމިޔާބު ކުރުމަށް ކޮންމެ މީހަކު ވެސް ޕިއްޒާ ބޯނާގެ ޕޭޖަށް ލައިކް ކޮށް، އެކަމާ ގުޅޭ ގޮތުން ކޮށްފައިވާ ޕޯސްޓު ޝެއާކުރަން ޖެހޭނެ އެވެ. ޗެމްޕިއަން ޓީމު ގެސް ކުރަން ޖެހޭނީ އެ ޕޯސްޓުގެ ކޮމެންޓު ސެކްޝަނުގަ އެވެ.
ޕިއްޒާ ބޯނާގެ "ގެސް ދަ ޗެމްޕިއަން ޓީމު" ޕޯސްޓު.
ކޮންމެ މީހަކަށް ވެސް ޗެމްޕިއަން ޓީމު ދިމާކުރަން ކޮމެންޓު ކުރެވޭނީ އެއް ފަހަރު އެވެ. އެ މީހަކު ކުރާ ކޮމެންޓް އެޑިޓްކޮށްފި ނަމަ ޑިސްކޮލިފައި ވާނެ އެވެ.
ޗެމްޕިއަން ޓީމު ދިމާކުރުމުގެ ފުރުސަތު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ 9 ޖަހަންދެންނެވެ. ދިވެހިންގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ވާކް ޕާމިޓު އޮންނަ އެންމެންނަށް ވެސް އޭގައި ބައިވެރިވެވޭނެ އެވެ.
ޗެމްޕިއަން ޓީމު ދިމާކުރާ މީހުންގެ މެދުގައި ގުރުއަތު ނެގުން ހަމަޖެހިފައި ވަނީ މި މަހުގެ 31 ގަ އެވެ.
ޕިއްޒާ ބޯނާގެ އެއް އަހަރު ދުވަހުގެ ހިލޭ ޕިއްޒާ ލިބޭ މީހަކަށް އެއް އަހަރު ވަންދެން ލިބޭނީ 120ރ. އާ ހަމައަށް ލިބޭ ޕިއްޒާ އެވެ.
"މިހާރު"ގެ ސްކޯ ޕްރިޑިކްޓާގައި ވެސް ޕިއްޒާ ބޯނާގެ ގްރޫޕްގައި ސްކޯ ދިމާކޮށްގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ކުޑަކުދިންގެ ދުވަހަށް ޕިއްޒާ ބޯނާގެ އާޓް ޗެލެންޖެއް
ޕިއްޒާ ބޯނާއިން ޓޭކްއަވޭ ޕިއްޒާ އަށް ޑިސްކައުންޓް ދެނީ
އަންހެނުންގެ ދުވަސް: ކޮންމެ ޕިއްޒާއެއް 99ރ. އަށް
ޗުއްޓީއަށް އުރީދޫގެ ބޮޑެތި ޑޭޓާ ޕެކްތައް
އިލާލާގެ "ކައުރީ" ފުޅިތަކުން ޑިސްކައުންޓެއް
ވޯލްޑް ކަޕަށް ޕިއްޒާ ބޯނާއިން ޕިއްޒާ ގަނެގެން އިނާމުތަކެއް
ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ސިޓީ އޮޕްޓިކަލަށް
ޓުޑޭސް ޓޭސްޓް ފޮށްޓެއް ގަތުމުން ބިސްކޯދު ބޮނޑި ހިލޭ
އެޗްއެސްސީން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
"އެންމެނަށް މީޑިއާނެޓް" ޕްރޮމޯޝަނުން އަގުބޮޑު އިނާމު