Roadha Mihaaru
ޔުނައިޓެޑުން ހޯދާނީ އަންނަ ޖީލުގެ އެމްބާޕޭ: ރެޓްކްލިފް

ޔުނައިޓެޑުން ބޭނުން ވަނީ "އަންނަ ޖީލުގެ އެމްބާޕޭ" ގެންނަން: ރެޓްކްލިފް

20 މާޗް 2024

މެންޗެސްޓާ (މާޗް 20) - މެންޗެސްޓާ ޔުނައިޓެޑުން ބޭނުން ވަނީ، އަންނަ ޖީލުގެ ކިލިޔަން އެމްބާޕޭ ސޮއި ކުރުވަން ކަމަށް، އެ ކްލަބްގެ ކޯ އޯނަރު ޖިމް ރެޓްކްލިފް ބުނެފި އެވެ.

މެންޗެސްޓާ (މާޗް 20) - މެންޗެސްޓާ ޔުނައިޓެޑުން ބޭނުން ވަނީ، އަންނަ ޖީލުގެ ކިލިޔަން އެމްބާޕޭ ސޮއި ކުރުވަން ކަމަށް، އެ ކްލަބްގެ ކޯ އޯނަރު ޖިމް ރެޓްކްލިފް ބުނެފި އެވެ.

މި ސީޒަނަށް ފަހު، ޕީއެސްޖީ ދޫކޮށްލާނެ ކަމަށް އެމްބޭޕޭ ވަނީ އިއުލާން ކޮށްފަ އެވެ. އޭނާ ގެންދަން ބޭނުންވާ ކްލަބަކަށް ހިލޭ ޓްރާންސްފާގައި ސޮއި ކުރުވުމުގެ ފުރުސަތު ލިބެ އެވެ.

އެމްބޭޕޭ ގެންނަން ޔުނައިޓެޑުން މަސައްކަތް ކޮށްފާނަން ތޯ، އިނގިރޭސި މަހުޖަނު ރެޓްކްލިފާ ސުވާލު ކުރުމުން އޭނާ ބުނީ މިހާރު ގިނަ މީހުންނަށް ފާހަގަ ވެފައި ހުރި މަޝްހޫރު ކުޅުންތެރިން ގެންނަން ޔުނައިޓެޑުން މަސައްކަތް ކުރުމުގެ ބަދަލުގައި ދެން އުޅެންވީ އަންނަ ޖީލުގެ މަޝްހޫރު ކުޅުންތެރިން ދެނެގަނެ އެ ކުޅުންތެރިން ހޯދަން ކަމަށެވެ.

"އަހަރެން ދެކޭ ގޮތުގައި ނޫނީ އެއް ގޮތަކުން އަހަރެން އެންމެ ބޮޑަށް ބޭނުންވަނީ މިހާރު ވެސް ކާމިޔާބު ކުޅުންތެރިޔެއް ގެންނަން ފައިސާ ހޭދަކުރުމުގެ ބަދަލުގައި ދެން އަންނަ ޖީލުގެ އެމްބާޕޭ އެއް ސޮއިކުރަން މަސައްކަތް ކުރުން،" އިނގިރޭސި ކުރީގެ ކްރިކެޓް ތަރި ޖެރެއިންޓް ޖޯންސްގެ ސައިކްލިން ކްލަބް ޕޮޑްކާސްޓަގައި ވާހަކަ ދައްކަމުން ރެޓްކްލިފް ބުންޏެވެ.

"އެމްބާޕޭ ގަތުމަކީ އެހާ މޮޅު ޓްރާންސްފާ އެއް ނޫން، ކޮންމެ މީހަކަށް ވެސް އެ އެމްބާޕޭ ދެނެގަނެވޭނެ. އެއަށްވުރެ ބޮޑު ގޮންޖެހުމަކީ ދެން އަންނަ ޖީލުގެ އެމްބާޕޭ ނުވަތަ ދެން އަންނަ ޖީލުގެ [ޖޫޑް] ބެލިންހަމް ނުވަތަ ރޯއީ ކީން ދެނެގަނެ އެ ކުޅުންތެރިން ސޮއި ކުރުވުން."

ޔުނައިޓެޑްގެ ލެޖެންޑް އަދި ކުރީގެ ކޯޗު އެލެކްސް ފާގަސަން، 2013 ގައި އެ ކްލަބް ދޫކޮށްލި ފަހުން އަލަށް ސުޕާ ސްޓާ ފެންވަރުގެ ކުޅުންތެރިޔަކު އެ ކްލަބަށް ސޮއި ނުކުރެވެ އެވެ. ޕޯލް ޕޮގްބާ އާއި އޭންހަލް ޑި މާރިއާ ސޮއި ކުރިވި ނަމަވެސް އެ ކުޅުންތެރިންނާ އެކު އެންމެ އެކަށީގެންވާ ކާމިޔާބެއެއް އެ ކްލަބަކަށް ނުހޯދުނެވެ.

ފާގަސަން ކްލަބް ދޫކޮށްލިތާ 10 އަހަރު ވީއިރު އެ ކްލަބަށް އެންމެ ފަހަރަކު ވެސް ޕްރިމިއާ ލީގުގެ ތަށީގައި އަތްލެވިފައެއް ނުވެ އެވެ.

ރެޓްކްލިފް ބުނީ އަންނަ ޖީލުގެ ސުޕާ ސްޓާރުން ހޯދޭނެ ފެންވަރުގެ ޓެކްނިކަލް ޓީމަކާ އެކު ޔުނައިޓެޑަށް އެފެންވަރުގެ ކުޅުންތެރިން ދެނެގަނެވި ސޮއި ކުރެވޭނެ ކަމަށެވެ.