މެންޗެސްޓާ (އޭޕްރީލް 30) މާކޮސް ރަޝްފޯޑާއި ގިނަ އެހެން ކުޅުންތެރިން ވިއްކާލަން، މެންޗެސްޓާ ޔުނައިޓެޑުން ބާޒާރަށް ނެރެފި އެވެ.
މެންޗެސްޓާ (އޭޕްރީލް 30) މާކޮސް ރަޝްފޯޑާއި ގިނަ އެހެން ކުޅުންތެރިން ވިއްކާލަން، މެންޗެސްޓާ ޔުނައިޓެޑުން ބާޒާރަށް ނެރެފި އެވެ.
ޔުނައިޓެޑްގެ ގިނަ ކުޅުންތެރިން ވިއްކާލަން އެ ކްލަބުން ބާޒާރަށް ނެރުނީ އަންނަ ސީޒަނުގައި އެ ކްލަބަށް ޗެމްޕިއަންސް ލީގު ނުކުޅެވޭތީ ކްލަބަށް ލިބޭ އާމުދަނީ ދަށް ވުމުން އެބައި ފޫބެއްދުމުގެ ގޮތުންނެވެ.
ޕްރިމިއާ ލީގުގެ ފައިދާ އާއި ހަރަދު ހަމަހަމަ ކުރުމުގެ ޕޮލިސީގެ ދަށުން ޗެމްޕިއަންސް ލީގުގެ ޖާގަ ނުލިބޭނަމަ ޔުނައިޓެޑަށް ހަރަދު ކުޑަ ކުރަން މަޖުބޫރު ވާނެ އެވެ.
ރަޝްފޯޑްގެ އިތުރުން ބައެއް ސީނިއާ ކުޅުންތެރިންނަށް އެހެން ކްލަބްތަކުން އަންނާނެ ކޮންމެ ހުށަހެޅުމަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ޔުނައިޓެޑް އޮތީ ތައްޔާރަށެވެ.
ޔުނައިޓެޑްގެ ކޯ އޯނަރު، ޖިމް ރެޓްކްލިފާއި އޭނާގެ ސީއީއޯ އުމަރް ބިރާދާ އާއި ޓެކްނިކަލް ޑައިރެކްޓަރު ޖޭސަން ވިލްކޮކްސްގެ ވިސްނުން ހުރީ ބާޒާރަށް ނެރެފައިވާ ކުޅުންތެރިން ވިއްކައިގެން ލިބޭ ފައިސާ އާ ޒުވާން ކުޅުންތެރިން ގަތުމަށް ހޭދަ ކުރުމަށެވެ.
ޖަރުމަނު ލީގުގައި ވިދަމުން އަންނަ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ، ބެޔާން މިޔުނިކްގެ ޖަމާލް މުސިއާލާ އާއި ބެޔާ ލެވަކޫސަންގެ ފްލޯރިއާން ވިރްޓްޒަށް ޔުނައިޓެޑުން ޝައުގުވެރި ވެއެވެ.
މިހާރު ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން އެ ޓީމުން މަޑު ކުރުވަން ބޭނުން ވަނީ އަލްހެންޑްރޯ ގާނާޗޯ އާއި ކޮބީ މައިނޫ އަދި ރޮސްމުސް ހޮއިލުންޑެވެ. އެކަމަކު އެ ކުޅުންތެރިންގެ މުސާރައިން 25 ޕަސަންޓް އުނިކުރަން ޔުނައިޓެޑުން ހުށަހަޅަ އެވެ.
ކޮންޓްރެކްޓް ހަމަވާ، ރަފޭލް ވަރާނާއި އެންޓޮނީ މާޝިއަލް އަދި ބްރެންޑޮން ވިލިއަމްސް ޓީމު ދޫކޮށްލާނެ އެވެ.
އުމުރުން 26 އަހަރުގެ ރަޝްފޯޑް ވިއްކާލަން ޔުނައިޓެޑުން ބާޒާރަށް ނެރުނީ އޭނާއާ އެކު އިތުރު ފަސް އަހަރަށް ކޮންޓްރެކްޓް އާ ކުރިތާ އަހަރެއް ވެސް ނުވަނީހެވެ.
އެ ކޮންޓްރެކްޓްގެ ދަށުން އޭނާ އަށް ހަފުތާއަކު 325،000 ޕައުންޑް ދޭން ޔުނައިޓެޑުން ޖެހެ އެވެ.
ބާސާގައި ރަޝްފޯޑަށް އޮތީ ޕްރެކްޓިސްކޮށްކޮށް ހުރުން
ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ހޯދީ އޭއައި އެޖެންޓެއް
އެންޓޮނީއާ މެދު ޔުނައިޓެޑާއި ބެޓިސްގެ ހިޔާލުތަފާތުވުމެއް
ޔުނައިޓެޑްގައި އެއްވެސް މިސްރާބެއް ނެތް: ރަޝްފޯޑް
ޔުނައިޓެޑުން ސެސްކޯ އަށް އަލުން ފާރަލަނީ
ޔުނައިޓެޑުން ފާރަލީ ތިން ފޯވާޑުން ވާދަވެރި ކްލަބްތަކަށް
ޔުނައިޓެޑަށް އެމްބަމޯ ސޮއިކޮށްފި، އަދިވެސް ބިޑްކުރަނީ
ޔުނައިޓެޑް ދޫކޮށްލައި ރަޝްފޯޑް ބާސެލޯނާއަށް ބަދަލުވަނީ
ރަޝްފޯޑަށްވުރެ 63 އަހަރުގެ ކޯޗު ވެސް ރަނގަޅު
ޓީމުން ޖާގަ ލިބޭތޯ ރަޝްފޯޑް ހާއްސަ ތަމްރީނުތަކެއް