ލިޒްބަން (މާޗް 21) - ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މިހާރު ޕޯޗުގަލްގެ އެންމެ މުހިންމު ކުޅުންތެރިޔާ ނޫން ކަމަށް އެ ޓީމުގެ ޑިފެންޑަރު ޖޮއާއޯ ކެންސެލޯ ބުނެފި އެވެ.
21 މާޗް 2024
ލިޒްބަން (މާޗް 21) - ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މިހާރު ޕޯޗުގަލްގެ އެންމެ މުހިންމު ކުޅުންތެރިޔާ ނޫން ކަމަށް އެ ޓީމުގެ ޑިފެންޑަރު ޖޮއާއޯ ކެންސެލޯ ބުނެފި އެވެ.
ޕޯޗުގަލްގެ ޓީމު ލީޑް ކުރަނީ އަދި ވެސް އުމުރުން 39 އަހަރުގެ ރޮނާލްޑޯ އާއި 41 އަހަރުގެ ޑިފެންޑަރު ޕެޕޭ އެވެ. އެ ދެ ކުޅުންތެރިން ލީޑް ކުރި ޓީމުން ވަނީ މީގެ ކުރިން ޔޫރޯ އާއި ނޭޝަން ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.
ޕޯޗުގަލްގެ ޕަބްލިކް ބްރޮޑްކާސްޓާ އަށް ދިން އިންޓަވިއުގައި ބާސެލޯނާގެ ޑިފެންޑަރު ކެންސެލޯ ބުނީ އިރެއްގައި ރޮނާލްޑޯ އަކީ ޕޯޗުގަލްގެ އެންމެ މުހިންމު ކުޅުންތެރިޔާ އަށް ވިޔަސް މިހާރު އޭނާ އަށް ބަރޯސާ ނުވާނެ ކަމަށެވެ.
ރޮނާލްޑޯ ހުރީ އެންމެ ޕީކުގައި ނޫން ކަމަށް ވެސް ކެންސެލޯ ބުންޏެވެ.
"އޭނާ އަކީ މުހިންމު ކުޅުންތެރިއެއް. މިދިޔަ 15 އަހަރު ބެލޮންޑިއޯ އަށް މެސީއާ ވާދަކުރި ނަމަވެސް ފުޓްބޯޅަ ކުޅުންތެރިއެއްގެ ކެރިއަރުގެ އެންމެ ޕީކް ދުވަސްވަރަކީ އުމުރުން 25 އަހަރާއި 32 އަހަރާ ދެމެދު. އޭނާ އަކީ އަހަރެމެންނަށް މުހިންމު ކުޅުންތެރިއެއް، އެކަމަކު ގައުމީ ޓީމު މުޅިން ބަރޯސާ ވަނީ އޭނާ އަށް ނޫން،" ކެންސެލޯ ބުންޏެވެ.
މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ބްރޭކްގައި ޕޯޗުގަލްއިން ތައްޔާރު ވަމުން ދަނީ ސްވިޑެން އާއި ސްލޮވޭނިއާ އާ ދެކޮޅަށް ކުޅުމަށެވެ. ޕޯޗުގަލްގެ ކޯޗު ސްޕެއިންގެ ރޮބާޓޯ މާޓިނޭޒް ރޮނާލްޑޯ އާ އެކު އެޓޭކްގައި ލީޑް ކުރަން ޒުވާން ކުޅުންތެރިން ކަމަށްވާ ޖޯޓާ ސިލްވާ އާއި ފްރެންސިސްކޯ ކޮންސޭސޯ ގައުމީ ޓީމަށް އަލަށް ނަގައިފަ އެވެ.
ރޮނާލްޑޯއަށް 40، އަދިވެސް އެންމެ މަތީ ފޯމްގައި
ރޮނާލްޑޯ ކުރާ މަސައްކަތް ސިފަކޮށް ނުދެވޭނެ: ވީޓީނިއާ
ފްރާންސް ސެމީއަށް، ރޮނާލްޑޯ ހުސްއަތާ ނިންމާލައިފި
ތުރުކިޔޭ އާއި ޗެކިއާގެ މެޗަށް ފަހު ހަމަނުޖެހުމެއް
ރޮނާލްޑޯއާ ބައްދަލުކުރަން ދަނޑަށް އެރުމުން ތަހުގީގަށް
އުމުރުން 39، އަދިވެސް އަހަރެން ފިޓް: ރޮނާލްޑޯ
ރޮނާލްޑޯގެ ޓްރޭނިން ބަލަން، ޓިކެޓް 800 ޑޮލަރަށް
ރޮނާލްޑޯ ނެތިވެސް ޕޯޗުގަލުން ނުވަ ގޯލް ޖަހައި ރެކޯޑެއް
200 މެޗު ހަމަކޮށްގެން ރޮނާލްޑޯ އަށް ދުނިޔޭގެ ރެކޯޑް
ރޮނާލްޑޯގެ ގޯލަކީ ރެފްރީ ދިން ހަދިޔާއެއް: ގާނާގެ ކޯޗު