Roadha Mihaaru
ތުރުކިޔޭ އާއި ޗެކިއާގެ މެޗަށް ފަހު ހަމަނުޖެހުމެއް

ތުރުކިޔޭ އާއި ޗެކިއާގެ މެޗަށް ފަހު ހަމަނުޖެހުންތަކެއް

27 ޖޫން 2024

ހަމްބާގް (ޖޫން 27) - ޗެކިއާގެ ހިތް ހަލާކުކޮށްލުމަށް ފަހު، ގޫރުޕްގެ ދެވަނަ ހޯދައި ތުރުކިޔޭއިން ޔޫރޯ 2024 ގެ ގަދަ 16 އިން ޖާގަ ހޯދި މެޗަށް ފަހު ހަމަނުޖެހުންތަކެއް ހިނގައިިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ހަމްބާގް (ޖޫން 27) - ޗެކިއާގެ ހިތް ހަލާކުކޮށްލުމަށް ފަހު، ގޫރުޕްގެ ދެވަނަ ހޯދައި ތުރުކިޔޭއިން ޔޫރޯ 2024 ގެ ގަދަ 16 އިން ޖާގަ ހޯދި މެޗަށް ފަހު ހަމަނުޖެހުންތަކެއް ހިނގައިިފި އެވެ.

މެޗަށް ފަހު ދެ ޓީމުގެ ކުޅުންތެރިންގެ ކުރިމަތިލި އިރު، ދަނޑުގެ ސެކިއުރިޓީ ފަޅާލައި ބައެއް ސަޕޯޓަރުން ވެސް ދަނޑަށް އެރި އެވެ. ދެ ޓީމުގެ ކުޅުންތެރިން ދުރު ކުރަން އުޅެ އެކަން ކޮންޓްރޯލް ނުވުމުން ރެފްރީ ވަނީ ރަތް ކާޑު ނަގައި ޗެކިއާގެ ކުޅުންތެރިޔަކަށް ދައްކައިފަ އެވެ.

މި ގުރޫޕްގެ އަނެއް މެޗަށް ނުކުތް އިރު ވެސް ދެވަނަ ބުރުގެ ޖާގަ އަދި ގުރޫޕްގެ އެއްވަނަ މަގާމު ވެސް ކަށަވަރުވެފައި އޮތް ޕޯޗުގަލް ބަލިކޮށް މުޅިން އަލަށް ޔޫރޯގައި ވާދަކުރާ ޖޯޖިއާ ވެސް ދެވަނަ ބުރުން ޖާގަ ވަނީ ކަށަވަރުކޮށްފަ އެވެ.

ޖޯޖިއާ އަށް ޖާގަ ލިބެނީ ތިންވަނަ އަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ލިބުނު ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. އެ ޓީމު ވަނީ ހަތަރު ޕޮއިންޓް ހޯދާފަ އެވެ.