ހދ. ވައިކަރަދު އަށް ރަނގަޅަށް ކަރަންޓު ނުލިބޭތާ ފަސް ދުވަސް ވަނީ އެވެ. އެ ރަށުގައި މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެން ކަރަންޓު ކެނޑެން ފެށި ގޮތަށް އަދިވެސް އެ މައްސަލަ އަށް ހައްލެއް ނުލިބޭތީ، ރައްޔިތުން މިހާރު ވަނީ މަގުމައްޗަށް ނުކުންނަން ފަށައިފަ އެވެ.
22 މާޗް 2024
ހދ. ވައިކަރަދު އަށް ރަނގަޅަށް ކަރަންޓު ނުލިބޭތާ ފަސް ދުވަސް ވަނީ އެވެ. އެ ރަށުގައި މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެން ކަރަންޓު ކެނޑެން ފެށި ގޮތަށް އަދިވެސް އެ މައްސަލަ އަށް ހައްލެއް ނުލިބޭތީ، ރައްޔިތުން މިހާރު ވަނީ މަގުމައްޗަށް ނުކުންނަން ފަށައިފަ އެވެ.
ސޯޝަލް މީޑިއާގައި ރޭ ދައުރުވި ވީޑިއޯއިން ފެންނަނީ، ފިރިހެނަކު، ގައިގައި ސައިބޯނި ލައިގެން، ތުވާލި އަނދެގެން މަގުމައްޗަށް ނުކުމެ އުޅޭ ތަނެވެ. އޭނާ ބުނެފައި ވަނީ، ފެން ވަރަން ހުރެފައި ބޭރަށް ނުކުންނަން ޖެހުނީ ކަރަންޓު ކެނޑިގެންނެވެ. ފެން ނެގޭނެ ގޮތެއް ނެތް ކަމަށާއި ވަޅު ހުރީ އަޑީގައި ކަމަށް ވާތީ އިތުރަށް ހެދޭނެ ގޮތަކާ މެދު އޭނާ ސުވާލު އުފެއްދި އެވެ.
މިކަމާ ގުޅޭގޮތުން ވައިކަރަދޫ ކައުންސިލް އަދި ފެނަކައިގެ ބަހެއް އަދި ނުލިބެ އެވެ. ނަމަވެސް، އެ ކުންފުނިން މިދިޔަ ބުދަ ދުވަހު ކުރި ޕޯސްޓެއްގައި ބުނީ ވައިކަރަދު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަށް ހައްލެއް ހޯދަން 250 ކިލޯވޮޓްގެ އާ ޖަނަރޭޓަރެއް ގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެ ޖެނަރޭޓަރު ބަހައްޓައި ހިދުމަތް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުދަ ދުވަހުގެ ޕޯސްޓުގައި ވެ އެވެ.
"މި ދަނޑިވަޅުގައި ރަށުގެ އެކި ހިސާބުތަކުން ޝެޑިއުލްކޮށް، ކަރަންޓު ކަނޑަން ޖެހިފައިވާތީ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ނިހާޔަތަށް މާފަށް އެދެމެވެ. އަދި ރައްޔިތުންގެ ފަރާތުން ލިބިލައްވާ އެއްބާރުލެއްވުމަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ،" އެ ޕޯސްޓުގައިވެ އެވެ.
ވައިކަރަދޫ އިން ވާހަކަ ދެއްކި މީހަކު ބުނީ މިހާރު ކަރަންޓު ދެމުން އަންނަނީ އަވަށްތަކަށް ބަހާލައިގެން ކަމަށެވެ. އެ އިން ކޮންމެ ސަރަހައްދަކުން ވެސް ކޮންމެ ތިން ގަޑިއިރަކުން، ތިން ގަޑިއިރަކުން ކަރަންޓު ކަނޑާލާ ކަމަށް އޭނާ ބުންޏެވެ.
"ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް، އެއްކޮށް ނުނިމޭތީ ގޭގޭގައި ހުންނަ ވަޅުން ފެން ނަގަނީ. އެހެންވެ. ކުރީގައި ހުންނަ ހެން ވަޅަށް މޯޓަރު ލައިގެން ފެން ނެގޭ ގޮތަށް ހުންނާނީ. އެކަމަކު، ކަރަންޓު ނުލިބެންޏާ މޯޓަރުން ވެސް ފެނެއް ނުލިބޭނެ. ބައެއް ގޭގޭގައި އަޑިއަށް ވަޅުލާފައި ހުންނާތީ ފެން ނެގޭނެ އިތުރު ގޮތެއް ނޯވޭ،" ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ރޯދަމަހުގެ މެންދުރު ފަހުގެ ވަގުތަކީ، ރޯދަ ވީއްލަން ކާތަކެތި ތައްޔާރުކުރަން ގިނަ މީހުން އުޅޭ ވަގުތެވެ. ނަމަވެސް، އެ ގަޑީގައި ވެސް ގޭގެއިން ކަރަންޓު ދާތީ ބޮޑު ތަކްލީފެއް އުފުލަން ޖެހިފައިވާ ކަމަށް، ވައިކަރަދޫ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އައްޑުއަށް ގެންދިޔަ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި
ކަރަންޓު މައްސަލާގައި ކޮމިޓީއަށް ފެނަކަ ހާޒިރުކުރަނީ
އައްޑު އަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންދަނީ
ދެ ޖަނަރޭޓަރު ހަލާކުވެ, ކެލާގެ ކަރަންޓު ކެނޑެނީ!
އައްޑޫގައި ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެއްޖެ
އަނެއްކާވެސް އައްޑޫން ކަރަންޓުކެނޑޭ މައްސަލަ ބޮޑުވެއްޖެ
ކަރަންޓު ކެނޑޭ މައްސަލަ ރޯދައިގެ ކުރިން ހައްލުކުރަނީ
ކަރަންޓް ބިލްތަކަށް 400 މިލިއަން ފެނަކައަށް ނުލިބޭ
ފެނަކައަށް 39ޖަނަރޭޓަރު ގަނެ މައްސަލަތައް ހައްލުކުރަނީ
އައްޑޫގެ ގުޅިފައިވާރަށްތަކުން އަނެއްކާ ކަރަންޓު ކެނޑެނީ