އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ސިޓީއަށް ދެ ޖަނަރޭޓަރު ގެންދަން ފެނަކައިން ނިންމައިފި އެވެ.
22 އޮކްޓޯބަރ 2025
އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ސިޓީއަށް ދެ ޖަނަރޭޓަރު ގެންދަން ފެނަކައިން ނިންމައިފި އެވެ.
ފެނަކައިން ބުނީ ކަމިންސް ބްރޭންޑުގެ 1.8 މެގަވޮޓުގެ ދެ ޖަނަރޭޓަރު މާލޭ ގެނެސްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެ ޖަނަރޭޓަރުތައް އައްޑޫއަށް ގެންދިއުމުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެެވެ.
ފެނަކައިން ބުނި ގޮތުގައި އެ ދެ ޖަނަރޭޓަރާ އެކު 1.6 މެގަވޮޓުގެ އިތުރު އާ ޖަނަރޭޓަރެއް ވެސް އައްޑޫއަށް ފޮނުވާނެ އެވެ.
އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މެދުނުކެނޑި ކަރަންޓު ދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިތުރު ޖެންސެޓެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ފެނަކައިން ބުންޏެވެެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވެ އެވެ. ކަރަންޓު ފޯރުކޮށްދިނުމަށް ހިތަދޫގައި ބަހައްޓާފައި ވަނީ 20 ޖެނަރޭޓަރު ސެޓެވެ. އޭގެ ކެޕޭސިޓީއަކީ 26.8 މެގަވޮޓު ނަމަވެސް ޖެނަރޭޓަރު ސެޓްތައް ހަލާކުވެ، ކަރަންޓުގެ މައްސަލަ ވަރަށް ބޮޑުވެ.
އައްޑޫން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ އެކަމުގެ ޝަކުވާ ކުރަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އެހެންވެ، މިދިޔަ މާޗު މަހު ވެސް ވަނީ 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ފޮނުވައިފަ އެވެ.
ކުރިން ފެނަކައިން ބުނެފައިވާ ގޮތުގައި ބައެއް ޖަނަރޭޓަރުތައް މަރާމާތުކޮށްގެން ބޭނުންކުރަމުން އަންނައިރު ރާއްޖެއިން ބޭރުން ސްޕެއާ ގެނެސްގެން ވެސް ބައެއް ޖަނަރޭޓަރުތައް މަރާމާތުކުރަން ވަނީ ނިންމައިފަ އެވެ.
މި ޖެނެރޭޓަރުތައް ގެންދަން ނިންމާފައި ވާއިރު އަންނަ ހަފްތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އަންނަ ހަފްތާގައި އައްޑުއަށް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.
ކަރަންޓު ކޭބަލްތަކަށް ގެއްލުން ނުދޭން އެދިއްޖެ
އައްޑޫން ކަރަންޓު ކެނޑުނީ ކޭބަލެއް ބުރިކުރަން އުޅުމުން
އައްޑޫ ގެންގުޅެނީ ދެވަނަ ދަރަޖައިގައި: މޭޔަރު
މައްސަލަ ހައްލުކޮށް އައްޑޫގެ ބޮޑު ބަޔަކަށް ކަރަންޓްދީފި
10 އަހަރަށް ބޭނުންވާ ކަރަންޓު ކެޕޭސިޓީ އައްޑޫ، ފުވައްމުލަކުގައި ގާއިމްކުރަނީ!
ވަގުތީ ހައްލާއެކު ދާއިމީ ހައްލު ވެސް ހޯދަން: ފެނަކަ
އައްޑުއަށް އަނެއްކާވެސް 1.8 މެގަވޮޓުގެ ޖަނެރޭޓަރެއް!
އައްޑު އަށް އެއް މެގަވޮޓުގެ ޖެނަރޭޓަރެއް ގެންގޮސްފި
އައްޑުއަށް ގެންދިޔަ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި
ކަރަންޓު މައްސަލާގައި ކޮމިޓީއަށް ފެނަކަ ހާޒިރުކުރަނީ