ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުވަން އެމެރިކާއިން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ރަޝިޔާ އާއި ޗައިނާ އިން ވީޓޯކޮށް ގަރާރު ފެއިލްކޮށްލައިފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުވަން އެމެރިކާއިން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ރަޝިޔާ އާއި ޗައިނާ އިން ވީޓޯކޮށް ގަރާރު ފެއިލްކޮށްލައިފި އެވެ.
މިއީ މިފަހަރު އިޒްރޭލުން ހަމަލާތައް ފެށުމަށް މެދުވެރިވި ސަބަބު ކަމަށްވާ، އޮކްޓޫބަރު 7 ގައި ހަމާސް އިން ދިން ހަމަލާތައް އެމެރިކާއިން ކުށްވެރިކުރުމާ އެކު، ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި އެމެރިކާއިން ހުށަހެޅު ފުރަތަމަ ގަރާރެވެ.
މީގެ ކުރިން އެމެރިކާއިން ވަނީ އެހެން ގައުމުތަކުން ހުށަހެޅި މިފަދަ ގަރާރުތައް ފެއިލްކޮށްލައިފަ އެވެ.
އެމެރިކާގެ ގަރާރު ފެއިލްކޮށްލުމާ އެކު ހަމާސް އިން ވަނީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ.
"އަހަރެމެންގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތައް ހުއްޓުވުމުގެ ނަމުގައި އެމެރިކާ އިން ހުށަހެޅި އެއްފަރާތަކަށް ޖެހިފައިވާ ގަރާރަށް ރަޝިޔާ، ޗައިނާ އަދި އަލްޖީރިއާ އިން ދެކޮޅު ހެދުމުން މަރުހަބާކިޔައި އެކަން ބަލައިގަންނަން،" ހަމާސް އިން ނެރުނު ބަޔާނުގައި ބުންޏެވެ.
ހަމާސް އިން ބުނީ އެމެރިކާގެ ގަރާރުގެ ބަހުރުވަ ހުރީ އިޒްރޭލާ އެއްކޮޅަށް ކަމަށާއި އެއީ ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ފޮރުވައިދޭން ހުށަހެޅި ގަރާރެއް ކަމަށެވެ.
ސަލާމަތީ މަޖިލީހުގައި މިހާރު ހިމެނޭ އަރަބި ހަމައެކަނި ގައުމު ކަމަށްވާ އަލްޖިރިއާ އިން ވެސް ގަރާރަށް ދެކޮޅު ހެދީ އޭގައި އިބާރާތްތައް ހުރި ގޮތުންނެވެ. އަދި އެ ގައުމުން ވަނީ އިޒްރޭލާ ދެކޮޅަށް މިއަށްވުރެ ހަރުކަށިކޮށް މިހާރު އެކުލަވާލަމުން ގެންދާ ގަރާރެއް ކޯ-ސްޕޮންސާކޮށްފަ އެވެ. އެކަމަކު ހޮނިހިރު ދުވަހު އެ ގަރާރަށް ވޯޓު ނަގާއިރު އެމެރިކާއިން އެ ގަރާރު ވީޓޯކޮށް ފެއިލްކޮށްލާނެ ކަމަށް ބެލެވެ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވަނީ ގަރާރު ވީޓޯކުރުމުން ރަޝިޔާ އާއި ޗައިނާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ގަރާރަށް ބޮޑު ތާއީދެއް އޮތް ކަމަށާއި މުޅި ދުނިޔެއިން ވެސް އެދެނީ ވީހާ އަވަހަކަށް ހަމަލާތައް ހުއްޓުވޭނެ ގޮތެއް ކަމަށެވެ. -- އޭއެފްޕީ
އަމިއްލަ ދިފާއުގެ ހައްގު އިޒްރޭލަކަށް ނެތް: ރަޝިޔާ
ހަމަލާތައް މެދުކަނޑައިލުމުގެ ގަރާރަކަށް ވޯޓު ނަގަނީ
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
އިޒްރޭލުގެ އުދުވާން ހުއްޓުވުމަށް ގުޓަރޭސް ގޮވާލައްވައިފި
ހަމަލާތައް ހުއްޓައިލުމުގެ ގަރާރެއް ފާސްކޮށްފި
ސަލާމަތީ މަޖިލިސް އަނެއްކާ ބައްދަލު ކުރަނީ
ހަމާސް އިން ހަމަލާ ދިނީ ކަމަކާ ނުލައެއް ނޫން: އދ
އަގްސާ ތޫފާން: އދ.ގެ އާންމު މަޖިލިސް އެއްވަނީ