އިޒްރޭލު ސިފައިން ފަލަސްތީނުގެ ގާޒާގައި މިހާރު ކުރަމުންދާ ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމެއް މިއަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައި، އެކަން މެމްބަރު ގައުމުތަކުގެ މަންދޫބުންނަށް އިއްޔެ އަންގައިފި އެވެ.
އިޒްރޭލު ސިފައިން ފަލަސްތީނުގެ ގާޒާގައި މިހާރު ކުރަމުންދާ ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމެއް މިއަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައި، އެކަން މެމްބަރު ގައުމުތަކުގެ މަންދޫބުންނަށް އިއްޔެ އަންގައިފި އެވެ.
އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ފަރާތުން މެމްބަރު ގައުމުތަކަށް ފޮނުއްވި ދެންނެވުމުގައި ބުނެފައިވަނީ ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލަށް ދިން ހަމަލާތަކާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، އަންނަ ބުރާސްފަތި ދުވަހު އާންމު މަޖިލިސް ބައްދަލުކުރާނެ ކަމަށެވެ.
އާންމު މަޖިލީހުގެ ބައްދަލުވުމެއް މި ބާއްވަނީ، އިޒްރޭލު-ހަމާސް ހަނގުރާމައާ ބެހޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހަށް ބްރެޒިލްގެ ފަރާތުން ހުށަހެޅި ގަރާރު، އެމެރިކާގެ ވީޓޯ އިން ފެއިލްކޮށްލާފައިވަނިކޮށެވެ. އެ ހަނގުރާމައާ ބެހޭ ގޮތުން އާންމު މަޖިލީހުގެ ބައްދަލުވުމެއް މިފަހަރު މި ބާއްވަނީ، އަރަބި ގައުމުތަކުގެ ފަރާތުން ޖޯޑަން އަދި، ރަޝިޔާ އާއި ސީރިޔާގެ އިތުރުން ބަނގްލަދޭޝް އާއި ވިއެޓްނާމުން، އާންމު މަޖިލީހުގެ ރައީސް، ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ސަފީރު ޑެނިސް ފްރެންސިސް އަށް ރަސްމީކޮށް ހުށަހެޅުމާ ގުޅިގެންނެވެ.
♦Israeli warplanes completely destroyed Al Zahra City in Gaza during the ongoing Israeli barbaric aggression against the besieged Gaza Strip.#FreePalestine #Gaza_Genocide #GazaUnderAttack pic.twitter.com/TGvX30CB32
— وكالة شهاب للأنباء (@ShehabAgency) October 24, 2023
ގާޒާގެ ހަނގުރާމަ ފެށުމާއެކު، މި މައްސަލައިގައި އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް އެންމެ ފުރަތަމަ ބޭއްވީ އެމެރިކާ އިން ހުށަހެޅި ގަރާރަކާ މެދު ގޮތެއް ނިންމުމަށް، މި މަހުގެ 8 ވަނަ ދުވަހު އެވެ. ފަލަސްތީނުގެ ހަމާސް ޖަމާއަތް ކުށްވެރި ކޮށް، އަމިއްލަ ނަފްސުގެ ދިފާއުގައި ހަނގުރާމަ ކުރުމުގެ ހައްގު އިޒްރޭލަށް ލިބިގެންވާ ކަމަށް ބުނެ ހުށަހެޅި އެ ގަރާރަށް ރަޝިޔާ ދެކޮޅު ހެދުމުން އެ ގަރާރު ފާހެއް ނުވި އެވެ.
އޭގެ ފަހުން، ރަޝިޔާ އިން ހުށަހެޅި ގަރާރަކަށް މި މަހުގެ 16 ވަނަ ދުވަހު ބަހުސްކުރުމަށް ފަހު، އެކަށީގެންވާ ތާއީދު ނުލިބުމުން އެ ގަރާރު ވެސް ފެއިލްވީ އެވެ. ފަލަސްތީނަށް ބުރަވާ ގޮތަށް އޮތް އެގަރާރަށް ސަލާމަތީ މަޖިލީހުގެ 15 މެމްބަރުންގެ ތެރެއިން ތާއީދުކުރީ އެންމެ ފަސް މެމްބަރުންނެވެ.
އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް ހުއްޓާލައި، ގާޒާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީގެ ސާމާނު ފޮނުވުމުގެ މަގު ފަހިކޮށްދިނުމަށް ގޮވާލައި، ބްރެޒިލްގެ ފަރާތުން މި މަހުގެ 18 ވަނަ ދުވަހު ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ވެސް، އެމެރިކާ ވީޓޯކޮށް ފެއިލްކޮށްލި އެވެ.
The US has just vetoed a Brazil-sponsored resolution in the UN Security Council to facilitate humanitarian aid to Gaza. Biden is becoming equally responsible for the genocide of 2.3 million Palestinians in Gaza. pic.twitter.com/zLh7rCk7be
— Ashok Swain (@ashoswai) October 18, 2023
ބްރެޒިލްގެ ފަރާތުން ހުށަހެޅި މި ގަރާރު ފާސްކުރުމަށް، ސަލާމަތީ މަޖިލީހުގެ ޖުމްލަ 15 މެމްބަރުންގެ ތެރެއިން 12 މެމްބަރުން ވޯޓު ދިނެވެ. އެއީ ދާއިމީ ފަސް މެމްބަރުންގެ ތެރެއިން ޗައިނާ އާއި ފަރަންސޭސި ވިލާތުގެ އިތުރުން، ދާއިމީ ނޫން 10 މެމްބަރުން ކަމަށްވާ، އަލްބޭނިޔާ، ބްރެޒިލް، އިކުއެޑޯ، ގަބޯން، ގާނާ، ޖަޕާން، މޯލްޓާ، މޮޒަމްބީކް، ސްވިޓްޒަލޭންޑް އަދި އެމިރޭޓްސް އެވެ. ދާއިމީ ފަސް މެމްބަރުންގެ ތެރެއިން ރަޝިޔާ އާއި އިނގިރޭސި ވިލާތް މި ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.
ގާޒާ ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިއަދު ވެސް ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. މިއަދުގެ ބައްދަލުވުން ފެށޭނީ ރާއްޖޭ ގަޑިން މިރޭ 7:00ގަ އެވެ.
ހަމާސް އާއި އިޒްރޭލާ ދެމެދު ގާޒާގައި ހިނގަމުންދާ ހަނގުރާމަ އަށް 18 ދުވަސް ވެގެން ދިޔަ އިރު، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު ވަނީ 5080 އަށް ވުރެ މަތިވެފަ އެވެ. ގާޒާ އިން ޝަހީދުވި މީހުންގެ ތެރޭގައި 2050 އަށް ވުރެ ގިނަ ކުޑަކުދިންނާއި 1120 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.
He can't speak anymore,can't stop shaking! Before war,91%of Gaza's kids had PTSD symptoms,71% had depression signs Israel's actions harm kids for life, creating more hatred,despair,and violence.Peace seems elusive.#IsraeliNewNazism#Save_children_of_Palestine #Gaza_Genocide pic.twitter.com/0xfGXPXWPh
— أبوعمار (@abuemar2) October 24, 2023
އިޒްރޭލުގެ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެ، ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ފުނފުނޑުވެގެން ދިއުމުގެ ސަބަބުން ގެއްލިފައިވާ މީހުންގެ އަދަދު ވަނީ 1500 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 830 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.
މި ހަނގުރާމައިގައި ގާޒާ އިން ޒަޚަމްވި މީހުންގެ އަދަދު މިހާރު ވަނީ 15200 އަށް ވުރެ މަތިވެފަ އެވެ. ދިރިނުއުޅެވޭ ވަރަށް ބިމާ ހަމަކޮށްލި އިމާރާތްތަކުގެ އަދަދު 20000 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ އިމާރާތްތަކުގެ އަދަދު ވަނީ 181000 އަށް އަރައިފަ އެވެ. ގެދޮރު ސުންނާފަތިވުމުގެ ސަބަބުން، ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 1.5 މިލިއަނަށް (ގާޒާގެ އާބާދީގެ 70 އިންސައްތަ) އަރައިފަ އެވެ.
Residents attempt to retrieve the body of a Palestinian still buried under the debris of his destroyed home in Gaza. Hundreds of bodies are still buried under the debris.#PalestineGenocide #فلسطين_الان #مستشفى_القدس #غزة_تستغيث #IsraelTerorrist #Gaza_Genocide #Israel pic.twitter.com/KIoOMryfWd
— The Muslim (@TheMuslim786) October 24, 2023
ގާޒާގައި ހުންނަ ފަލަސްތީނު ސަރުކާރުގެ 72 އޮފީސް އިމާރާތެއް ވަނީ ހަލާކުކޮށްލައިފަ އެވެ. 177 މަދަރުސާ އަށް ގެއްލުން ލިބިފައިވާ އިރު، އޭގެ ތެރެއިން 32 މަދަރުސާއެއް ވަނީ އަލުން އިމާރާތްކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ވަރަށް ސުންނާފަތިކޮށްލައިފަ އެވެ. އޭގެ އިތުރުން 32 މިސްކިތެއް ގޮއްވާލައި ނަޞާރާއިންގެ ތިން ފައްޅިއަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 23 އެމްބިއުލާންސެއް، ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ އިރު، ހަތް ހޮސްޕިޓަލެއް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ސަލާމަތުން ހުރި ހޮސްޕިޓަލުތަކުގައި ވެސް، ކަރަންޓާއި ފެން ލިބެން ނެތުމުން، އެކަށީގެންވާ ގޮތުގައި ފަރުވާ ދެވޭނެ އިންތިޒާމެއް ނެތެވެ.
އޭގެ އިތުރުން ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން ހިންގާ އުދުވާންތަކުގައި، މިދިޔަ 16 ދުވަސް ތެރޭގައި ޝަހީދުކޮށްލި ފަލަސްތީނުގެ މީހުންގެ އަދަދު ވެސް މިހާރު ވަނީ 110 އަށް އަރައިފަ އެވެ.
އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި އިޒްރޭލުން ފެށި ހަނގުރާމައިގަ އެވެ.
އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1500 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 308 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ 200 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި
އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް
ޣައްޒާގެ އާންމުން މެރުމަށް އެމެރިކާގެ އިތުރު ހަތިޔާރު
އިޒްރޭލުގެ އުދުވާން ހުއްޓުވުމަށް ގުޓަރޭސް ގޮވާލައްވައިފި
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި
އިޒްރޭލު މީހުން ބަރޯސާވަނީ އަބޫ އުބައިދާގެ ވާހަކައަށް
އިޒްރޭލުން ބިސްމަޅި ދުއްވާ ސިންވާރަކީ ކާކު؟
ނަތަންޔާހޫ އެ ތަކުރާރުކުރަނީ ނާޒީންގެ އަމަލުތައް