ގިނައިރު ކޮޅަށް ހުރުމަށް ދަތިވާ، ސިއްހީ މައްސަލައަކާ ހެދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިމާމުވެ ތަރާވީހު ނަމާދުކުރުން މިރެއިން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައްވައިފި އެވެ.
23 މާޗް 2024
ގިނައިރު ކޮޅަށް ހުރުމަށް ދަތިވާ، ސިއްހީ މައްސަލައަކާ ހެދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިމާމުވެ ތަރާވީހު ނަމާދުކުރުން މިރެއިން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައްވައިފި އެވެ.
ރޯދަ މަސް ފެށުނީއްސުރެ ޝަހީމް އިމާމުވެ ތަރާވީހް ނަމާދު ކުރައްވަމުން ގެންދެވީ ހުޅުމާލޭ ރަޝީދު މިސްކިތުގަ އެވެ.
ފޭސްބުކްގައި ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގިނައިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްހީ ސަބަބެއް މެދުވެރިވެގެން އިމާމުވެ ތަރާވީހު ނުކުރައްވަން ނިންމެވީ ޑޮޮކްޓަރުން ލަފާގެ މަތިން ކަމަށެވެ. އެކަމަކު ދިމާވީ ކޮން ސިއްހީ މައްސަލައެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
އެ ޕޯސްޓުގައި ޝަހީމް ވަނީ ވަރަށް އަވަހަށް ސާޖަރީއަކަށް ދާނެތީ، އާންމުންގެ ހެޔޮ ދުއާއަށް ވެސް އެދިވަޑައިގެންފަ އެވެ. އަދި ފަރުވާގެ ކަންކަން ފުރިހަމަވުމުން އަލުން އަނބުރާ އިމާމުވެ، ނަމާދުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އަވަސް ސާޖަރީއަކަށް ދާތީވެ އެންމެހާ ލޮބުވެތި އަހުންނާއި އުހުތުންގެ ހެޔޮ ދުއާއަށް އެދެން،" މިނިސްޓަރުގެ ޕޯސްޓުގައިވެ އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އިމާމުކަމަކީ ކުޑައިރުން ފެށިގެން ވެސް ވަރަށް ލޯތްބާއި ޝައުގުވެރިކަމާ އެކު ކުރައްވާ ހިތުން ކުރައްވާ ކަމެކެވެ. އެކަމަކު ސިއްހީ ހާލަތާ ގުޅިގެން އިމާމުކަން ކުރުން ވަގުތީ ގޮތުން ހުއްޓަވާލަން ނިންމެވިއިރު މިހާރު މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ގިނަ އަދަދެއްގެ ޒުވާނުންދަނީ ތަރާވީހް ނަމާދު އިމާމުވެ ކުރަމުންނެވެ.
އިމާމުވެ ނަމާދުކުރަން 12އަހަރުގެ ކުދިންނަށް ހުއްދައެއް
މާލޭގައި ދަމު ނަމާދުކުރާނީ 32 މިސްކިތެއްގައި
އިމާމުވެ ތަރާވީސްކުރާނީ ގުރުއާން ހިތުދަސް ދެބެއިން
ފައިސާ ދެއްކިފަހުން އުމްރާއަށް ނުގެންދެވޭކަން އަންގައިފި
ހާފިޒުން ދަސްވެނިވުމުގެ ހަފުލާ ކުލަގަދަކޮށް 27 ގައި
އާ ޑިޒައިންތަކަކަށް ހަ ރަށެއްގައި މިސްކިތްތައް އަޅަނީ
މިހާތަނަށް ޖޫރިމަނާ ދެއްކީ 3 ކުންފުނިން: މިނިސްޓްރީ
އުމްރާއަށް ދިޔަ 24 މީހަކު ރާއްޖެ ނާދެވިފައި
ކިޔަވަން ޒަކާތު ފަންޑުން އެހީ ދޭ ގޮތްތައް އިތުރުކޮށްފި
ޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ، މިއީ ރިކޯޑެއް