Roadha Mihaaru

ހުމެއް ނުފިލި، އަދިވެސް އިތުރުވަނީ

ވައިރަލް ހުން ޖެހިގެން ރިޕޯޓު ކުރާ މިންވަރު އިތުރުވަމުންދާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ހުމެއް ނުފިލި، އަދިވެސް އިތުރުވަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

25 މާޗް 2024

ވައިރަލް ހުން ޖެހިގެން ރިޕޯޓު ކުރާ މިންވަރު އިތުރުވަމުންދާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެ އެޖެންސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުން ޖެހިގެން މިދިޔަ މަހާ އަޅާބަލާއިރު، މި މަހުގެ މިހާތަނަށް ރިޕޯޓުކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން، މިދިޔަ މަހު 4،956 ކޭސް ރިޕޯޓުކުރިއިރު، މިދިޔަ މަހުގެ މިހާތަނަށް 6،225 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވައިރަލް ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ހދ، ލ. އަދި ގދ. އަތޮޅުންނެވެ.

އެޗްޕީއޭއިން ވަނީ އަރިދަފުސް ރޯގާ އަދި ނޭވާލާ ނިޒާމް ފަދަ ބަލިތަކުން ރައްކާތެރިވުމަށް ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ނުފޮނުވަން އެދިފަ އެވެ. އޭގެ އިތުރުން، ހުން އައިސް ރޯގާގެ އަލާމަތްތައް ހުންނަ ނަމަ ސްކޫލަށް ނުފޮނުވުމާއި ކެއްސައި ކިނބިހި އަޅާއިރު މާސްކް އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.