Roadha Mihaaru
އިރުފާން އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދަށް

72 ކިލޯ ޑްރަގް މައްސަލަ: އިރުފާން އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދަށް

26 މާޗް 2024

ރާއްޖެ އެތެރެކުރި 72 ކިލޯ ޑްރަގް މައްސަލާގައި ދައުވާލިބޭ އިރުފާން ތަގިއްޔު ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު އޭނާ އަލުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ޑިސެމްބަރު، 2020 ގައި ކަނޑުމަގުން އެތެރެކުރި 72 ކިލޯގެ ޑްރަގް މައްސަލާގައި ދައުލަތުން ދައުވާކުރާ އިރުފާން ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ފަހުކޮޅު ބަންދުން ދޫކޮށްލި އެވެ. ނަމަވެސް ދާދިފަހުން ސުޕްރީމް ކޯޓުން ވަނީ އެ ނިންމުން ގާނޫނާ ހިލާފް ކަމަށް ހުކުމްކޮށްފަ އެވެ.

އިރުފާން އަލުން ހައްޔަރުކުރީ ސުޕްރީމް ކޯޓުގެ އެ ހުކުމާ ގުޅިގެން، އިރުފާން އަލުން ބަންދުކުރަން ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުމުންނެވެ.

އިރުފާން ދޫކޮށްލި މައްސަލާގައި ސުޕްރީމް ކޯޓުން ވަނީ ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖާ ކުރުމާ ބެހޭ އުސޫލު އިތުރަށް ހަރުކަށިކޮށް، ވަރުގަދަ އުސޫލުތަކެއް ކަނޑައަޅައިފަ އެވެ. އެގޮތުން ބަންދުން ދޫކޮށްލާއިރު އަސްލު މައްސަލާގެ ހެކިތަކާ ގުޅޭގޮތުން ދެކޭ ގޮތް ހާމަ ނުކުރެވޭނެ ކަމަށް ވަނީ ނިންމައިފަ އެވެ.

އެ މައްސަލާގައި އިރުފާންގެ އިތުރުން އިތުރު ބަޔަކަށް ވެސް ދައުވާކުރި އެވެ. ނަމަވެސް އިރުފާނަކީ އެ މައްސަލާގެ އެންމެ އިސް މީހާ ކަމަށް ފުލުހުން ތުހުމަތު ކުރާ މީހާ އެވެ.