Roadha Mihaaru
ސްވިމިންގެ ބަޖެޓުން 34 މިލިއަން ޕޫލް ޕްރޮޖެކްޓަށް

ސްވިމިން އެސޯސިއޭޝަނަށް 40 މިލިއަނުގެ ބަޖެޓެއް، 34 މިލިއަން ސްވިމިން ޕޫލް ޕްރޮޖެކްޓަށް

27 މާޗް 2024

ސްވިމިން އެސޯސިއޭޝަނަށް، މިއަހަރު 40.9 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.

ސްވިމިން އެސޯސިއޭޝަނަށް، މިއަހަރު 40.9 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.

އޭގެ ތެރެއިން 34.2 މިލިއަން ރުފިޔާ ހާއްސަކޮށްފައި އޮލިމްޕިކް ސްޓޭންޑަޑަށް ހަދާ ސްވިމިން ޕޫލް ޕްރޮޖެކްޓަށެވެ.

އެސޯސިއޭޝަނުގެ އެހެން މަސައްކަތްތަކަށް މި އަހަރުގެ ބަޖެޓުން ހާއްސަކޮށްފައި ވަނީ 6.7 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރުގެ ބަޖެޓުން ވެސް 10 މިލިއަން ރުފިޔާ، ސްވިމިން ޕޫލް ޕްރޮޖެކްޓަށް ހާއްސަ ކުރި އެވެ. އެއީ އެޑްވާންސް ފައިސާ ދެއްކުމަށް ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

ސްވިމިން ޕޫލް އެޅުމަށް ހުޅުމާލެ ދީފައިވާ ބިން މިހާރު ވަނީ ހުސްކޮށްފަ އެވެ. ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސާއާ ޖެހިގެން އޮތް ބިން، އެސޯސިއޭޝަނުގެ ބެލުމުގެދަށަށް އެއްކޮށް ލިބުނީ ޖެނުއަރީ މަހު އެވެ.

އެތަން ކޮނުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ސްވިމިން އެސޯސިއޭޝަނުން ބުނީ މަސައްކަތް ރަސްމީކޮށް ފެށުމަށް ރަސްމިއްޔާތެއް ބާއްވާނެ ކަމަށެވެ.