ފްރާންސްގައި މިސްކިތްތަކުގެ ހުރުމަތް ކެނޑުން އާންމުވެ އެ މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.
ފްރާންސްގައި މިސްކިތްތަކުގެ ހުރުމަތް ކެނޑުން އާންމުވެ އެ މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.
އެ ގައުމުގެ ޕްރޮސިކިއުޓަރަކު ވިދާޅުވީ މިދިޔަ ހަފްތާތަކުގައި އެކި ސަރަހައްދުތަކުގައި ވަނީ މިސްކިތްތަކުގެ ހުރުމަތް ކެނޑޭ ފަދަ އެކި އަމަލުތައް ހިންގާފައި ކަމަށެވެ. މައްސަލަ ތަހުގީގުކުރުމަށް އަމުރުކުރީ މިސްކިތެއް ކައިރީގައި އޫރެއްގެ ބޯ ބާއްވާފައި އޮއްވައި ފެނުމާ އެކުގަ އެވެ.
ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ގެރާލްޑް ޑާމަނިން ވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި މިއީ ބަލައިގަނެވޭނެ އަމަލުތައް ނޫން ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މިއީ މުސްލިމުން ރުޅިއަރުވައި ހަމަނުޖެހުމަށް މަގުފަހިކުރުވަން ހިންގާ އަމަލުތަކެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.
ޑާމަނިން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ވެސް ދެ މިސްކިތަކަށް ގެއްލުންދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ހަފްތާ ބަންދުގައި ވެސް ތިން ސަރަހައްދެއްގައި، މިސްކިތަކަށް ގެއްލުން ދިނުމާއި ހުރުމަތްކެނޑުމުގެ އެކި އަމަލުތައް ހިންގާފައިވާ ކަމަށެވެ.
"މުސްލިމުންނަށް އަމާޒުކޮށް ހިންގި މި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ރަމަޟާން މަސް ތެރޭ ހިންގި މި އަމަލު ކުށްވެރިކުރައްވަމުން އިންޓީރިއާ މިނިސްޓަރު އެކްސްގައި ވިދާޅުވި އެވެ. -- އޭއެފްޕީ
ފަރަންސޭސި ސްކޫލްތަކުގައި އަބާޔާ މަނާކުރަނީ
މާޔޫސްވުމުން ދުރުވާން އީމާންތެރިކަން ވަރުގަދަކުރުން
މުސްލިމުންގެ ސަގާފަތާހިލާފު ކަންކަމާ ދުރުވާންޖެހޭ:ރައީސް
އިސްލާމީ އަދަބުތަކަށް ދެމަފިރިން އެކަކު އަނެކަކަށް ބާރުއެޅުން
ހައްގުތައް ކަށަވަރުކުރާނީ ދީނާ ފުށުނާރާ ގޮތަށް: އޭޖީ
ދީން: އިގުތިސާދީ ފުރުސަތުތައް ހަމަހަމަވާން ޖެހޭ
އިސްލާމީ ނަޒަރުން ސޯޝަލް މީޑިއާގެ އަހުލާގަކީ ކޮބާ؟
ދެބަސްވާ ހިނދު ދެމަފިރިން ދަމަހައްޓަން ޖެހޭ މިންގަނޑުތައް
އިސްލާމީ ނަޒަރުން "ސުމޭކީ ދުޅަހެޔޮކަން"
އިސްލާމީ ވިސްނުމާއި ސުލޫކުން ނަފުސާނީ ދުޅަހެޔޮކަން ހޯދުން