03 އެޕްރީލް 2024
އިގްތިސާދީ ކާރިސާގެ ސަބަބުން ސްރީ ލަންކާއަށް ކުރިމަތިވި ހާލަތު ބަދަލުވެ އިގްތިސާދަށް މި އަހަރު ތެރޭ ކުރިއެރުން އަންނަން ފަށާނެ ކަމަށާއި އެކަމަކު ރައްޔިތުންގެ ތިންބައިކުޅަ އެއްބައި މީހުން ފަގީރުކަމުގައި ދެމިތިބޭނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.
އިގްތިސާދީ ކާރިސާގެ ސަބަބުން ސްރީ ލަންކާއަށް ކުރިމަތިވި ހާލަތު ބަދަލުވެ އިގްތިސާދަށް މި އަހަރު ތެރޭ ކުރިއެރުން އަންނަން ފަށާނެ ކަމަށާއި އެކަމަކު ރައްޔިތުންގެ ތިންބައިކުޅަ އެއްބައި މީހުން ފަގީރުކަމުގައި ދެމިތިބޭނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.
ލަންކާއަށް 2022 ވަނަ އަހަރު ކުރިމަތިވި، އެންމެ ބޮޑު އިގްތިސާދީ ދަތިކަމުގެ ސަބަބުން ބޭރު ފައިސާ ހުސްވެ، ކާބޯތަކެއްޗާއި ތެލާއި ބޭހުގެ ދަތިކަން ބޮޑުވުމުން އާންމުން ފެށި މުޒާހަރާތަކުގެ ސަބަބުން ރައީސް އިސްތިއުފާ ދެއްވަން މަޖުބޫރުވި އެވެ.
އެ އަހަރު ލަންކާގެ އިގްތިސާދު 7.3 ޕަސެންޓް ދަށަށް ގޮސް އަދި މިދިޔަ އަހަރު އިތުރު 2.3 ޕަސެންޓް ދަށަށް ދިޔަ އެވެ.
ވޯލްޑް ބޭންކުން އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ލަންކާގެ ޖީޑީޕީ މި އަހަރު ހަމައަކަށް އެޅޭނެ ކަމަށާއި 2.2 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެކަމަކު މި އަންނަ ކުރިއެރުމުގެ ނަތީޖާ ގިނަ ބަޔަކަށް އިހްސާސް ނުވާނެ ކަމަށް ބޭންކުން އިންޒާރު ދިނެވެ.
ސްރީ ލަންކާގެ 5.5 މިލިއަނަށް ވުރެ ގިނަ މީހުން -- ނުވަތަ އެގައުމުގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން އުޅެން ޖެހޭނީ ފަގީރުން ކަމުގައި ބަލާ މިންގަނޑު، ދުވާލަކު 3.65 ޑޮލަރަށް ވުރެ ކުޑަ އާމްދަނީއެއްގައި ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.
މި ނިސްބަތް، އިގްތިސާދު އިނދަޖެހުމުގެ ކުރިން 2019 ވަނަ އަހަރު ހުރީ 11.3 ޕަސެންޓުގަ އެވެ.
"އިގްތިސާދީ ގޮތުން ލިބޭ ކުޑަ ކުރިއެރުމަކުން، އިގްތިސާދީ ކާރިސާގައި ދަށްވި އާންމު ހާލަތު ކުރިން އޮތް މިންވަރަކަށް ބަދަލެއް ނުކުރެވޭ،" ރިޕޯޓްގައިވެ އެވެ.
އަދި 2026 ވަނަ އަހަރާ ހަމައަށް ފަގީރުކަމުގެ ނިސްބަތް 22 ޕަސެންޓަށް ވުރެ މަތީގައި އޮންނާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
ވޯލްޑް ބޭންކުން ބުނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހު 46 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ޑިފޯލްޓުވެފައި ވާއިރު ލަންކާގެ މި ދަރަނިތައް "ވަރަށް ބޮޑަށް" ރީސްޓްރަކްޗާކުރަންޖެހޭނެ ކަމަށެވެ.
ޓެކްސް ބޮޑުކޮށް ހަކަތައިގެ ސަބްސިޑީ ކުޑަކުރުމަށް ފަހު ލަންކާއިން އިން ވަނީ 2023 ވަނަ އަހަރުގެ ކުރީކޮޅު އައިއެމްއެފްގެ 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓެއް ހޯދައިފަ އެވެ. އެއާ އެކު ލަންކާއިން އަންނަނީ ދަރަނި ދެއްކުމުގައި ލުއި ގޮތްތައް ހޯދަން ޗައިނާ އާއި މާލީ އިދާރާތަކާ މަޝްވަރާކުރަމުންނެވެ. -- އޭއެފްޕީ
ލަންކާގެ އިގްތިސާދަށް 4.4 ޕަސެންޓުގެ ކުރިއެރުމެއް
ވޯލްޑް ބޭންކުން ދިން 160 މިލިއަން ޑޮލަރު ލަންކާ އަށް
ޗައިނާގެ އިގްތިސާދު މަޑުޖެހި، ޔޫރަޕަށް ކުރިއެރުން
64 ބިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކާފައިި
ޖަޕާނުން އަލުން ލަންކާއަށް އެހީދޭން ފަށައިފި
ލަންކާގެ ބޮންޑުން 28 ޕަސެންޓް އުނިކޮށްދެނީ
ދަރަނި އެކުލަވާލުމުން ލަންކާއަށް ފަސް ބިލިއަން ފައިދާ
ކާބޯތަކެތީގެ އަގު ލަންކާގައި އަނެއްކާވެސް މައްޗަށް
ޗައިނާއިން ވެސް ލަންކާގެ 4 ބިލިއަނުގެ ލޯނަށް ލުޔެއް
"ހަމައެކަނި އިގްތިސާދު ކުރިއަރައިގެން ހާލަތު ރަނގަޅު ނުވާނެ"