Roadha Mihaaru
ޕްރޮފެސަރު އާއިލާ ގާޒާއިން ނެރުމަށް ފައިސާ ހަވާލުކޮށްފި

ޕްރޮފެސަރުގެ އާއިލާ ގާޒާ އިން ނެރުމަށް ބޭނުންވާ ފައިސާ ހަވާލުކޮށްފި

07 އެޕްރީލް 2024

ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގައި އަރަބި މާއްދާ ކިޔަވައި ދެއްވާ ޕްރޮފެސަރު ޑރ. ހަސަން އަލް ކޯދީގެ އާއިލާ ގާޒާ އިން ނެރުމަށް ކުރަން ޖެހޭ ހަރަދުތައް ކުރުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން އޭނާ އަށް ފައިސާ ހަވާލުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގައި އަރަބި މާއްދާ ކިޔަވައި ދެއްވާ ޕްރޮފެސަރު ޑރ. ހަސަން އަލް ކޯދީގެ އާއިލާ ގާޒާ އިން ނެރުމަށް ކުރަން ޖެހޭ ހަރަދުތައް ކުރުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން އޭނާ އަށް ފައިސާ ހަވާލުކޮށްފި އެވެ.

މިދިޔަ އޮކްޓޫބަރު 7 ގައި ފެށި ހަނގުރާމައާ ގުޅިގެން އޭނާގެ އާއިލާ ގާޒާގައި ތާށިވެ، އެ މީހުން އެ ތަނުން ނެރެދިނުމަށް އެހީވުމަށް ހަސަން ވަނީ އައިއޭސީގައި އެދިފަ އެވެ. އެހެންވެ، އެ މީހުން އެތަނުން ނެރުމަށް މަސައްކަތް ކުރާނެ ކަމަށް އެ ޖަމިއްޔާ އިން ވެސް އޮތީ އޭނާ އަށް އަންގައިފަ އެވެ.

އައިއޭސީ އިން އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނީ، ޑޮކްޓަރުގެ އާއިލާ ގާޒާ އިން ނެރުމަށް ކުރަންޖެހޭ ހަރަދުތަކަށް ދައްކަން ޖެހޭ ފައިސާ މިހާރު އޭނާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ޖަމިއްޔާ އިން ބުނި ގޮތުގައި އާއިލާ މިސްރަށް ގެންދިއުމަށް ފަހު، އެ މީހުން ރާއްޖެ އަށް ގެނައުމަށް ކުރަންޖެޙޭ ހަރަދުތައް ވެސް އައިއޭސީ އިން ކުރާނެ އެވެ.

"އުއްމީދަކީ އަދި ދުއާއަކީ ޑޮކްޓަރުގެ އާއިލާ ސަލާމަތުން ހެޔޮހާލުގައި ވީ އެންމެ އަވަހަކަށް ދިވެހިރާއްޖެ ގެނެވުން،" އެ ޖަމިއްޔާ އިން ބުންޏެވެ.

ހަސަންގެ އަންބަކާއި އުމުރުން 20-13 އަހަރާ ދެމެދުގެ ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިން ތިބެ އެވެ. އެ އެންމެން ވެސް ތިބީ ހަނގުރާމައާ ގުޅިގެން ގާޒާގައި ތާށިވެފަ އެވެ.

އެ މީހުން އެ ތަނުން ނެރުމަށް ބޮލަކަށް 10،000 ޑޮލަރު ދައްކަން ޖެހޭއިރު، އޭނާ އެހީ އަށް އެދިފައި ވަނީ ލިބުނު އެއްޗަކުން ގެދޮރު ބިނާކުރަން ޖެހުމުން އަތުގައި ފައިސާ ނެތިގެންނެވެ.

އައިއޭސީގެ އެހީއަށް އެދުމުން އެ ޖަމިއްޔާ އިން ވަނީ މިދިޔަ މަހުގެ 18 ގައި އެ އާއިލާއަށް ކާބޯތަކެތީގެ އެހީ ވެސް ފޯރުކޮށްދީފަ އެވެ.

ރާއްޖޭގައި މަސައްކަތް ކުރާތާ 8 އަހަރު ވެފައިވާ ހަސަންގެ އާއިލާ 2018 ގައި ރާއްޖެ އަށް އަ އެވެ. އެކަަމަކު އެ އާއިލާ އިން 2019 ގެ ފަހުކޮޅު އެނބުރި ގާޒާއަށް ދިޔަތަނާހެން ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކުރުމުން ގައުމުގައި ތާށިވީ އެވެ. އެންމެ ފަހުން އެންމެ ދޮށީ ދެ ކުދިން މަތީ ތައުލީމު ހާސިލުކުރަން ފެށުމުން އަނބުރާ ނުގެނެސް މަޑުކުރީ އެވެ.

އެކަމަކު އެ ހަނގުރާމައިގައި އެމީހުންގެ ގެ ވެސް ހަލާކުވެ، ހަސަން މިހާރު ބޭނުންވަނީ އާއިލާއާ އެކު ރާއްޖެގައި އުޅޭށެވެ.