Roadha Mihaaru
ކުދި ދޯނިތަކެއްގައި ވަސީމް ކުރާ ޝައުގުވެރި ދަތުރު

ފޮޓޯ ސްޓޯރީ: ކުދި ދޯނިތަކެއްގައި ވަސީމް ކުރާ ޝައުގުވެރި ދަތުރު

08 އެޕްރީލް 2024

ކުދި ދޯނިތަކެއްގައި އަހްމަދު ވަސީމް ކުރަނީ ވަރަށް ޝައުގުވެރި ދަތުރެކެވެ. ކުޑައިރު ފަންވަތުން ދޯނި ދުއްވުމަށް ފަހު ލަކުޑި ދޯންޏެއް ބޭނުންވެގެން އަމިއްލައަށް ހަދަން އުޅެގެން ދަސްވިއިރު އެކަންވީ އޭނާއަށް މޮޅަށް ކުރަން އެނގުނު ކަމަކަށެވެ.

ފަޔާޒް މޫސާ ފަޔާޒް މޫސާ

ލަކުޑިން ހަދާ ކުދި ދޯނިތަކުގައި އެކި ހިސާބުތަކަށް އޭނާ މިހާރު ފުރުވާލަނީ އޭނާއަށް ލިބިފައިވާ ވާޑާމުގެ ހުނަރުވެރިކަމެވެ.

ވަސީމް، 47، ބަންނަމުން ދާ ދޯންޏެއް: ށ. ފީވަކުގައި ހުރެގެން ހަދާ މި ދޯނިތައް ރާއްޖޭގެ އެކި އަތޮޅުތަކުގައި މިހާރު އެބަހުއްޓެވެ. ރާއްޖެ އައި ޓޫރިސްޓުން ވެސް ގަނެގެން ގެންދިޔަ އެވެ. އޯޑަރަށް ހަދައި ލަކުޑި ފޮއްޓެއްގައި ފޮނުވަން ތައްޔާރުކޮށްފައި ހުރި ބޮޑު ދޯންޏަކާއި އެކި ސައިޒުތަކުގެ ކުދި ދޯނިތައް އޭނާގެ ސިޓިން ރޫމްގައި އަތުރާފައި ހުއްޓެވެ. މިއީ ފޫހިވުމެއް ނެތި އޭނާ ކުރާ މަސައްކަތެވެ.

ކާނިއާރުން އޭނާ ބޭނުންވާ ބައްޓަން ހެޔޮވަރުވަންދެން ކޮށާލަކޮށާލައި އިނދެދާނެ އެވެ. އޭގެއިން އަތް ދޫކޮށްލާނީ ވަސީމް ބުނި ގޮތުގައި ރީތި ކުދި ދޯންޏެއް ހެދުމުންނެވެ.

ހަދާ ނިމިފައި ހުރި ދޯންޏެއްގެ ކުނބު ހަރުކުރުމުގެ މަސައްކަތްކުރަނީ: އޭނާ ބުނި ގޮތުގައި ވަރަށް ގަޔާވެގެން އޭނާ ހެދި ގިނަ ދޯނިތައް އެކި މީހުންގެ އަތުގައި ހުންނާނެ އެވެ. އެހެން ހިތަށް އެރިޔަސް އޭނާއަށް ހިތްހަމަޖެހުން ލިބެ އެވެ. ދޯނި ލިބުމުން ވަރަށް ގިނަ ބަޔަކު އޭނާއަށް ގުޅައި ރީތި ވާހަކަ ބުނެ އެވެ.

ދޯޯންޏެއް ނިންމުމަކީ ވަސީމް ބުނި ގޮތުގައި ވަރަށް މަސައްކަތެވެ.

ދޯނި ބަނުމަށް ވަސީމް ބޭނުން ކުރާ ބައެއް ލަކުޑީގެ މައުލޫމާތު ދެނީ: ވަސީމް ދޯނިތައް ހަދަނީ މޮޅު ލަކުޑި, ކާނި އާރުގަ އެވެ. އެއީ ގިނަ ދުވަސްތަކެއް ވަންދެން ހަލާކުވިޔަ ނުދީ ބެހެއްޓުމަށެވެ. އެކި ސައިޒުގެ ދޯނި އޭނާ ހަދަ އެވެ. ބޮޑު ދޯންޏެއް އޭނާ ވިއްކަނީ 25,000ރ. އަށެވެ. ކުދި ދޯނިތައް 7,500 ރ. އަށް ވިއްކަ އެވެ.

ވަސީމް ބަންނަމުން ދާ ދޯންޏެއްގައި ފަލިތައް ހަރުކުރަނީ: އޭނާ ހަދާ  ދޯނިތަކުން, ބޮއްކުރައިގައި ފަލި ޖަހައިގެން ދުއްވި ޒަމާނުން ފެށިގެން މިހާތަނަށް ދޯނިތަކަށް އައި ބަދަލު ވެސް ދައްކުވައިދެ އެވެ. ދޯނީގެ އިތުރުން ސުވެނިއާގެ ގޮތުގައި ބޭނުންކުރާ އެކި އެއްޗެހި ހަދަން ވެސް ވަސީމް މޮޅެވެ.

ނާށިން ހަދާފައި ހުރި ބައެއް ތަކެތި ވަސީމް ދައްކާލަނީ: ލަކުޑިންނާއި ނާށިން ވެސް އެ އެއްޗެހި ހަދަ އެވެ. ވިއްކަން ތައްޔާރުކޮށްފައި މިޔަރާއި ކޯމަހާއި މަޑި ފަދަ ގިނަ ތަކެތި ވެސް އޭނާގެ އަތުގައި ހުއްޓެވެ. މިތަކެތި 5 ޑޮލަރާއި 10 ޑޮލަރާ ދޭތެރޭގައި ވިކޭ ކަމަށް ވަސީމް ބުންޏެވެ.

ދޯނި ބަނުމުގެ މަސައްކަތް ވަސީމް ކުރަނީ: ދޯނި ހެދުމަކީ ވަރަށް ޝައުގުވެރިވެގެން ކުރާ ކަމަކަށް ވިޔަސް އޭނާގެ ރަސްމީ ވަޒީފާގައި އުޅެނީ މިސްކިތު މަސައްކަތު މީހަކަށެވެ. އެކަމަކު ހުސް ވަގުތުކޮޅެއް ލިބޭ އިރަށް އޭނާ އިންނާނީ ލަކުޑި ކޮށާލަ ކޮށާލަ އެވެ. ކުޑަ ދޯނިތަކެއްގައި ވަސީމް ފުރުވާލަނީ އޭނާގެ ހުނަރުވެރި ކަމެވެ.