09 އެޕްރީލް 2024
ސައުޕޯލޯ (ފެބްރުއަރީ 9) – ޕަލްމިއެރަސް އަށް ބްރެޒިލްގެ ސްޓޭޓް ލީގު ހޯދައި ދިނުމަށް ފަހު، އުމުރުން 17 އަހަރުގެ ފޯވާޑް އެންޑްރިކްގެ ފަސް ވަނަ ތަށި ހޯދައިފި އެވެ.
ސައުޕޯލޯ (ފެބްރުއަރީ 9) – ޕަލްމިއެރަސް އަށް ބްރެޒިލްގެ ސްޓޭޓް ލީގު ހޯދައި ދިނުމަށް ފަހު، އުމުރުން 17 އަހަރުގެ ފޯވާޑް އެންޑްރިކްގެ ފަސް ވަނަ ތަށި ހޯދައިފި އެވެ.
ދެން އޮތީ ރެއާލް މެޑްރިޑަށް ބަދަލުވުމެވެ. ރެއާލް އަށް އޭނާ ބަދަލުވާން އޭނާ އެއްބަސްވީ 2022 ގަ އެވެ. ނަމަވެސް އެ ޓްރާންސްފާ ލަސް ކުރީ 18 އަހަރު ނުފުރޭތީ އެވެ. މި އަހަރު ޖުލައި މަހު އޭނާ އަށް 18 އަހަރު ފުރޭނެ އެވެ.
ސްޓޭޓް ލީގުގެ ތައްޓަކީ، ޕަލްމިއެރަސް އަށް އޭނާ އަށް ހޯދައި ދެވޭނެ ފަހު ތައްޓެވެ.
އެކަމަކު ކާމިޔާބަށް ފަހު އެންޑްރިކް ބުނީ އޭނާ އަށް އަދި ވެސް އިހްސާސް ކުރެވެނީ ފުރަތަމަ ދުވަސްހެން ކަމަށެވެ.
"އަހަރެންނަށް ހީވަނީ މިއީ އަހަރެންގެ ފުރަތަމަ މެޗޭ، އަހަރެންގެ ފުރަތަމަ ފައިނަލޭ. އަހަރެންނަށް ރޮވުނީ. މި ހުރިހާ ކަމަކުން އަހަރެންގެ ދިރިއުޅުން، އަހަރެންގެ އާއިލާގެ ދިރިއުޅުން ބަދަލުވީ. އަހަރެން ވަރަށް ޝުކުރުވެރިވަން ޕަލްމިއެރަސްގެ މީހެއްގެ ގޮތުގައި އުޅެވުނީތީ އަދި އެކަމަށް ޝުކުރުވެރިވަން،" އެންޑްރިކް ބުންޏެވެ.
ބްރެޒިލްގެ ގައުމީ ޓީމުގައި ހިމެނި މިދިޔަ މަހު މެޑްރިޑްގެ ސެންތިއާގޯ ބެރްނަބުއޭގައި ސްޕޭނާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކުޅުނު އެންޑްރިކ މިހާރު ވެސް ވަނީ ރެއާލްގެ ކުޅުންތެރިންނާ ގުޅުން ބަދަހިކޮށްފަ އެވެ.
"އަހަރެން ތެދަށް ބުނާނަން. ގައުމީ ޓީމުގައި ހުރިއިރު އެކަން ވިސްނުނީ، ވިނީޝިއުސް [ޖޫނިއާ] އާއި ރޮޑްރިގޯ [ގޮއިސް] އަހަރެން އަންނާނީ ކޮން އިރަކުތޯ އަހާ،" އެންޑްރިކް ބުންޏެވެ.
ބްރެޒިލްގެ އުންމީދީ ޒުވާނާ އެންޑްރިކް ރެއާލް އަށް
ރެއާލްގެ ވާހަކަތައް ލީކު ކުރުމުން މައްސަލަ ޖެހިއްޖެ
ރެއާލަށް ބަދަލުވާން ޑޭވީސް އަނގަބަހުން އެއްބަސްވެއްޖެ
ރެއާލުން އެމްބާޕޭއަށް ދޭން ބުނާ އަގު ކުޑަވުމުގެ ޝަކުވާ
އާޖެންޓީނާގެ ޒުވާން ތަރި ހޯދުމުގައި ސިޓީ އަށް ކާމިޔާބު
ބްރެޒިލްގެ ކޯޗުކަމާ އަންނަ އަހަރު އަންޗެލޮޓީ ހަވާލުވަނީ
ތުރުކީގެ ޒުވާން ކުޅުންތެރިޔާގެ ސޮއިހޯދަން ރެއާލް، ބާސާ
ހޫނު މޫސުމުގައި ކެކިއަރާ އެމްބާޕޭގެ ވާހަކަ ފެނަށް
ރެއާލްގެ 100 މިލިއަން 19 އަހަރުގެ ބެލިންހަމްއަށް
އެންޑްރިކް ނުލިބުމުން ސައޮ ޕޯލޯއިން މައްސަލަ ބަލަނީ