15 އެޕްރީލް 2024
ކަރަންޓު ކެނޑިފައިވާ ހދ. ކުޅުދުއްފުއްޓަށް ކަރަންޓު ލިބޭނީ މިރޭ އިރުއޮއްސޭއިރު ކަމަށް ފެނަކައިން ބުނެފި އެވެ.
ކަރަންޓު ކެނޑިފައިވާ ހދ. ކުޅުދުއްފުއްޓަށް ކަރަންޓު ލިބޭނީ މިރޭ އިރުއޮއްސޭއިރު ކަމަށް ފެނަކައިން ބުނެފި އެވެ.
ކަރަންޓުގެ ކެނޑުމުގެ މައްސަލަ ކުޅުދުއްފުއްޓަށް ދިމާވާތާ ގިނަ ދުވަސްތަކެއްވެ، މައްސަލަ ހައްލުނުވެ ދިގުލައިގެން ގޮސް މުޅި ރަށުން ކަރަންޓު ކެނޑުނީ މިއަދު ހެނދުނު 9:25ގަ އެވެ.
ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު އެ ރަށުން ކަރަންޓު ކެނޑުނީ ރަށަށް ކަރަންޓު ދޫކުރަމުންދާ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައިގެން ކަމަށެވެ.
އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
ހދ.ކުޅުދުއްފުށި ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައި 9:15 ގައި މުޅި ރަށުންވަނީ ކަރަންޓު ކެނޑިފައެވެ. ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައި ދަންނަވަމެވެ. އަދި މިމައްސަލަ…
— Fenaka Corporation Ltd (@TeamFenaka) April 15, 2024
"މި މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދެވޭނެކަމަށް ލަފާކުރެވެނީ މިއަދު (އިރުއޮއްސި) 6:00 ގައެވެ. ވީމާ މި ދަނޑިވަޅުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ނިހާޔަތަށް މާފަށް އެދެމެވެ،" ފެނަކައިން ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.
ކުޅުދުއްފުށިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރަން ޖަނަރޭޓަރެއް އެ ރަށަށް ފޮނުވީ މިދިޔަ މަހު 27ގަ އެވެ. ކަރަންޓު މައްސަލައަށް ހައްލެއް ނުލިބެނީ އެ ޖަނަރޭޓަރު އިންސްޓޯލްކޮށް އަދިވެސް ނުނިމޭތީ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ކަރަންޓުގެ މައްސަލަ ހައްލު ނުވެ މަހަކަށްވުރެ ގިނަ ދުވަސްވެފައި ވާތީ މިދިޔަ ހަފްތާގައި އެ ރަށުގައި ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
ކުޅުދުއްފުށިން އަނެއްކާ ވެސް ކަރަންޓު ކަނޑަނީ
ކުޅުދުއްފުށީގެ ކަރަންޓު ބިލުތަކުން 50% ޑިސްކައުންޓް
މިސްކިތްތަކުގެ ކަރަންޓް ބިލް ކުޑަކުރަނީ
ތިން އަހަރު ތެރޭ ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ހަރުކުރަނީ
ކުޑަހުވަދޫގައި ސްމާޓް މީޓަރުތައް ބޭނުންކުރަން ފަށައިފި
އުނގޫފާރު ހާދިސާއާ ގުޅޭ ކަންބޮޑުވުންތައް މިނިސްޓަރަށް
ކަރަންޓު މައްސަލަ ހައްލު ކުރަން އައްޑުއަށް ޖަނަރޭޓަރެއް
144 ރަށެއްގެ މަގުބައްތި ހުރީ މިންގަނޑާ ހިލާފަށް
އިންޖީނުގެއަކަށް 45މިލިއަން، ފެންނަން ހުރީ 4 ފާރު!
"އައްޑޫގެ ކަރަންޓު މައްސަލަ އަންނަ މަހު ހައްލުވާނެ"