ބްރިޖްވިއު ޕްލެޓްފޯމްގައި ނިއުޕޯޓް ވިއު ހިންގި ތަން ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
24 އެޕްރީލް 2024
ބްރިޖްވިއު ޕްލެޓްފޯމްގައި ނިއުޕޯޓް ވިއު ހިންގި ތަން ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ނިއު ޕޯޓް ހިންގާ ސްޓްރާޑާ ކުންފުންޏަށް އެ ތަން ދޫކޮށްފައި ވަނިކޮށް 2019 ވަނަ އަހަރު ސަރުކާރުން އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލި އެވެ. އަދި ނުދައްކާ ހުރި ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ހޯދުމަށާއި އެތަން ހުސްކުރުމުގެ އަމުރަކަށް ދައުލަތުން ކޯޓަށް ހުށަހެޅުމުން އެ ފައިސާ ދެއްކުމަށާއި އެތަން ހުސްކުރަން ސިވިލް ކޯޓުން އަމުރުކުރި އެވެ. އެ މައްސަލަ ސްޓްރާޑާއިން އިސްތިއުނާފް ކުރުމުން 2021 ވަނަ އަހަރު ހައި ކޯޓުން ވެސް އެ ހުކުމަށް ތާއީދުކުރި އެވެ.
އެ މައްސަލަ ސްޓްރާޑާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކާފައި ނުވާކަން އެ ކުންފުނީގެ ބަހުން ވެސް އެނގޭ ކަމަށެވެ. އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން، ސްޓްރާޑާއަށް ދޫކުރި ބިމުން ބައެއް ދައުލަތަށް ނަގާފައިވާތީ ސަރުކާރުން އެ ކުންފުންޏަށް ބަދަލު ދޭންޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏަސް އެ ބަދަލު ނަގައިދެވޭނެ ހަމައެއް ނުދެއްކޭ ކަމަށް ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ހައި ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުޖޫނެވެ.
މުއްދަތު ހަމަވިއިރު ވެސް ނިއު ޕޯޓް ވިއު ހުހެއް ނުކުރޭ
ސުޕްރީމް ކޯޓުގައި ތަޅުއެޅުވީކަމަށް ވިދާޅުވެ ހައި ކޯޓަށް
މަރުގެ މައްސަލައެއްގައި ބޮޑު ހުކުމެއް ދަމަހައްޓައިފި
ނަޒާހާގެ މައްސަލާގެ ހުކުމް މިމަހު އިއްވަނީ
އަމާންކަން ގެއްލޭ ވާހަކަތަކުގެ މައްސަލަ ދޫކޮށްލައިފި
މައުލޫމާތު ނުދޭން ސަބަބު ދައްކަނީ ދޮށި އުކާ އުސޫލުން
ޑީއާރުޕީގެ ދަރަންޏާ ގުޅޭ މައްސަލަ ސުޕްރީމްކޯޓުން ފަށަނީ
އައިކޮމްގެ ނިންމުންތައް ސުޕްރީމް ކޯޓަށް ނުބެލޭނެ:މަހާޒު
ލަމްހާ ދޫކޮށްލި މައްސަލަ ނުބެލީ ގޯސްކޮށް:ސުޕްރީމް ކޯޓް
ޔާމީންގެ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު