ނިމިދިޔަ ރޯދަ މަހު ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދީފައި ވާނީ ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ވާނެ ގޮތަށް ކަމަށް ސްޓެލްކޯގެ މެނެޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.
28 އެޕްރީލް 2024
ނިމިދިޔަ ރޯދަ މަހު ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދީފައި ވާނީ ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ވާނެ ގޮތަށް ކަމަށް ސްޓެލްކޯގެ މެނެޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.
ރޯދަ މަހު ބޭނުންކުރި ކަރަންޓާއި ފެން ބިލު ދެ ބިލަކަށް ބެހިގެންދިޔައިރު، މި މަހު ލިބުނު ބިލަށް ޑިސްކައުންޓު ލިބިފައިނުވާތީ ބައެއް އާންމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަހުމީ ވިދާޅުވީ، ބިލު ކުރަމުން އަންނަ ގޮތަށް ބަލާއިރު، ރޯދަ މަސް ފެށޭ ދުވަހާއި ނިމޭ ދުވަހު މާލޭގެ ހުރިހާ ތަނަކުން ރީޑިން ނެގުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.
އަދި، މިހާރު އޮތް ގޮތަށް ބަލާއިރު ބިލް ކުރާ މުއްދަލަށް ބަދަލު ގެނައުމަކީ ވެސް އުނދަގޫ ވާނެ ކަމަށާއި ލުއި ދީފައިވާނީ ރޯދަ މަހުގެ ބޮޑުބައި ހިމެނޭ ގޮތަށް ކަމަށެވެ.
"ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ވާނެ ގޮތަށް [ޑިސްކައުންޓު] ދެވިފައި ހުރީ. އެއީ ދެވިފައި ހުރީ ރަނގަޅު އެންމެ ޕީކަކަށް އަދި ރަނގަޅު ޕީރިއަޑަކަށް ބަލާފައި،" ފަހުމީ ވިދާޅުވި އެވެ.
ބައެއް ބިލުތަކުގައި ތަފާތުތަކެއް ހުރި ނަމަވެސް، ޖެހިގެން އައި މަހުގެ ބިލުން ހަމަޖެއްސިފައިވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.
ސްޓެލްކޯގެ އެމްޑީ ފަހުމީ--
ފަހުމީ ވިދާޅުވި ގޮތުގައި ފެނާއި ކަރަންޓު ހިމެނޭހެން ސްޓެލްކޯއިން ވަނީ 20 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ރޯދަ މަހު ދެވިފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ފެނަކައިން އާންމުކޮށް ބިލުކުރަމުން އަންނަނީ މަހުގެ 25 އިން އަނެއް މަހުގެ 24 އަށް ކަމަށްވާތީ، ފުރަތަމަ ޑިސްކައުންޓު ދިން ބިލުގައި ހިމެނިފައި ވަނީ ރޯދަ މަހުގެ އެއްބައި ކަމަށާއި ރޯދައިގައި ނުހިމެނޭ ދުވަސްތައް ވެސް ހިމެނޭ ކަމަށެވެ.
ޑިސްކައުންޓް ހަދާފައިވާނީ އެ ދުވަސްތަކާ އެކުގައި ކަމަށާއި އެވްރެޖަށް ވުރެ އިތުރުވި ބަޔަށް ޑިސްކައުންޓް ދީފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.
މުއާޒް ވިދާޅުވީ، އެ ބިލުގައި އާންމު މަސްމަހަށް ވުރެ އިތުރު ނުވާ ބިލުތަކުން ޖެހިގެން އައި މަހުން 10 ޕަސެންޓް ޑިސްކައުންޓު ދޭނެ ކަމަށާއި ފުރަތަމަ ބިލުން އެއްވެސް ޑިސްކައުންޓެއް ނުލިބޭ ބިލުތަކަށް ވެސް މި ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
ފެނަކައިން ޑިސްކައުންޓުގެ ގޮތުގައި 25 މިލިއަން ރުފިޔާ ދެވިފައިވާ ކަމަށް މުއާޒް ވިދާޅުވި އެވެ.
ސްޓެލްކޯއިން ފެނަކަ އަށް ފަންނީ އެހީ ދެނީ
ކުޅުދުއްފުށިން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ!
ޕީކް ސީޒަނަށް ހުޅުމާލޭގައި ދެ ތެޔޮ ޓޭންކް ބަހައްޓަނީ
ދެ ބިލް ފޮނުވީ ރޯދައިގެ ކަރަންޓަށް ޑިސްކައުންޓު ދޭން
ރީޑިން ނަގަން 350 މުވައްޒަފުން މާދަމާ ނިކުންނަނީ
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ކަރަންޓު ކެނޑޭ މައްސަލަ ރޯދައިގެ ކުރިން ހައްލުކުރަނީ
ފެނަކައިގެ އާ އެމްޑީއަކަށް ނަޖާހު އައްޔަންކޮށްފި
ފެނަކައިގެ އެމްޑީ މުއާޒު އިސްތިއުފާ ދެއްވައިފި
ފެނަކައިގެ ދަރަނިން 900 މިލިއަން ރުފިޔާ ދައްކައިފި