މަތީ ތައުލީމަށް ދޫކުރާ ލޯނުގެ 50 ޕަސެންޓު، އެންމެ ޓެކްނިކަލް ދާއިރާތަކަށް ހާއްސަކުރަން ސަރުކާރުން ނިންމައިފި އެވެ.
29 އެޕްރީލް 2024
މަތީ ތައުލީމަށް ދޫކުރާ ލޯނުގެ 50 ޕަސެންޓު، އެންމެ ޓެކްނިކަލް ދާއިރާތަކަށް ހާއްސަކުރަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނީ، ޓެކްނިކަލް ދާއިރާތަކަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދޫކުރާ ލޯނުގެ ބައެއް ހާއްސަ ކުރަން ނިންމީ އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ކަމަށެވެ.
ހައިލީ ޓެކްނިކަލް ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އިންޖީނިއަރިން އާއި ސުޕަ ސްޕެޝަލައިޒޭޝަން އަދި ކޯޑިން ފަދަ ދާއިރާތަކެވެ.
ރައީސް މުއިއްޒު ކެބިނެޓުގެ އިއްޔެގެ ބައްދަލުވުން ކުރިއަށް ގެންދަވަނީ.---ފޮޓޯ: ރައީސް އޮފީސް
ލޯނު ދޫކުރާއިރު ވަކި ދާއިރާއަކަށް މީގެ ކުރިން ހާއްސަ ކޯޓާއެއް ކަނޑައަޅާފައެއް ނުވެ އެވެ. ނަމަވެސް، ޑިޕްލޮމާ އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔަވަން ހުޅުވާލާ އެ ފުރުސަތުގައި ޖުމްލަކޮށް ހުރިހާ ދާއިރާއަކަށް އެހީ ދެ އެވެ. އޭގެ ތެރޭގައި ޓެކްނިކަލް ދާއިރާތައް ވެސް ހިމެނެ އެވެ.
ސަރުކާރުން ވަނީ މަތީ ތައުލީމުގެ 500 ފުރުސަތަށް މިދިޔަ ފެބްރުއަރީ މަހު ހުޅުވާލައިފަ އެވެ. އެ އަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހު ހަމަވާނެ އެވެ.
ސްޓޫޑެންޓް ލޯނުގެ ވަގުތީ ލިސްޓަށް 195 ޝަކުވާ
ސްޓޫޑެންޓު ލޯނުގެ އިދާރީ ފީ ކަނޑާލައިފި
ސްޓޫޑެންޓު ލޯނުގެ އިދާރީ ފީ ކަނޑާލައި، ބަދަލުތަކެއް!
ޝަރުތު ހަމަވި ހުރިހާ ކުދިންނަށް ލޯނު ދޭން އަންގަވައިފި
ލޯނު ލިބޭ ވަގުތީ ލިސްޓުގައި 806 ދަރިވަރުން
ދަރިވަރުންނަށް ޖަވާބުދިނުން އަވަސްކުރަން ޕޯޓަލެއް ހަދަނީ
ޖެނެރޭޝަން ބޭން: 2007 އިން ފެށިގެން ދުންފަތް މަނާ
ޖެނެރޭޝަން ބޭންއަށް ކެބިނެޓުން މިއަދު ގޮތެއް ނިންމަނީ
ލޯނުގައި ކިޔަވާ ކުދިންނަށް ބޭންކު ރޭޓުގައި ޑޮލަރު ދެނީ
ބޭރުގައި ތިބޭ ދަރިވަރުންގެ ކަންބޮޑުވުންތައް ހައްލުކުރަނީ