ށ. ފުނަދޫގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.
03 މެއި 2024
ށ. ފުނަދޫގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ ރަށުން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އޭނާ ސިހުރު ހަދަން މަސައްކަތް ކޮށްފައި ވަނީ މިދިޔަ މަޖިލިސް އިންތިހާބުގައި ދާއިރާގެ ގޮނޑި ކާމިޔާބު ކުރި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހު (މަންޑޭ) އަށެވެ.
ސިހުރު ހަދާފައި ހުރި ކަމަށް ބެލެވޭ ގަހެއް--
"ސިހުރު ހަދާ މީހާ ވަރަށް ގަދަ ކޮށްލައިފަ އެބަ ބުނޭ އަދިވެސް ބޭނުން އެއްޗެކޭ ހަދާލާނީ، އެއްވެސް ކަމެއް ނުކުރެވޭނެ އޭ،"
އޭނާގެ ބަންދުގެ މުއްދަތު ޖަހަން މިވަގުތު ހުރީ ފޮނަދޫ މެޖިސްޓްރޭޓަށް ހާޒިރު ކޮށްފަ އެވެ.
އަދި އެ ރަށު ރައްޔިތުން އަންނަނީ މެޖިސްޓްރޭޓް ކުރިމަތީ އިހުތިޖާޖު ކުރަމުންނެވެ.
ސިހުރު ހެދި ކަމުގެ ތުހުމަތުގައި ޝަމްނާޒް ހައްޔަރުކޮށްފި
ސިހުރު ހެދި މީހާގެ ބަންދަށް 15 ދުވަސް
ފަރުކޮޅުން 10 ފޫޓުގެ ކިނބުލެއް ހިފައިފި
ފުނަދޫ ފަޅުގައި އޮތް ދޯންޏެއް އަނދައި ހުލިވެއްޖެ
ދަރިފުޅު މަރާލިކަން މަންމަގެ މައްޗަށް ސާބިތުވެއްޖެ
ފުނަދޫގައި "އިންޑިއާ އައުޓް" ލިޔުނު މައްސަލަ ބަލަނީ
ފުނަދޫގައި ކުޑަ ކުއްޖަކު ގެނބިގެން މަރުވެއްޖެ
ފުނަދޫގެ ތިން ފިހާރައަކަށް ގެއްލުންދީ، ވައްކަންކޮށްފި
ބިދޭސީ މީހާގެ 44 ޕަސެންޓު ވަނީ ފިހިފައި: ހޮސްޕިޓަލް
ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުން ފިހިއްޖެ