ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ)ގެ ޑިޕާޗާ ޓާމިނަލުގައި އިއްޔެ މާރާމާރީ ހިންގި ބިދޭސީމީހާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލީ ރާއްޖެ އިން ފުރުން މަނާކޮށްފައި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
08 މެއި 2024
ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ)ގެ ޑިޕާޗާ ޓާމިނަލުގައި އިއްޔެ މާރާމާރީ ހިންގި ބިދޭސީމީހާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލީ ރާއްޖެ އިން ފުރުން މަނާކޮށްފައި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ އެ ކޯޓަށް ހާޒިރު ކުރުމުން ވަނީ ފުލުހުން އެ މައްސަލައިގެ ތަހުގީގު ނިންމަން ދެން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި އެހެން އެއްވެސް ތަނަކަށް ދަތުރުކުރުން މަނާކޮށްފަ އެވެ. ތަހުގީގުގެ ބޭނުމަށް ހާޒިރުވާން ފުލުހުން އަންގައިފި ނަމަ އެ ކަން ކުރުމަށް ވެސް ކޯޓުން ވަނީ އެ ބިދޭސީމީހާ އަށް ޝަރުތު ކޮށްފަ އެވެ.
މާލެ ސަރަހައްދު ފިޔަވައި އެހެން އެއްވެސް ތަނަކަށް ދިއުން މަނާކޮށް ބިދޭސީމީހާ ދޫކޮށްލި ނަމަވެސް އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ކޯޓުން ނުދިނުމުން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
އެ މީހާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީ ހިންގީ ބަރުވި ލަގެޖަށް ފައިސާ ދައްކަން އެދުމުން ކަމަށް، އެ މަންޒަރު ދުށް ބައެއް މީހުން ބުނެފައި ވެ އެވެ. އެ ތަނުގައި އެ ވަގުތު ހުރި މީހަކު ބުނީ އޭނާ ފުރަން ގޮސް، ބަރުވި ލަގެޖަށް ފައިސާ ދައްކަން އެމްއޭސީއެލްގެ މުވައްޒަފުން އެދުމުން އެންމެ ފުރަތަމަ އެއްޗެހި ކިޔައި ހަޅޭއްލަވަން ފެށި ކަމަށެވެ.
ފައިސާ ނުދައްކާ އެއްޗެހި ކިޔަން ފެށުމުން އެ ބިދޭސީ މީހާގެ ލަގެޖުތައް ބެލްޓުން ބޭލި ކަމަށް ވެސް އޭނާ ބުންޏެވެ.
"އެތަނުގައި ހުރި އެހެން މީހަކު އެ ގަޑީގައި ދިޔައީ ސެކިއުރިޓީ މީހުން ހޯދަން. ދަނިކޮށް ފަހަތުން ގޮސް އެ މީހާގެ ގައިގައި ޖެހީ،" އޭނާ ބުންޏެވެ.
އެއީ އެމެރިކާގެ ޕާސްޕޯޓް އޮތް މީހެއް ކަމަށާއި އޭނާ ދަތުރުކުރަން ހަމަޖެހިފައި އޮތީ އަބޫދާބީ އަށް ކަމަށް ވަނީ އެނގިފަ އެވެ.
އެ ހާދިސާ ހިނގި ވަގުތުގެ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެ ވީޑިއޯ އިން ފެންނަނީ އެއާޕޯޓަށް ފުރަން ގޮސް ހުރި ބިދޭސީ ފަސިންޖަރު ރުޅިވެރިކަމާ އެކު، ހިނގާފައި ގޮސް އިއްތިހާދު އެއާވޭސްގެ ޗެކިން ކައުންޓަރުގައި ހުރި މުވައްޒަފަކަށް ހަމަލާ ދޭ ތަނެވެ. އޭނާ ހުއްޓުވުމަށް މަސައްކަތް ކުރި، އެހެން މުވައްޒަފެއްގެ ގައިގައި ވެސް އެ ބިދޭސީ މީހާ ޖަހާ ތަން ފެނެ އެވެ.
ބިދޭސީ މީހާ ހުއްޓުވަން އެ ސަރަހައްދުގައި ތިބި އެހެން ބައެއް މީހުން ވެސް މަސައްކަތް ކުރި އެވެ. އާންމުންގެ މީހަކު ފަހުން އެ ސަރަހައްދުން އެ މީހާ ދުރުކޮށް އޭނާ ގޮވައިގެން ދުރަށް ދެ އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އޭގެ ފަހުންނެވެ.
އެއާޕޯޓްގައި މާރާމާރި ހިންގި މީހާ ކޯޓުން ދޫކޮށްލައިފި
މާރާމާރީހިންގީ ބަރުވި ލަގެޖަށް ފައިސާ ދައްކަން އެދުމުން
އެއާޕޯޓްގައި މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރުކޮށްފި
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
މާރާމާރީގެ ތުހުމަތުވާ ބަޔަކު ކޯޓުން ދޫކޮށްލައިފި
ކެފޭ މާރާމާރީ: ހައްޔަރުކުރި މީހާގެ ބަންދަށް 5 ދުވަސް
ރިސޯޓެއްގެ ޖެނެރަލް މެނޭޖަރަކަށް ހަމަލަދީފި
ތިމަރަފުށީގައި މާރާމާރީ ހިންގި މީހުން ހައްޔަރުކޮށްފި
އެއާޕޯޓުގައި ހަމަނުޖެހުން ހިންގި ލަންކާ މީހަކު ހައްޔަރު
ހޮޅުދޫގައި މަރުވި ޒަކިއްޔާގެ ދޮށީ ދަރި ހައްޔަރުކޮށްފި