Roadha Mihaaru

ދެ ލޯބިވެރިން މާރާމާރީ ހިންގައި، އެކަކަށް ވަޅިން ހަމަލާދީފި

ދެ ލޯބިވެރިއެއްގެ ދެމެދުގައި ޖެހުނު މައްސަލައެއްގައި ދެ މީހުން މާރާމާރީ ހިންގައި، އޭގެ ތެރެއިން ފިރިހެން މީހާއަށް ވަޅިން ހަމަލާދީފި އެވެ.

ދެ ލޯބިވެރިން މާރާމާރީ ހިންގައި، ވަޅިން ހަމަލާދީފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

09 ޑިސެމްބަރ 2025

ދެ ލޯބިވެރިއެއްގެ ދެމެދުގައި ޖެހުނު މައްސަލައެއްގައި ދެ މީހުން މާރާމާރީ ހިންގައި، އޭގެ ތެރެއިން ފިރިހެން މީހާއަށް ވަޅިން ހަމަލާދީފި އެވެ.

ފުލުހުން ބުނީ މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް މިއަދު ހެނދުނު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވެފައިވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭގެ ތެރެއިން 64 އަހަރުގެ ފިރިހެން މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށާއި އަދި އަންހެން މީހާއަށް ވެސް އަނިޔާވެފައި ވާތީ އެ ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ މިހާތަނަށް ބެލިބެލުމުން އެ ދެ މީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ މީހުން ކަމަށާއި މާރާމާރީ ހިންގީ ދެ މީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.