11 މެއި 2024
ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ބޮޑު ހޮސްޕިޓަލެއް އަޅަން ނިންމައިފި އެވެ.
ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ބޮޑު ހޮސްޕިޓަލެއް އަޅަން ނިންމައިފި އެވެ.
ހެލްތު މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު ޝައުފާ ހުސެއިން "މިހާރު" އަށް މިއަދު ވިދާޅުވީ އެ ހޮސްޕިޓަލް އަޅަން ހުޅުމާލެ 2 އިން 46،000 އަކަފޫޓުގެ ބޮޑު ބިމެއް ހަމަޖައްސާފައިވާ ކަމަށެވެ. އެކަމަށް ޕްރޮޕޯޒަލްތަކެއް ވެސް ލިބިފައިވާ ކަމަށާއި އެންމެ ރަނގަޅު ޕްރޮޕޯޒަލެއް އިހުތިޔާރުކޮށް، އެ ޝަރުތުތަކަށް ޑިޒައިން ޕްލޭންކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެ ބަޔަކަށް ޓާގެޓުކޮށް އަޅާ ހޮސްޕިޓަލުގައި ކުޑަކުދިންނާއި އަންހެނުންނަށް އެންމެ ފުރިހަމަ ފަރުވާ ލިބޭނެ އެވެ. އޭގެ ތެރޭގައި އައިޔޫއައި އަދި އައިވީއެފް ހިމެނެ އެވެ. އެކަންކަމުގެ އިތުރުން؛
- އަންހެނުންނާއި މާބަނޑު މީހުންނަށް: ފެމިލީ ޕްލޭނިން، މާބަނޑު މީހުންނަށް ދޭ ފަރުވާ، ވިހެއުމުގެ ހިދުމަތް، އަންހެނުން ހާއްސަ ސާޖަރީތައް ކުރުން
- ތުއްތުކުދިންނަށް: ކުޑަކުދިންނަށް އިންޓެންސިވް ކެއާ، ތުއްތުކުދިންގެ ސާޖަރީ، ޑިވެލޮޕްމަންޓް އެސެސްމަންޓް ހެދުން
- ކުޑަކުދިންނަށް: ކުޑަކުދިންގެ ޑޮކްޓަރަށް ދެއްކުން، ވެކްސިން ޖެހުން އަދި ހެދިބޮޑުވުން މޮނިޓާކުރުން، ކުޑައިރު ޖެހޭ ބަލިތައް މެނޭޖްކުރުން
- އަންހެނުންގެ ސިއްހަތާއި ދުޅަހެޔޮކަން: އުރަމަތި އަދި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ސްކްރީން ކުރުން، ރިޕްރޮޑަކްޓިވް ހެލްތު ސާވިސަސް، މެނޮޕޯސް މެނޭޖްކުރުން
ހޮސްޕިޓަލްގެ މަސައްކަތްތައް ފެށޭނެ ދުވަހެއް ނޭނގުނަސް، ހެލްތު މިނިސްޓްރީން ބުނީ މި ވެރިކަމުގެ ތެރޭގައި އާ ހޮސްޕިޓަލް އަޅާނެ ކަމަށެވެ.
ސަރުކާރުން ވަނީ ތެލެސީމިއާއަށް ހާއްސަކޮށްގެން ވެސް ހުޅުމާލޭގައި ހޮސްޕިޓަލެއް އަޅަން ނިންމައިފަ އެވެ. އޭގެ އިތުރުން، އައިޖީއެމްއެޗް ހުރި ސަރަހައްދުގައި ކެންސަރަށް ހާއްސަ އިމާރާތެއް ހަދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ރީޖަނަލް ހޮސްޕިޓަލްތަކުގެ އޯޕީޑީގެ ވަގުތު އިތުރުކުރަނީ
ހޮސްޕިޓަލްތައް ޑިޒައިންކޮށްފައި ހުރީ ވަރަށް "ފެންސީ"ކޮށް
އޭއީއެޗްގެ ޖާގަ އިތުރުކުރަން ހަތް ބުރީގެ އިމާރާތެއް
ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސް ހިދުމަތް ދެނީ
ތިން ރަށެއްގެ ހޮސްޕިޓަލް އިމާރާތް އަޅަން ހަވާލުކޮށްފި
ކެންސަރު ހޮސްޕިޓަލް އަޅަނީ ދިރާގު އޮފީސް ކައިރީގައި
10ރ.ގެ ބޭހެއް ނެތިގެން 30،000ރ. ގެ ހަރަދު!
ފަރުވާގެ އިހުމާލުގެ މައްސަލަތައް ކޮޅެއްގައި ނުޖެހުނު
ލެޕްރޮސްކޮޕިކް ސާޖަރީއަށް އުނގޫފާރު ހޮސްޕިޓަލް ތައްޔާރު
ފުނަދޫ ހޮސްޕިޓަލުގެ އާ އިމާރާތް ހަދަން ހަވާލުކޮށްފި