Roadha Mihaaru
މިލާންގެ ޖޯޒީގައި ކުޅުންތެރިންގެ މަންމަގެ ނަން

މަންމަ އަށް ޓަކައި؛ މިލާންގެ ޖޯޒީގައި ކުޅުންތެރިންގެ މަންމަގެ ނަން

12 މެއި 2024

މިލާން (މެއި 12) - މިއަދު ފާހަގަކުރާ، މަންމައިގެން ދުވަހާ ގުޅިގެން، އޭސީ މިލާނުން، ކަލިއަރީއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ކުޅުންތެރިންގެ ނަމުގެ ބަދަލުގައި މަންމަގެ ނަން ޖޯޒީގައި ޖަހައިފި އެވެ.

މިލާން (މެއި 12) - މިއަދު ފާހަގަކުރާ، މަންމައިގެން ދުވަހާ ގުޅިގެން، އޭސީ މިލާނުން، ކަލިއަރީއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ކުޅުންތެރިންގެ ނަމުގެ ބަދަލުގައި މަންމަގެ ނަން ޖޯޒީގައި ޖަހައިފި އެވެ.

މިލާން މޮޅުވީ 5-1 ންނެވެ. ކްރިސްޓިއަން ޕުލްސިޗް ދެ ލަނޑު ޖެހި އެވެ. އޭނާގެ ޖޯޒީގައި ޖަހާފައި ވަނީ އޭނާގެ މަންމަގެ ނަމުން ސަމާލުކަން ލިބުނެވެ. އޭނާގެ މަންމަގެ ނަމަކީ ހާލޯ އެވެ.

މެޗު ފެށުމުގެ ކުރިން ދެ ޓީމުގެ ފުރަތަމަ 11 އިއުލާން ކުރި އިރު މިލާންގެ ކުޅުންތެރިން ނަން ގޮވީ މަންމަ އާއި ބައްޕަގެ ނަން ވެސް ހިމަނައިގެންނެވެ.

މެޗުގައި ބޭނުން ކުރި ޖޯޒީ ނީލަމަށްލާން ވަނީ ހަމަޖެހިފަ އެވެ. އަދި އެ ޖޯޒީ ވިއްކައިގެން ލިބޭ ފައިސާއިން ބައެއް، ޕާކިސްތާނުގައި ކުޅިވަރުގެ ޒަރިއްޔާއިން އަންހެނުން ބާރުވެރިކުރުވާ ޕްރޮޖެކްޓަަކށް އެހީވުމަށް ހަމަޖެހިފައި ވެއެވެ.

ރޭ ބޮލޯނިއާއިން ވަނީ ނަޕޯލީ ބަލިކޮށް، ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމާ ކައިރިއަށް ބެލޯނިއާ ވަނީ ޖެހިލައިފަ އެވެ.