Roadha Mihaaru
ޗެމްޕިއަކަން ހޯދުމުގެ އުންމީދު އިންޓައިން ބޮޑުކޮށްފި

އިޓަލީގެ ލީގު ޗެމްޕިއަކަން ހޯދުމުގެ އުންމީދު އިންޓައިން ބޮޑުކޮށްފި

29 ފެބުރުއަރީ 2024

މިލާން (ފެބްރުއަރީ 29) - އެޓަލާންޓާގެ މައްޗަށް 4-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، އިންޓަ މީލާުން އިޓަލީގެ ލީގު ޗެމްޕިއަންކަން ހޯދުމާ ކައިރިއަށް ޖެހިލައިފި އެވެ.

މިލާން (ފެބްރުއަރީ 29) - އެޓަލާންޓާގެ މައްޗަށް 4-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، އިންޓަ މީލާުން އިޓަލީގެ ލީގު ޗެމްޕިއަންކަން ހޯދުމާ ކައިރިއަށް ޖެހިލައިފި އެވެ.

ރޭގެ މޮޅާ އެކު އިޓަލީގެ ކުޅިވަރު ނޫސްތަކުން ބުނީ، 20 ވަނަ ފަހަރަށް އިޓަލީގެ ލީގު ހޯދުމުގެ އުންމީދު އިންޓަ އަށް ބޮޑު ވެއްޖެ ކަމަށެވެ.

"ލީގު ޗެމްޕިއަންކަން ކައިރިވެއްޖެ،" އިޓަލީގެ އެންމެ ބޮޑު ކުޅިވަރު ނޫސް ގެޒެޓާ ޑެލޯ ސްޕޯޓްގައި ލިޔެފައި ވެއެވެ.

ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މެޗުން މޮޅުވެ، އިންޓައިން މިހާރު ވަނީ ދެވަނައިގައި އޮތް ޔުވެންޓަސްއާ 12 ޕޮއިންޓަށް ފަރަގު ބޮޑުކޮށްފަ އެވެ.

މި ސީޒަންގެ ލީގުގައި މިހާތަނަށް ކުޅުނު 26 މެޗުން 22 މެޗުން އިންޒާގީގެ ޓީމު މޮޅުވި އެވެ. ބަލިވީ އެންމެ މެޗަކުންނެވެ. އެއްވަރުވީ ތިން މެޗުންނެވެ.

އެޓޭކިން ގޭމްގައި ވެސް އިންޓައާ ވާދަ ކުރެވޭނެ އހެން ޓީމެއް މިފަހަރަކު ނެތެވެ. އެ ޓީމުން ވަނީ 67 ގޯލް ޖަހައިފަ އެވެ. މި ސީޒަނުގައި އެޓީމު ކޮޅަށް ވަނީ 12 ގޯލެވެ.

ރޭގެ މެޗުގައި އިންޓަގެ ލަނޑުތައް ޖެހީ، މަޓާއޯ ޑާމިއަން، ލައުޓާރޯ މާޓިނޭޒް، ފެޑެރީކޯ ޑިމާކޯ އަދި ޑޭވިޑް ފްރަޓޭޒީ އެވެ.

"ފުރަތަމަ 10-15 މިނެޓު އެޓަލާންޓާ ރަށް ބޮޑަށް ޕްރެޝަރު ކުރި، އެހެންވީމަ އަހަރެމެންނަށް ޖެހުނީ އަހަރެމެން ހަމައަކަށް އަޅުވަން. އެއީ ފެށުމަކީ. އެކަމަކު ދެން އަހަރެމެން ލަނޑު ޖަހައިި ގޭމްގެ ކޮންޓްރީލް ލިބުނު. ދެން ދެ ވަނަ ހާފަށް ނުކުތީ ވަރަށް ވަރުގަދަކޮށް،" މެޗަށް ފަހު އިންޒާގީ ބުންޏެވެ.