Roadha Mihaaru
ހުޅުމާލޭގެ ދިރުމާއި ތަރައްގީގައި އެޗްޑީސީގެ ހިއްސާ

ހުޅުމާލޭގެ ދިރުމާއި ތަރައްގީގައި އެޗްޑީސީގެ ހިއްސާ

12 މެއި 2024

"ވިއްސާރަ ދުވަސްވަރު, ފެރީގައި ލޮނުން ތެމިފޯވެގެން, އަވިދެންޏާ ދަލުން ފެންވެރިގެން ކޮންމެ ދުވަހަކު އެތައް ތަކުލީފެއް އުފުލާ ޒަރޫރީ ބޭނުންތައް ފުއްދަން މާލެ ދާން ޖެހޭ. އޭރު ހިތަކަށް ވެސް ނާރާ, ތަސައްވުރެއް ވެސް ނުކުރެވޭ ހުޅުމާލޭގެ ދިރިއުޅުން ފަސޭހަ ވެދާނޭ،" ހުޅުމާލޭގެ އެންމެ ފުރަތަމަ ފްލެޓްތަކުގެ ތެރެއިން ފްލެޓެއްގައި އެންމެ ފުރަތަމަ ދިރިއުޅެން ފެށި މީހުންގެ ލިސްޓުގައި ހިމެނޭ މޫސާ އާދަމް އޭރުގެ ދަތިކަމުގެ ވާހަކަތައް ކިޔައިދޭން ފަށަމުން ބުންޏެވެ.

"ވިއްސާރަ ދުވަސްވަރު, ފެރީގައި ލޮނުން ތެމިފޯވެގެން, އަވިދެންޏާ ދަލުން ފެންވެރިގެން ކޮންމެ ދުވަހަކު އެތައް ތަކުލީފެއް އުފުލާ ޒަރޫރީ ބޭނުންތައް ފުއްދަން މާލެ ދާން ޖެހޭ. އޭރު ހިތަކަށް ވެސް ނާރާ, ތަސައްވުރެއް ވެސް ނުކުރެވޭ ހުޅުމާލޭގެ ދިރިއުޅުން ފަސޭހަ ވެދާނޭ،" ހުޅުމާލޭގެ އެންމެ ފުރަތަމަ ފްލެޓްތަކުގެ ތެރެއިން ފްލެޓެއްގައި އެންމެ ފުރަތަމަ ދިރިއުޅެން ފެށި މީހުންގެ ލިސްޓުގައި ހިމެނޭ މޫސާ އާދަމް އޭރުގެ ދަތިކަމުގެ ވާހަކަތައް ކިޔައިދޭން ފަށަމުން ބުންޏެވެ.

ގާޒީ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައި ހުންނަވާ މޫސަ އަކީ ހުޅުމާލޭގައި އެންމެ ފުރަތަމަ ހުރި ސްކޫލުގައި ޕްރިންސިޕަލަކަށް ވެސް އުޅުއްވި ބޭފުޅެކެވެ. އޭނާ އަކީ ހުޅުމާލެ އަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އައި ބަދަލުތައް ފެނި, ތަޖުރިބާކުރި މީހުންގެ ތެރެއިން އެކެކެވެ.

ހުޅުމާލޭގައި ފުރަތަމަ ދިރިއުޅެން ފެށި ބައެއް މީހުން. -- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި ފުރަތަމަ ދިރިއުޅެން ފެށި ބައެއް މީހުން. -- ފޮޓޯ: އެޗްޑީސީ

ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން, ހުޅުމާލޭގެ އުނދަގޫތަކަށް ގަބޫލުވެ ދިރިއުޅުން ހުޅުމާލެއަށް ބަދަލުކުރި އިރު މުޅި ރަށުގައި ވެސް ހުރީ ދިހަ ފްލެޓެވެ. ޒަރޫރީ ބޭނުންތަކަށް ވިޔަފާރި ކުރަންދާން ހުރީ ދެ ފިހާރަ އެކެވެ. ބަލި ވެއްޖެ ނަމަ ހިދުމަތް ދޭން ހުރީ ފެސިލިޓީތައް މަދު އެންމެ ހޮސްޕިޓަލެކެވެ. މުޅި ހުޅުމާލޭގައި ވެސް އޭރު އޮތީ އެންމެ ޓެކްސީ އެކެވެ. ބަހުގެ ހިދުމަތް ވެސް ނެތެވެ.

މޫސަ ކިޔައިދިން ގޮތުގައި އޭރު ބަލިވެ ހާލު ބޮޑުވާ މީހުން ވެސް ގެންދަނީ ފެރީގައި ދަތި ހާލުގަ އެވެ. މުޅި ތަނުގެ ހުރިހާ ކަމަކުން ވެސް އޭރު ބައްދަލު ކުރީ އެކީ ގޮންޖެހުންތަކާއި ދަތިތަކެވެ. ހުޅުމާލެ ތަރައްގީވެ ކުރިއަރާ, އިތުރު ފްލެޓްތަކައި ގޯތިތަށް ރީތި ގެ ތަކަށް ބަދަލުވި ނަމަވެސް, އެ ތަނުގައި ހުރި އެކި ދަތިތަކުގެ ސަބަބުން މޫސައަށް ހުޅުމާލެ އަކީ ބޮޑު ސިޓީއެއްގެ ގޮތުގައި އޭރު ސިފަކުރަން ދަތިވި އެވެ.

ބިން ހިއްކާ ހުޅުމާލޭގައި އެޅި ފުރަތަމަ ފްލެޓުތައް. -- ފޮޓޯ: އެޗްޑީސީ

ބިން ހިއްކާ ހުޅުމާލޭގައި އެޅި ފުރަތަމަ ފްލެޓުތައް. -- ފޮޓޯ: އެޗްޑީސީ

މިއަދުގެ މަންޒަރު ތަފާތެވެ. ބްރިޖާ އެކު ހުޅުމާލެ އަށް އައި ކުއްލި ތަރައްގީގައި މިއަދު ހުޅުމާލޭގައި ލިބެން ނެތް ހިދުމަތެއް, ލިބެން ނެތް އެއްޗެއް ވަރަށް މަދެވެ. ހިތްހަމަ ޖައްސާލަން ދާނެ ޕާކުތަކާއި, އެކި ކުޅިވަރު ކުޅޭނެ ކޯޓުތަކައި ދަނޑުތަކާއި މުނިފޫހިފިލުވާނެ ސެންޓަރުތަކާއި އެކި ރަހަތަކުގެ ކެފޭތަކުން ހުޅުމާލެ މުއްސަނދިވެއްޖެ އެވެ.

މާލޭގެ ބޯހާސް ދިރިއުޅުން ދޫކޮށްލާ, ހިތްފަސޭހަ ދިރިއުޅުމެއް ހޯދުމަށް އެތައް ބައެއްގެ މަންޒިލަށް ހުޅުމާލެ ވެއްޖެ އެވެ. ހުޅުމާލޭގެ ބިން އިތުރަށް ތަރައްގީކޮށް, ފޭސް ދޭއްގެ ގޮތުގައި އެތައް ހާސް ބަޔަކަށް ފަސޭހަ ދިރިއުޅުމަކަށް ދޮރު ހުޅުވިއްޖެ އެވެ. އެއް އިރެއްގައި ނުއަގުގައި ވިއްކަން މަސައްކަތް ކޮށް ނުވިކުނު ބިންތަކުގެ އަގު, މާލޭގެ ބިންތަކުގެ އަގާ އަރާ ހަމަކޮށްފި އެވެ. ޕަބްލިކް ހައުސިންގް ޔުނިޓްތަކުން ފެށި ހުޅުމާލެ "ޕްރޮޖެކްޓު" ލަގްޒަރީ ބޮޑެތި އެޕާޓްމަންޓު ކޮމްޕްލެކްސްތަކާ އެކު މުއްސަނދި ދިރިއުޅުމަކަށް ފަހިވެއްޖެ އެވެ.

ހުޅުމާލޭގެ ޑްރޯން ފޮޓޮއެއް. -- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ޑްރޯން ފޮޓޮއެއް. -- ފޮޓޯ: އެޗްޑީސީ

އެންމެ ސްކޫލަކުން ކިޔަވައިދޭން ފެށި ހުޅުމާލޭގެ ދެ ފޭސްގައި އެކި ސަރުކާރު ސްކޫލްތަކުގެ އިތުރުން ޕްރައިވެޓް ސްކޫލްތަކުގައި ކިޔެވޭނެ ފުރުސަތު ވެސް އެބައޮތެވެ. ހުޅުމާލޭގެ އެއް ތަނުން އަނެއްތަނަށް ދިއުމަށް ބަހުގެ ފުރިހަމަ ނިޒާމަކާއި ހިދުމަތް ދޭނެ ޓެކްސީ ސެންޓަރުތައް އެބަ ހުއްޓެވެ.

ހުޅުމާލެ މިއަދު ދެކޭ ތަރައްގީ އާއި ކާމިޔާބީގެ އެންމެ ބޮޑު ދައުރެއް އަދާ ކުރީ އެޗްޑީސީންނެވެ. އެޗްޑީސީ އަކީ ހުޅުމާލެ ތަރައްގީކުރުމަށް ފަހު ސަރުކާރުން އެ ތަނުގެ ކަންތައްތައް ބަލާ މެނޭޖުކުރުމަށް ސަރުކާރުން އެކުލަވާލި އިދާރާ އެކެވެ.

ތިރީހަކަށް މުވައްޒަފުންނާ އެކު ފެށި އެ އިދާރާ ތިން ހާސް މުވައްޒަފުންގެ ބޮޑު ކޯޕަރޭޝަނަކަށް ވަނީ ފުޅާވެގެން ގޮސްފަ އެވެ. ހުޅުމާލެއަށް އެތައް ބަޔަކު ދިރިއުޅުން ބަދަލުކުރަމުން ދާއިރު, އެ ތަނަކީ އަދިވެސް ހިތްފަސޭހަ ހިތްގައިމު ތަނެއްކަން ކަށަވަރުކޮށް ބަލަހައްޓަނީ މި ކޯޕަރޭޝަނުންނެވެ.

އެޗްޑީސީގެ މެނޭޖަރު މުހައްމަދު ޝައިފް ވިދާޅުވީ އެ ކޯޕަރޭޝަނުން ލޭންޑް ޔޫޒް ޕްލޭން ހެދުމުގައި ތަނުގެ ހިތްފަސޭހަކަން ދެމެހެއްޓޭނެ ގޮތްތަކަށް އިސްކަން ދޭ ކަމަށެވެ. އަދި އެ ތަނުގެ ތަރައްގީއަށް ބޭނުންވާ ކޮމާޝަލް ޕްލޭންތައް ހަދާ, އެ ތަނަކީ އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކެއް އޮތް ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރެއްވި އެވެ.

ހުޅުމާލެ ފޭސް ދޭއް. -- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ފޭސް ދޭއް. -- ފޮޓޯ: އެޗްޑީސީ

"މިއަދު މި ފެންނަ ކޮމާޝަލް ކުރިއެރުމަށް އެޗްޑީސީން ގިނަ މަސައްކަތްތަކެއް ކުރި. އެޗްޑީސީން ވަނީ ބޭރުގެ އެކި ފޯރަމްތަކުގައި ވެސް ބައިވެރިވެ, އަމަލީ ގޮތުން މި ތަނުގައި މަސައްކަތްތައް ފަށައި އިންވެސްޓުކުރާނެ މީހުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި." އޭނާ ވިދާޅުވި އެވެ.

ކުރީގެ އަހަރުތަކާ ހިލާފަށް ހުޅުމާލެ އަކީ ލޯކަލް ޓޫރިޒަމަށް ވެސް މިހާރު ފަހި ތަނެކެވެ. ހަފްތާ ބަންދަށް ދިވެހިން ކުރިން ގޮސް އުޅުނު ހުޅުމާލެ, ހަފްތަގެ ހުރިހާ ދުވަހަކު ގެސްޓް ހައުސްތައް ފަޅުފިލުވަނީ ޓޫރިސްޓުންނެވެ. އެތައް ޓޫރިސްޓުންނެއް އެ ތަން ބަލާލަން އަދި އެ ތަނުގައި ހުންނަން ޒިޔާރަތްކުރެ އެވެ. ޓޫރިސްޓުންނަށް ބޭނުންވާނެ ހިދުމަތްތައް ލިބެން ހުންނާނެކަން ކަށަވަރު ކުރުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ވެސް އެޗްޑީސީން އަންނަނީ ފޯރުކޮށްދެމުންނެވެ.

ހުޅުމާލޭގެ ތަރައްގީގެ ދުވެލި ބާރުވެފައި ވާއިރު, އެ ތަނަކީ ރައްޔިތުންގެ ތަނެއްގެ ގޮތުގައި ބޭއްވުމަށް އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ކޯޕަރޭޝަންގެ އެސިސްޓަންޓް ޑިރެކްޓަރު ހަސަން ޝަހީދު ވިދާޅުވި ގޮތުގައި އެ ތަނަށް ގެންނަ އެކި ބަދަލުތަކާއި އާއްމުންނާ ގުޅޭ އެކި މަޝްރޫއުތަކުގައި ރައްޔިތުންގެ ހިޔާލު އެ ކޯޕަރޭޝަނުން އިސްކުރެ އެވެ.

"ހުޅުމާލޭގެ ދެ ފޭސްގެ އެކި މަސައްކަތްތައް ވެސް މި ކުރަނީ އާއްމުންގެ ހިޔާލާ އެކު. ދެ ފްލެޓު ދޭ ތެރޭގައި ޕާކެއް ތަރައްގީ ކުރި ނަމަވެސް އެ ކަން ކުރަނީ އާއްމުން އެދޭ ގޮތް ބަލައިގެން. ބޭނުން ވަނީ އެންމެންނަށް ވެސް މިއީ އެ މީހުންގެ ތަނެއްގެ ގޮތުގައި ބިނާކުރުމުގެ ފުރުސަތު ދޭން." އޭނާ ވިދާޅުވި އެވެ.

އުމްރާނީ ތަރައްގީއާ ކުރިއެރުމުގެ އިތުރުން ހުޅުމާލެ އަކީ ވަރުގަދަ ކޮމިއުނިޓީއެއް އޮންނަ, ގުޅުން ބަދަހި ބަޔަކު ދިރިއުޅޭ ސިޓީއެކެވެ. މި ތަނުގެ އިޖުތިމާއީ ގުޅުންތައް ރަނގަޅު ކުރުމުގައި ވެސް އެޗްޑީސީގެ ދައުރު ބޮޑެވެ. އެ ކޯޕަރޭޝަނުން އެ ތަނުގައި އެކި ހަރަކާތްތައް ހިންގުމުގެ އިތުރުން, ހަރަކާތްތައް ހިންގުމަށް އެހީތެރިކަން ވެސް ފޯރުކޮށްދެ އެވެ. މާލެ ސަރަހައްދުގެ "ދިރުމުގެ" ގޮތުގައި ފާހަގަކުރެވޭ މި ސިޓީން ބާއްވަމުންދާ މިއުޒިކް ޝޯތަކާއި ފެއަތަކާއި ފެސްޓިވަލުތަކަކީ ވެސް މި ކޯޕަރޭޝަންގެ އެއްބާރުލުމާ އެހީއާ އެކު ބައްވާ ފޯރިގަދަ ހަރަކާތްތަކެވެ.

ހުޅުމާލެއަށް މިއަދު 20 އަހަރު ފުރުން ފާހަގަކުރާއިރު މި ތަނަކީ މިއަދު އޮތް ފެންވަރަށް ތަރައްގީވެދާނެ ކަމަށް އެތައް ބަޔަކަށް ގަބޫލުކުރަން ދަތިވި ހުވަފެނެކެވެ. އެޗްޑީސީއިން އެކި ސަރުކާރުތަކާ ގުޅިގެން ކުރި މަސައްކަތްތަކުގެ ނަތީޖާ މިއަދު ހުޅުމާލެއިން އެ ފެންނަނީ އެވެ.

ނޯޓު: މިއީ އެޗްޑީސީގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.