އީރާނުގެ ރައީސް އިބްރާހީމް ރައިސީ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
20 މެއި 2024
އީރާނުގެ ރައީސް އިބްރާހީމް ރައިސީ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނީ އުތުރުގައި އޮންނަ އަޒަރުބައިޖާން ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގަ އެވެ.
ރައިސީއާ އެކު އެ ހެލިކޮޕްޓަރުގައި ދަތުރުކުރެއްވި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން އާއި، އުތުރު އަޒަރުބައިޖާނު ޕްރޮވިންސްގެ ގަވަރުނަރު މާލިކު ރަހުމަތީ އަދި ތަބްރީޒުގެ އިމާމު މުހައްމަދު އަލީ އަލްހާޝިމް ވެސް ވަނީ އަވަހަރާވެފަ އެވެ. އަދި އެ ހެލިކޮޕްޓަރުގައި ޕައިލެޓާއި ކޯޕައިލެޓާއި، ކްރޫ ޗީފް އަދި ބޮޑީގާޑު ވެސް ވަނީ މަރުވެފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އީރާނުގެ ރައީސާއި ފޮރިން މިނިސްޓަރު އަވާހަރަވުމަކީ ލިބިވަޑައިގެންނެވި ބޮޑު ހިތާމައެއް ކަމަށެވެ.
އިރާނުގެ ރައީސް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ރައިސީ ވަނީ އަވަހާރަވެފައި. --ފޮޓޯ: އޭއެފްޕީ
އަދި އެ ހާދިސާގައި މަރުވި ފަރާތްތަކުގެ ފުރާނައަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާ ދަންނަވާކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވަނީ އެ ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާއަށް ތައުޒިޔާ ދަންނަވައިފަ އެވެ.
ހެލިކޮޕްޓަރު ވެއްޓުނު ހާދިސާ ހިނގިތާ 15 ގަޑިއިރެއްހާ އިރު ފަހުން، އެ ހާދިސާ ހިނގި ސަރަހައްދާ ހަމައަށް ދެވުނު އިރު، ހެލިކޮޕްޓަރު އެކީގައި އަނދާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުންޏެވެ. އަދި ހެލިކޮޕްޓަރުގައި ދަތުރުކުރި ފަސަންޖަރުންގެ ހަށިގަނޑުތައް އެކީގައި އަނދާފައިވާ ކަމަށްވެ އެވެ.
ރައިސީ އަވަހާރަވުމާ ގުޅިގެން، އޭނާގެ ޒިންމާތަކާ ވަގުތީ ގޮތުން ނައިބު ރައީސް މޮޚްބެރް ވަނީ ހަވާލުވެވަޑައިގެންފަ އެވެ. އިރާނުގެ ގާނޫނުއަސާސީ ބުނާ ގޮތުން، 50 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި އާ ރައީސަކު އިންތިހާބު ކުރަންޖެހެ އެވެ.
ދިވެހިންގެ ފަރާތުން އީރާނަށް ރައީސް ހިތްވަރު ދެއްވައިފި
މެދުއިރުމަތީގެ ހަމަޖެހުމަށް ރާއްޖޭގެ އެހީތެރިކަން ލިބޭނެ
ރައީސް، އީރާނުގެ އާ ރައީސަށް މަރުހަބާ ދަންނަވައިފި
1 ކޮޓަރި ދޫކޮށް، އެހެން ސްކީމަކުން ފުރުސަތު ދެނީ
ހިޔާވަހި ލޯނުގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ދެނީ
އެންމެ ފަސްމިނިޓުން ވާނުވާ ބަންދު މީހުން ދޫކޮށްލެވޭނެ؟
ރައީސްގެ މާފަންނުގެ ބައްދަލުވުން: ކޮންމެ ކަމަކަށް ވަކިވަކިން އެޓެންޑު ކުރާނެ
ލަންކާ ރައީސްގެ ޝުކުރު ރާއްޖެއަށް
ޖަނަވާރުންނަށް ރައްކާތެރިކަންދޭ ބިލު ތަސްދީގުކުރައްވައިފި
ސައުދީގެ ވިޔަފާރި ވަފްދު ރައީސާ ބައްދަލު ކުރައްވައިފި