Roadha Mihaaru
"ރިފޯމް ގެންނަން ގަޓު އެބަހުރި، ހަރަދު ކުޑަކުރާނަން"

ރިފޯމް ގެންނަން ގަޓު އެބަހުރި، ހަރަދުތައް ކުޑަކުރާނަން: ޝަފީގު

21 މެއި 2024

ސަރުކާރުން ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް "ސީރިއަސް" ކަމަށާއި އެކަން ކުރުމުގެ ގަޓު އެބަ ހުރި ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުން ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް "ސީރިއަސް" ކަމަށާއި އެކަން ކުރުމުގެ ގަޓު އެބަ ހުރި ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

ވޯލްޑް ބޭންކުގެ މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް ލޯންޗު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޝަފީގު ވިދާޅުވީ، މިދިޔަ އަހަރު ހަރަދު ކުޑަ ކުރުމަށް އަޅަން ކަނޑައެޅި ފިޔަވަޅުތަކަށް އަމަލު ނުކުރުމުގެ ސަބަބުން، ލަފާކުރި އިސްލާހީ ބަދަލުތައް މިދިޔަ އަހަރު ނުފެނު ކަމަށެވެ.

މިއަހަރުގެ ވޯލްޑް ބޭންކްގެ ރިޕޯޓުގެ ނަމަކީ "ސްކޭލިން ބެކް އެންޑް ރީބިލްޑިން ބަފާސް" އެވެ. އެ ރިޕޯޓުގައި ވެސް ވަނީ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް ވީހާ ވެސް އަވަސް ކުރަން ޖެހޭކަން ފާހަގަކޮށްފަ އެވެ.

ފިނޭންސް މިނިސްޓަރު ޝަފީގު ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ، އާ ސަރުކާރުން އިސްލާހީ ފިޔަވަޅުތަކަށް ވަރަށް އަވަހަށް އަމަލީ ސިފަ ގެންނާނެ ކަމަށް -- ފޮޓޯ: ނިޝާން އަލީ / މިހާރު

ފިނޭންސް މިނިސްޓަރު ޝަފީގު ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ، އާ ސަރުކާރުން އިސްލާހީ ފިޔަވަޅުތަކަށް ވަރަށް އަވަހަށް އަމަލީ ސިފަ ގެންނާނެ ކަމަށް -- ފޮޓޯ: ނިޝާން އަލީ / މިހާރު

އޭނާ ވިދާޅުވީ، މިވަގުތު ރާއްޖެ މިއޮތީ މާލީ ގޮތުން ވަރަށް އުނދަގޫ ފައްތަރެއްގައި ކަމަށާއި ދަރަނި އިންތިހާއަށް ބޮޑުވުމުގެ ސަބަބުން، އިސްލާހީ ފިޔަވަޅުތައް ނާޅައި ގައުމުގެ އިގްތިސާދު ހަމަ މަގަށް ނޭޅުވޭނެ ކަމަށެވެ.

"އިޖްތިމާއީ ގޮތުން އަދި ސިޔާސީ ގޮތުން ކުރިމަތިވާނެ ކަންކަމާ އެކު ޕީއެސްއައިޕީގެ މަޝްރޫއުތައް ކުރިއަށް ގެންދާނަން. އެކަމަކު ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދުތައް ކުޑަ ކުރަން ފިޔަވަޅުތައް އަޅާނަން،" އޭނާ ވިދާޅުވި އެވެ.

"އެސްއޯއީތައް ރިފޯމް ކުރުން ލަސް ކުރެވޭކަށް ނެތް. އެ ރިފޯމްތައް ގެންނާނަން. ހެލްތު ސެކްޓަރުގެ ތެރެއިން އާސަންދަ ރިފޯމް ކުރާނަން. އާސަންދައިގައި ހުރި އިސްރާފުތައް ކުޑަކުރާނަން."

ޝަފީގު ވިދާޅުވީ، ހަރަދުތައް ކުޑަ ކުރުމަކީ ސަރުކާރަކަށް ކުރެވޭނެ ކަމެއް ކަމަށާއި އެކަން ކުރުމުގެ ގަޓު ހުންނަން ޖެހޭ ކަަމަށެވެ. އަދި އާ ސަރުކާރުން އެކަން ރައްޔިތުންނަށް ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަމުގައި ގަޓު ހުންނަން ޖެހޭ. އަދި ރައްޔިތުންނަށް އެންމެ ފައިދާވާނެ ފިޔަވަޅުތައް އަޅަން އިސްކަން ދޭން ޖެހޭ. އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ ރިފޯން މަސައްކަތުގައި ވަރަށް ސީރިއަސް ވާން،" އޭނާ ވިދާޅުވި އެވެ.

""އެސްއޯއީތައް ރިފޯމް ކުރުން ލަސް ކުރެވޭކަށް ނެތް. އެ ރިފޯމްތައް ގެންނާނަން. ހެލްތު ސެކްޓަރުގެ ތެރެއިން އާސަންދަ ރިފޯމް ކުރާނަން. އާސަންދައިގައި ހުރި އިސްރާފުތައް ކުޑަކުރާނަން،" އޭނާ ވިދާޅުވި އެވެ.

ވޯލްޑް ބޭންކްގެ ރިޕޯޓު އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ / މިހާރު

ވޯލްޑް ބޭންކްގެ ރިޕޯޓު އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ / މިހާރު

އޭނާ ވިދާޅުވީ، ސަބްސިޑީ ދޭ އުސޫލު ބަދަލުކޮށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ސަބްސިޑީ ދެވޭނެ ނިޒާމެއް ގެންނަން ވަރަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ސަބްސިޑީ ކަނޑައެޅުމަށްޓަކައި ބަޖެޓުގައި 600 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މިގެންނަ ބަދަލާ އެކު ކަރަންޓާއި ތެލާއި ކާޑާއި ނަރުދަމާގެ ހިދުމަތްތަކުން ވެސް ސަބްސިޑީ ދޭ ގޮތްތައް ބަދަލު ކުރާނެ އެވެ.

ޝަފީގު ވިދާޅުވީ، ރިޕޯމަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށާއި، އެކަމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި ވިދާޅުވީ، ސަރުކާރުގެ ރިފޯމް އެޖެންޑާ މާ "އެމްބީޝަސް" ކަމަށް ވޯލްޑް ބޭންކުން ފާހަގަކުރާ ކަމަށާއި އެހެން ނަމަވެސް ސަރުކާރުން ބޭނުންވަނީ ފިޔަވަޅުތައް އިތުރަށް ލަސްނުކޮށް، އިގްތިސާދު ވީ އެންމެ އަވަހަކަށް ހައްލުކުރަން ކަމަށެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ރާއްޖޭގެ އިގްތިސާދު މިއަހަރު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 4.7 ޕަސެންޓުގަ އެވެ. އިގްތިސާދު ކުރިއަރާ މިންވަރު ދަށްވާ އެންމެ ބޮޑު އެއް ސަބަބަކީ ޓޫރިސްޓުން ކުރާ ހޭދަ ކުޑަ ކަމަށާއި ރާއްޖޭގައި ހޭދަކުރާ މުއްދަތު ދަށަށް ދާތީ ކަމަށް ރިޕޯޓްގައި ވެ އެވެ.