Roadha Mihaaru
ނުރައްކާތެރި ޑްރަގެއް ދައުރުވާތީ ސަމާލުވާން އެދިއްޖެ

ނުރައްކާތެރި ޑްރަގްގެ ވައްތަރެއް ދައުރުވާތީ ސަމާލުވާން މިނިސްޓްރީން އެދިއްޖެ

23 މެއި 2024

ނުރައްކާތެރި ޑްރަގްގެ އާ ބާވަތެއް ދައުރު ވަމުންދާތީ އެކަމަށް ސަމާލުކަން ދިނުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނުރައްކާތެރި ޑްރަގްގެ އާ ބާވަތެއް ދައުރު ވަމުންދާތީ އެކަމަށް ސަމާލުކަން ދިނުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

އެ މިނިސްޓްރީން ނެރުނު އެންގުމުގައި ބުނީ ބައިނަލްއަގްވާމީ މާކެޓްގައި މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށް ވާ "ފެންޓަނީލް-ލޭސްޑް ޑްރަގްސް" ނުވަތަ އާއްމު ނަމުން ނަމަ "ޗައިނާ ވައިޓް'' ދައުރުކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

އެ ޑްރަގް ހަދާފައި ވަނީ ބާރުގަދަ ކެމިކަލްތައް އެއްކޮށްގެންނެވެ. އަދި އެ ބޭނުންކުރާ މީހުންގެ ފުރާނައަށް ނުރައްކާވާތީ، މިނިސްޓްރީން ވަނީ އެކަމަށް އާއްމުން ސަމާލުވުމަށް އެދިފަ އެވެ.

"މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތްތައް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އާއި ނޭޝަނަލް ޑްރަގް އެޖެންސީ އަދި މިކަމާ ގުޅުން ހުރި އެންމެހާ މުއައްސަސާތައް ގުޅިގެން މި ދަނީ ކުރަމުންނެވެ." އިއުލާނުގައި ވެ އެވެ.

ފެންޓަނީލް އަކީ ނުރައްކާތެރި ޑްރަގެއް ކަމަށްވާ ހެރޮއިންގެ ބަދަލުގައި ބޭނުންކުރާ އެއްޗެކެވެ. އެމެރިކާގައި ވެސް ފެންޓަނީލްގެ މައްސަލަ ބޮޑުވުމުން ޗައިނާއާއެކު މިދިޔަ އޭޕްރީލް މަހު މަޝްވަރާކުރި އެވެ. އެއީ ހެރޮއިން އަށް ވުރެ 20-40 ގުނަ އަދި މޯފިން އަށް ވުރެ 100 ގުނަ ބާރުގަދަ އެއްޗެކެވެ.