31 މެއި 2024
ރިސޯޓު ހަދަން ނުވަ އަތޮޅަކުން 17 ރަށާއި ފަޅު ދޫކުރުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ރިސޯޓު ހަދަން ނުވަ އަތޮޅަކުން 17 ރަށާއި ފަޅު ދޫކުރުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި އެންމެ ބޮޑު އަގެއްގައި ދޫކޮށްލަން ނިންމާފައި އޮތީ ކ އަތޮޅުގެ ހިމިއްޔާ ފަޅުގެ ބަޔެކެވެ. އެ ފަޅުން ބައެއް ދޫކުރަން ކަނޑައަޅާފައިވާ އެކުއިޒިޝަން ކޮސްޓަކީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އެވެ. އެއީ 712 ހެކްޓަރުގެ ސަރަހައްދެކެވެ.
ދެވަނަ އަށް އެންމެ ބޮޑު އަގެއް ހުށަހަޅާފައި އޮތީ، ޅ. ދިއްފުއްޓެވެ. އެ ރަށް ދޫކުރަނީ ކައިރީގައި އޮންނަ މައިދޫ އާ އެކު އެވެ. އެރަށުގެ އަގު 19 މިލިއަން ޑޮލަރު (292 މިލިއަން ރުފިޔާ) އަށް އަރަ އެވެ. އެއީ 36 ހެކްޓަރުގެ ސަރަހައްދެކެވެ.
ތިން ވަނައަށް އެންމެ ބޮޑު އަގެއް ހުށަހަޅާފައި އޮތީ މާލެ އަތޮޅުގެ 46 ހެކްޓަރުގެ ފަޅަކަށެވެ. އެ ތަނުގެ އެކުއިޒިޝަން ކޮސްޓަކަށް ކަނޑައަޅާފައިވަނީ 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) އެވެ.
އެ ތިން ރަށުގެ އިތުރަށް ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފައިވާ ރަށްތަކުގެ ތެރޭގައި ރ. ދިއްކުރެއްދޫ އާއި ތ އަތޮޅު ކަނިމީދޫ އާއި ރުށްތިބިރަށާއި އެ އަތޮޅު ގާލީ ވެސް ހިމެނެ އެވެ. އެ ރަށްތަކުގެ އަގު އުޅެނީ 2-2.7 މިލިއަން ޑޮލަރު (30-40 މިލިއަން ރުފިޔާ) އާ ދެމެދުގެ އަގުތަކެއްގަ އެވެ.
އޭގެ އިތުރުން ހދ. ވައިކަރަމުރައިދޫ އާއި ށ. ކުޑަޅައިމެންދޫ އާއި ޅ. ވިހަފަރުފިނޮޅާއި އއ. އަލިކޮއިރަށާއި ވ އަތޮޅުގެ ފަޅަކާއި ލ. ކަށިދޫ އާއި އެ އަތޮޅު ބޮނޑުފުންޏަފުއްޓާއި ހަންހުށި އަދި ގއ. ބޭރުމައުޑޫ އާއި ގދ.ކަޅެހުއްޓާ ހިމެނެ އެވެ.
މިރަށްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާފައިވަނީ ގއ. ބޭރުމައުޑޫ އަށެވެ. ތިން ހެކްޓަރުގެ އެރަށުގެ އެކުއިޒިޝަން ކޮސްޓަކީ 385،000 ޑޮލަރު (6 މިލިއަން ރުފިޔާ) އެވެ.
އެރަށްތަކަށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ކަމުގެ މައުލޫމާތު، ޓޫރިޒަމް މިނިސްޓްރީއަށް ގުޅައިގެން އޮޅުންފިލުވުމަށް އިއުލާނުގައި ބުނެފައިވެ އެވެ.
ރިސޯޓު ހަދަން ނިލަންދޫ އާއި ކާށިދޫ ފަޅަށް ބޮޑު އަގެއް
ޗައިނާ ޓޫރިސްޓުންގެ އަދަދު ދެ ލައްކަ ހުރަސްކޮށްފި
ޓޫރިޒަމަށް އައްޑޫ ޕްރޮމޯޓްކުރަންވީ އިނގިރޭސިވިލާތުގައި
ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުން 6،500 އަށް
މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަކީ މިހާރު އެއް ޓީމް
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
"ރާއްޖޭގައި އޮތީ އިންވެސްޓަރުންނަށް ފަހި މާހައުލެއް"
ޓޫރިސްޓުންގެ އަދަދު 1.2 މިލިއަނަށް އަރައިފި
ޖުލައި މަހު އައި ޓޫރިސްޓުން 14 ޕަސެންޓު އިތުުރު