Roadha Mihaaru
ލަންކާ އަށް އައިއެމްއެފްގެ ތައުރީފް

ލަންކާ އަށް އައިއެމްއެފްގެ ތައުރީފް

10 ޖޫން 2024

ބަނގުރޫޓުވެފައިވާ ސްރީ ލަންކާގެ އިގްތިސާދަށް ގެންނަމުންދާ އިސްލާހުތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށާއި އެ ގައުމުގެ ދަރަނި އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ކުރަމުން އަންނަ މަސައްކަތުގައި ވެސް ކާމިޔާބުވާނެ ކަމުގެ އުންމީދު މިހާރު ވަރަށް ބޮޑު ކަމަަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

ބޭރުގެ ދަރަނި ނުދެއްކޭ ހާލަތަށް އިގްތިސާދު ގޯސްވެ އައިއެމްއެފްގެ 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕްރޮގްރާމެއްގައި އޮތް ލަންކާއާ ބެހޭ ގޮތުން އެ އިދާރާއިން ވާހަކަ ދައްކާފައި މި ވަނީ އެ ޕްރޮގްރާމާ ގުޅޭ ދެ ވަނަ ރިވިއުގެ ކުރިންނެވެ.

އައިއެމްއެފްގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުން ބުނީ ބޭރުގެ ދަރަނި ރީސްޓްރަކްޗާ ކުރުމުގައި ލަންކާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

އައިއެމްއެފްގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖޫލީ ކޮޒެކް ވިދާޅުވީ އައިއެމްއެފްގެ ޕްރޮގްރާމްގައި ޝަރުތުކޮށްފައިވާ ކަންކަމުގެ ތެރެއިން ވަރަށް ގިނަ ކަންކަން ލަންކާއިން ތަންފީޒުކުރަން ފަށާފައިވާ ކަމަށާއި ބައެއް ކަންކަން ކަނޑައަޅާފައިވާ ވަގުތަށް ވުރެ ފަހުން ނަމަވެސް ތަންފީޒުކުރަން ފަށައި ނުވަތަ ތަންފީޒުކުރަން ފެށުމުގެ މަރުހަލާގައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ލަންކާގެ ދެ ވަނަ ރިވިއު އޮންނާނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށާއި އައިއެމްއެފްގެ އެގްޒެކަޓިވް ބޯޑުން ބައްދަލުކޮށް ދެން ކުރިއަށްދާނެ ގޮތެއް ނިންމާނެ ކަމަށެވެ.

ބޮޑެތި ލޯނުތަކާ އެކު ލަންކާގެ ބޭރުގެ ދަރަނި 46 ބިލިއަން ޑޮލަރަށް އަރައި އެ ފައިސާ ނުދެއްކި ބަނގުރޫޓުވިކަން އިއުލާނުކުރީ އޭޕްރީލް 2022 ގަ އެވެ.