Roadha Mihaaru
އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލު 241 ކޮމިޓީއަށް

އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލު 241 ކޮމިޓީއަށް

10 ޖޫން 2024

ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނަށް އިސްލާހު ގެންނަން އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ ބިލު މަޖިލީހަށް ބަލައިގަނެ، ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ހުށަަހަޅައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނަށް އިސްލާހު ގެންނަން އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ ބިލު މަޖިލީހަށް ބަލައިގަނެ، ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ހުށަަހަޅައިފި އެވެ.

ބިލުގައި ވަނީ އިޒްރޭލު ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް ނަމަވެސް އިޒްރޭލު ޕާސްޕޯޓެއް އޮތް ނަމަ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފަ އެވެ.

މި ބިލު ހުށަހަޅަނީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންގެންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ބިލުގައި ބުނެފައިވެ އެވެ.

މި ބިލަށް ތަޅުމުގައި މިއަދު ބަހުސްކޮށްފައިވާއިރު، ބިލު ކޮމިޓީއަށް ފޮނުވަން ފާސްކުރީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ވޯޓުންނެވެ.

މި ބިލު 241 ކޮމިޓީއަށް ފޮނުވަން ހުށަހެޅި ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ބިލް އަވަސްކޮށް، ބޭނުންވާ ނަތީޖާ އިހުލާސްތެރިކަމާ އެކު ހާސިލްކުރަން ބޭނުންވާ ނަމަ ބިލް މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވަން ޖެހޭ ކަމަށެވެ.

ސަރުކާރުން ނިންމާފައި ވަނީ އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން ގާނޫނަށް އިސްލާހު ގެނައުމަށެވެ. އެކަމަކު، ސަރުކާރާއި ޕީއެންސީގެ ވިސްނުމަކީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލަށް އިތުރު އިސްލާހު ގެނެސް އެ ބިލަށް ތާއީދު ކުރުމެވެ.