މާލޭގައި ހުންނަ އީދު މިސްކިތުން ފަންކާތަކެއްގެ ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
25 ޖޫން 2024
މާލޭގައި ހުންނަ އީދު މިސްކިތުން ފަންކާތަކެއްގެ ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އީދު މިސްކިތުން ވައްކަން ކުރި މައްސަލައިގެ ތުހުމަތުގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މާލޭގެ މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެގެން، އެ ތަންތަން ބަލަހައްޓާ މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ވައްކަންތަކާ ގުޅިގެން ސިޓީ ކައުންސިލުން ސޯޝަލް މީޑިއާގައި އެކި ފަހަރު މަތިން ޕޯސްޓުތައް ކޮށްފައި ވެސް ވެ އެވެ.
މާލޭގެ ތަގުވާ މިސްކިތުން ފަންކާއެއް ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ވީޑިއޯ މިދިޔަ އެޕްރީލް މަހު ފުލުހުން އާންމުކުރި އެވެ. ތިން ރޭ މަތިން އެ މިސްކިތުން ހަ ފަންކާ ވަގަށް ގެންދިޔަ އެވެ. އަދި އެ މީހާ ވަނީ ފަހުން ހައްޔަރު ވެސް ކޮށްފަ އެވެ. އެއީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން އޭރު ބުނި ގޮތުގައި، އެ މީހާ ވަނީ އެހެން ބައެއް މިސްކިތްތަކުން ވެސް ފަންކާ ވަގަށް ނަގައިފަ އެވެ. އަދި އެ ފަންކާތައް ފުލުހުންނަށް ހޯދުނީ ވިއްކާލި ފަހުންނެވެ.
މާލޭ މިސްކިތެއްގެ ދޮރުގައި ރޯކުރަން މަސައްކަތްކޮށްފި
ޖަލްސާ ހޫނުވެ، އާޒިމާއި ނަހުލާގެ ބޮޑު ކޯޅުމެއް!
ހެކި ގެއްލެނީ، މިވަރުން އިތުބާރު ކުރާނީ ކިހިނެއް؟
ހައްޔަރުކުރި ބިދޭސީއަކީ ކޮންޓެއިނަރު ނައްތާލި މީހާ
ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ބިދޭސީއަކު ހައްޔަރު
ޑޮލަރު ފޭރުނު މައްސަލާގައި އިތުރު ބަޔަކު ހައްޔަރުކޮށްފި
ވަގު ސިނގިރޭޓާ ގުޅޭ މައުލޫމާތު ދޭން ފުލުުުހުން އެދިއްޖެ
އެއާޕޯޓުން ފޭރުނު 'އެންމެ ޑޮލަރެއް' ވެސް އަދި ނުފެނޭ
ޑޮލަރު ފޭރުނު މައްސަލަ: ޝަރީއަތް ނިމެންދެން ބަންދަށް
އާއްޓޭ ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި